Advertisement
ކ. މާލެ
|
11 އޮކްޓޯބަރ 2025 | ހޮނިހިރު 17:13
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަަވަނީ
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަަވަނީ
ރާއްޖެއެމްވީ
ލޫޓުވައިފި މުޒާހަރާ
"އޮކްޓޯބަރ 3ގެ އެއްވުމާއި ގުޅިގެން ރައީސް ޕީއެންސީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުންނަށް ކޯފާވެގެން ގުޅުއްވާ އެއްޗެހި ވިދާޅުވި"
ސަރުކާރު ދެކެ ރައްޔިތުން ރުޅި އައިސްފައިވާ މިންވަރު މުޒާހަރާ އިން އެނގުނުކަމަށް މައުރޫފް ވިދާޅުވި
މާލެއަށް އޮކްޓޯބަރ 3ގެ އެއްވުމަށް މީހުން ނާންނާނެ ގޮތަކަށް ހެދުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރިއިރު ލޯންޗްތަކަށް ޑަބަލް އަގު ދިން
ސަރުކާރުން ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް ރައްޔިތުން އެއްވެ އަޑު އުފުލާނެ މިންވަރު އެ އެއްވުމުން ދައްކުވައިދިން

އިދިކޮޅު މައި ޕާޓީ އެމްޑީޕީ އިން، 3 އޮކްޓޯބަރ 2025 ގައި މާލޭގައި ބޭއްވި ސުލްހަވެރި އިހްތިޖާޖާއި ގުޅިގެން ރައީސް ޑރ.މުހައްމަދު މުއިއްޒު ޕީއެންސީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުންނަށް ކޯފާވެގެން ގުޅުއްވާ އެއްޗެހި ވިދާޅުވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

އޭނާ އެހެން ވިދާޅުވީ ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަަވަމުންނެވެ. އެ އެއްވުމަކީ ކާމިޔާބު އެއްވުމެއް ކަމަށް މައުރޫފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ އެއްވުމާއި ގުޅިގެން ރައީސް ވަރަށް ކޯފާވެގެން އުޅުއްވި ކަމަށް މައުލޫމާތު ލިބިފައިވާ ކަަމަށެވެ. އެގޮތުން ބައެއް ދާއިރާތަކުގެ މީހުން މާލެ އައީތީ އެކަމާއި މެދު ވަރަށް ބޮޑަށް ނުރުހުން ވެގެން ރައީސް ވާހަކަދެއްކެވި ކަމަށް މައުރޫފް ވިދާޅުވިއެވެ.

"ރައްޔިތުން ތިބީ ނުރުހިފައި. ބައެއް ދާއިރާތަކުން މީހުން އައީތީ އެ މެމްބަރުންނާއި ލީޑަރޝިޕްގެ ބައެއް ބޭފުޅުންނަށް ގުޅާ ކޯފާވެ އެއްޗެހި ވިދާޅުވި. މި ވެރިކަމާއި މެދު އުންމީދު ނުކުރާށޭ އަޅުގަނޑު ބުނާނީ. އެއީ ތެދެއް ނުހަދާތީ އަޅުގަނޑު މިހެން މި ފާހަގަ ކުރީ." އޭނާ ވިދާޅުވިއެވެ.

މާލެ އަށް އޮކްޓޯބަރ 3ގެ އެއްވުމަށް މީހުން އަޔަ ނުދިނުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށް މައުރޫފް ވިދާޅުވިއެވެ. އެގޮތުން މާލެ އަށް އަންނަން ބޭނުންވާ މީހުން ގެނައުމަށް ކުލި ދައްކާފައިވާ ބައެއް ލޯންޗްފަހަރަށް ޑަބަލް އަގު ދީގެން ވެސް އާއްމުން އައުން ހުއްޓުވަން މަސައްކަތް ކޮށްފައިވާ ކަމަށް މައުރޫފް ވިދާޅވުިއެވެ. އަދި މުޒާހަރާ އަށް މީހުން ދާން ދިޔަ މަގުމަތީގައި ވެސް މީހުންނަށް ފައިސާ ދީގެން އެކަން ހުއްޓުވަން މަައްކަތް ކުރި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"އެތައް ކަމެއް އުނބަށް ޖަހާފައި ކުރަނީ. ވެރިކަމަށް އަންނަން ދެއްކި ވާހަކަ އާއި ދިމަ އެއް ނުވޭ. ރައްޔިތުން ތިބީ މާޔޫސް ވެފައި." މައުރޫފް ވިދާޅުވިއެވެ.

އޮކްޓޯބަރ 3ގެ މުޒާހަރާ ދިގު ދަންމާލި ނަަމަ އެއަށް ވުރެ މުޒާހަރާގެ މީހުން އިތުރުވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ. އެ އެއްވުމުން އެނގުނު ކަމަކީ ސަރުކާރުން ކިތަންމެ ވާހަކަ އެއް ދެއްކިޔަސް ރައްޔިތުން އެއްވެ އަޑު އުފުލާނެ ކަން ކަމަށް މައުރޫފް ވިދާޅުވިއެވެ. މީގެ އިތުރުން މި ސަރުކާރަށް އިތުބާރު އޮތްތޯ ނުވަތަ ނޫންތޯ ބެލުމަށް މާދަމާ ވެސް ވޯޓެއް ނަގައިފި ނަމަ ސަރުކާރަށް އިތުބާރު ނެތްކަން ހާމަވާ ކަމަށް މައުރޫފް ވިދާޅުވިއެވެ.

- ކޮމެންޓް