ކ. މާލެ
|
19 އޮކްޓޯބަރ 2024 | ހޮނިހިރު 10:10
ރާއްޖެ އާއި ސްރީ ލަންކާ ކުޅުނު މެޗުގެ ތެރެއިން
ރާއްޖެ އާއި ސްރީ ލަންކާ ކުޅުނު މެޗުގެ ތެރެއިން
ސައުތު އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަން - ސާފް
އަންހެން ސާފް ޗެމްޕިއަންޝިޕް
ލަންކާ އަތުން އަންހެން ޓީމު ބަލިވެއްޖެ
ނޭޕާލްގެ ކަތަމަންޑޫގައި ހުންނަ ދަޝަރަތު ސްޓޭޑިއަމްގައި ކުޅުނު މެޗު ލަންކާ އިން ކާމިޔާބު ކުރީ 1-0 އިންނެވެ.

އަންހެން ސާފު ޗެމްޕިއަންޝިޕުގައި ދިވެހި ރާއްޖެ އިން ކުޅުނު ފުރަތަމަ މެޗުގައި ސްރީ ލަންކާ އަތުން ބަލިވެއްޖެ އެވެ.

ހަތް ޤައުމު ވާދަކުރާ މި މުބާާރާތުގައި ރާއްޖެ އޮތީ ގުރޫޕު ބީގަ އެވެ. މި ގުރޫޕުގައި ރާއްޖެ އާއެކު ދެން އޮތީ ނޭޕާލް، ބޫޓާން އަދި ސްރީ ލަންކާ އެވެ. ގުރޫޕު ސްޓޭޖުގައި ރާއްޖޭގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހު ނުކުތީ ލަންކާއާ ދެކޮޅަށެވެ.

ނޭޕާލްގެ ކަތަމަންޑޫގައި ހުންނަ ދަޝަރަތު ސްޓޭޑިއަމްގައި ކުޅުނު މެޗު ލަންކާ އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ލަންކާ އިން ލަނޑު ޖެހީ ފުރަތަމަ ހާފު ފަށައިގެން 17 ވަނަ މިނެޓުގަ އެވެ. ބޮލުން ބޯޅަ ގޯލަށް ވައްދާލައިގެން އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އިމޭޝާ އެވެ. މެޗުގައި ރާއްޖޭގެ ކުޅުންތެރިން ވެސް ވަނީ ލިބުނު ފުރުސަތުގައި ލަނޑު ޖެހުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ރާއްޖެ އަށް ލިބުނު އެއްވެސް ފުރުސަތެއްގެ ބޭނުމެއް ނުހިފެ އެވެ. ރާއްޖެ އިން ފޮނުވާލި ބޯޅަތައް ލަންކާގެ ގޯލު ކީޕަރު ވަނީ ހުއްޓުވައިފަ އެެވެ.

މުބާރާތުގައި ދެ ވަނަ މެޗުގައި ނޭޕާލާ ދެކޮޅަށް ނިކުންނާނީ ހޯމަ ދުވަހު އެވެ. އަދި ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބޫޓާނާ ދެކޮޅަށް ނިކުންނާނީ ބުރާސްފަތި ދުވަހު އެވެ.

- ކޮމެންޓް