ކ. މާލެ
|
28 ޑިސެންބަރ 2024 | ހޮނިހިރު 08:34
ޤައުމީ އަންހެން ފުޓުބޯޅަ ޓީމު އިންޑިއާ އަށް ފުރުމުގެ ތެރެއިން
ޤައުމީ އަންހެން ފުޓުބޯޅަ ޓީމު އިންޑިއާ އަށް ފުރުމުގެ ތެރެއިން
އެފްއޭއެމް
ޤައުމީ އަންހެން ފުޓުބޯޅަ ޓީމު
ރަޙުމަތްތެރިކަމުގެ މެޗު ކުޅުމަށް ޤައުމީ އަންހެން ޓީމު އިންޑިއާ އަށް
މިއީ މިއަހަރު އޮތް އަންހެން ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތަށްފަހު ޤައުމީ އަންހެން ޓީމު ކުޅޭ ފުރަތަމަ މެޗުތަކެވެ.

ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް، ރާއްޖޭގެ ޤައުމީ އަންހެން ފުޓުބޯޅަ ޓީމު އިންޑިއާ އަށް ފުރައިފި އެވެ.

އިންޑިއާގެ ޤައުމީ އަންހެން ޓީމާ ދެކޮޅަށް ރާއްޖޭގެ ޤައުމީ އަންހެން ޓީމުން ރަޙުމަތްތެރިކަމުގެ ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ރާއްޖެ އިން އިންޑިއާއާ ދެކޮޅަށް ނިކުންނާނީ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ. އަދި ދެ ވަނަ މެޗުގައި އިންޑިއާއާ ދެކޮޅަށް ނިކުންނާނީ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ދެ ވަނަ ދުވަހު އެވެ. މި މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ބެންގަލޫރުގަ އެވެ.

އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗުތަކުގެ ކުރިން ޤައުމީ އަންހެން ޓީމުން ވަނީ ރާއްޖޭގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފަ އެވެ. ޤައުމީ އަންހެން ޓީމަށް އިރުޝާދު ދެމުން އަންނަނީ ތަޖުރިބާކާރު ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) އެވެ. މިއީ މިއަހަރު އޮތް އަންހެން ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތަށްފަހު ޤައުމީ އަންހެން ޓީމު ކުޅޭ ފުރަތަމަ މެޗުތަކެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)، އިން އެންމެ ފަހުން އާންމުކޮށްފައިވާ އަންހެން ރޭންކިންގައި އިންޑިއާ އޮތީ 69 ވަނައިގަ އެވެ. އެ ރޭންކިންގައި ރާއްޖެ އޮތީ 163 ވަނައިގަ އެވެ. މީގެ ކުރިން ވެސް ރާއްޖެ އިން ވަނީ އެކި ފަހަރު މަތިން އިންޑިއާއާ ބައްދަލުކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ މެޗެއް އެއްވަރުވެފައިވާއިރު، އަނެއް މެޗުތަކުން މޮޅުވެފައި ވަނީ އިންޑިއާ އެވެ.

- ކޮމެންޓް