ކ. މާލެ
|
4 ނޮވެންބަރ 2025 | އަންގާރަ 10:29
ހުޅުމީދޫ
ހުޅުމީދޫ
އަވަސް
އައްޑޫ ސިޓީ ކައުންސިލް
ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި
އައްޑޫ ހުޅުދޫ ކައުންސިލަށް މެންބަރުން އިންތިޚާބު ކުރުން ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ބޭއްވުމަށް އެ ޤަރާރުގައި ވަނީ ހިމަނާފަ
މި އިޞްލާޙުތަކަށް ޢަމަލުކުރަން ފަށާނީ ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެއްގައި އިންތިޚާބު ކުރާ ކައުންސިލްތަކާއި އެކުގައި
މިކަން ހާމަކޮށް ރައީސް އޮފީހުގެ ވެބްސައިޓުގައި ޚަބަރު ޝާއިއު ކުރީ ހޯމަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އައްޑޫސިޓީ ކައުންސިލް އަލުން ކަނޑައަޅައި ދެއްވާ، އައްޑޫ މީދޫ ރަށު ކައުންސިލާއި އައްޑޫ ހުޅުދޫ ރަށު ކައުންސިލް ކަނޑައަޅުއްވައިފި އެވެ.

މިކަން ހާމަކޮށް ރައީސް އޮފީހުގެ ވެބްސައިޓުގައި ޚަބަރު ޝާއިއު ކުރީ ހޯމަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. ރައީސް އޮފީހުން ބުނެފައި ވަނީ އައްޑޫ ސިޓީ ކައުންސިލްގައި ދެން ހިމެނޭނީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، އަދި ފޭދޫ ކަމަށެވެ. އަދި މީދޫ އާއި ހުޅުދޫ އަކީ ވަކި ދެ ރަށެއް ކަމަށް ވަނީ ނިންމަވާފަ އެވެ.

މިގޮތަށް ނިންމަވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު، ޤާރާރު ނަންބަރު 33/2025 (ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން އިޞްލާޙުކުރުން) މި ޤަރާރުންނެވެ. ހޯމަ ދުވަހު އެ ޤަރާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައިފަ އެވެ.

މި އިޞްލާޙާއެކު، "އައްޑޫ ސިޓީ" އަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ކަމުގައި ކަނޑައެޅުމަށް ނިންމައި، "އައްޑޫ ސިޓީ" ހިންގުމަށްޓަކައި، "އައްޑޫ ސިޓީ ކައުންސިލް" ގެ ނަމުގައި ކައުންސިލެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން، "އައްޑޫ މީދޫ" ހިންގުމަށްޓަކައި، އައްޑުއަތޮޅު / ސ. އައްޑޫ މީދޫ ކައުންސިލް އުފެއްދުމަށާއި، "އައްޑޫ ހުޅުދޫ" ހިންގުމަށް ޓަކައި، އައްޑުއަތޮޅު/ ސ. އައްޑޫ ހުޅުދޫ ކައުންސިލް އުފެއްދުމަށް ވަނީ ކަނޑައަޅުއްވައިފަ އެވެ.

މި އިޞްލާޙުތަކަށް ޢަމަލުކުރަން ފަށާނީ ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެއްގައި އިންތިޚާބު ކުރާ ކައުންސިލްތަކާއި އެކުގަ އެވެ. އަދި އެ އިންތިޚާބުގައި، އަލަށް އުފެދޭ އައްޑޫ ސިޓީ ކައުންސިލާއި، އައްޑޫ މީދޫ ކައުންސިލާއި، އައްޑޫ ހުޅުދޫ ކައުންސިލަށް މެންބަރުން އިންތިޚާބުކުރުން ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ބޭއްވުމަށް އެ ޤަރާރުގައި ވަނީ ހިމަނާފަ އެވެ.

- ކޮމެންޓް