ކ. މާލެ
|
7 ޖެނުއަރީ 2025 | އަންގާރަ 14:00
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް ބުދަ ދ
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް ބުދަ ދުވަހު - ޤާނޫނު އަސާސީ އަށް ގެނައި ބަދަލުތަކާއި ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތް މަޝްވަރާކުރަނީ
އެމްޑީޕީން ހާމަކޮށްފައިވާ ގޮތުން އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 19 ވަނަ ޖަލްސާ، 8 ޖަނަވަރީ 2025 (ބުދަ) ދުވަހުގެރޭ 8.30 ގައި ސެކްރެޓޭރިއެޓްގަ
ކުރިން އެ ޕާޓީން ފާސްކޮށްފައިވާ ގަރާރާއި އެއްގޮތަށް މި އަހަރުގެ ތެރޭގައި ކުރާނެ މަސައްކަތްތަކާއި މެދު މަޝްވަރާކޮށް އެކަމާއި ގުޅިގެން ހަމަޖައްސަން ޖެހޭ އިންތިޒާމްތައް ހަމަޖައްސާނެ ކަމަށް ވިދާޅުވެފަ

ޤާނޫނުއަސާސީ އަށް މި ސަރުކާރުން ގެނައި ބަދަލުތަކާއި ގުޅިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތް މަޝްވަރާކުރަން ހަމަޖެހިފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޤާނޫނުއަސާސީ އަށް ގެނައި ބަދަލު ދެމި އޮންނަ މުއްދަތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެމްޑީޕީ އާއި ގުޅުމުގެ ސަބަބުން ޕާޓީން ވަކިކޮށް، މެމްބަރުކަން ގެއްލިއްޖެ ނަމަ އެ މެމްބަރަކު ނިސްބަތްވާ ދާއިރާގެ ބައި އިލެކްޝަންގައި އެ މެމްބަރަކު އަލުން އިންތިޚާބުކުރުމަށް ތާއީދުކޮށް އެކަމަށް މަސައްކަތް ކޮށްދިނުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ވަނީ މީގެ ކުރިން ފާސްކޮށްފައެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ބުނެފައި ވަނީ ދައުލަތުގެ އެންމެހާ ބާރު ފެށިގެން އަންނަނީ ވެސް އަދި ދެމި އޮންނާނީ ވެސް ރައްޔިތުންގެ ކިބައިގައި ކަމަށް ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކަމަށެވެ. އަދި ޤާނޫނު އަސާސީއަށް 6 ވަނަ އިސްލާހު ގެނައުމާއި އެކު ޤާނޫނުއަސާސީގެ 73 ވަނަ މާއްދާ އަށް ގެނެސްފައިވާ ބަދަލުގެ ސަބަބުން ޤާނޫނުއަސާސީގެ 4 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ ބާރުވެރިކަން ނިގުޅައިގަނެވޭ ކަމަށް ވެސް މަހްފޫޒް ހުށަހެޅުއްވި ގަރާރުގައި ވަނީ ބަޔާންކޮށްފައެވެ. ޤާނޫނުއަސާސީ އަށް މި ސަރުކާރުން ގެނައީ ޤާނޫނުއަސާސީގެ އޮނިގަނޑާވެސް ޚިލާފު އިސްލާހެއް ކަމަށް ފާހަގަކޮށްފައިވެއެވެ.

އެ ގަރާރު ފާސްކޮށްފައި ވަނީ އެމްޑީޕީއިން ނިމިދިޔަ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހު ބޭއްވި "ޤާނޫނުއަސާސީގެ ދިފާއުގައި" ޖަލްސާގައެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތުދެއްވަމުން އެމްޑީޕީގެ ޗެއަރ ޕަރސަންގެ ނައިބު އިދާރީ އިބްރާހިމް ވަހީދު ވަނީ ކުރިން އެ ޕާޓީން ފާސްކޮށްފައިވާ ގަރާރާއި އެއްގޮތަށް މި އަހަރުގެ ތެރޭގައި ކުރާނެ މަސައްކަތްތަކާއި މެދު މަޝްވަރާކޮށް އެކަމާއި ގުޅިގެން ހަމަޖައްސަން ޖެހޭ އިންތިޒާމްތައް ހަމަޖައްސާނެ ކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ބުދަ ދުވަހު ބާއްވާ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގެ އެޖެންޑާ އަދި މުޅިން ފައިނަލް ނުވާ ކަމަށެވެ. އަދި އެ ޖަލްސާ ބާއްވަނީ މެމްބަރުންނަށް ކަންކަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިގެން ކަމަށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ ޖަލްސާގެ އެޖެންޑާ ފައިނަލްކުރާނީ ބުދަ ދުވަހު ކަމަށެވެ.

މީގެ އިތުރުން ރާއްޖެއެމްވީ އަށް މައުލޫމާތުދެއްވަމުން ޗެއަރޕާސަންގެ ނައިބު މާލީ އަހުމަދު އަބްދުﷲ ވެސް ވަނީ އެ ބައްދަލުވުމުގައި އިދާރީ ގޮތުން ކުރަން ޖެހޭ ބައެއް މަސައްކަތްތައް ކުރާނެކަމަށް ފާހަގަކުރައްވާފައެވެ. އެގޮތުން ކުރިން ފާސްކުރި ގަރާރާއި ގުޅިގެން ކުރަންޖެހޭ މަސައްކަތް ކުރުމަށް ޤައުމީ މަޖިލީހުން ކޮމިޓީ އެއް ނަގާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީން ހާމަކޮށްފައިވާ ގޮތުން އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 19 ވަނަ ޖަލްސާ، 8 ޖަނަވަރީ 2025 (ބުދަ) ދުވަހުގެރޭ 8.30 ގައި ސެކްރެޓޭރިއެޓްގައި އޮންނާނެއެވެ.

- ކޮމެންޓް