އަނދައިގެން ދިޔަ މިނިސްޓްރީތަކާ ގުޅޭ ގޮތުން އެކި ސަރުކާރުތަކުގައި ހިންގާފައިވާ ކޮރަޕްޝަންތަކުގެ ތަހުގީގަކަށް ދާއިރު، ބޭނުންވާ ހެކިތަކަށް ވެސް ވެގެން ދާނެ ގޮތެއް ނޭނގޭ ކަމަށް މަޖިލީހުގެ ކުރީގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ ޑިމޮކްރެޓްސްގެ ކަންމަތީ ބައްދަލުވުމުގައި ހައުސިންގ މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތުގައި އާއި އެންވަރަންމަންޓް މިނިސްޓްރީ ހިންގާ ގްރީން ބިލްޑިންގައި އަލިފާން ރޯވުމާއި ގުޅިގެން ވާހަކަދައްވަމުންނެވެ.
އެނދި މިނިސްޓްރީތަކުގައި ހުރި މުހިންމު ލިޔުންތައް ރައްކާތެރި ވާކަން ކަށަވަރު ނުވާތީ އެކަމަށް އިމްތިޔާޒް ފާޑު ވިދާޅުވިއެވެ. އަލިފާން ނިވުމުގަ ގިނަ ވަގުތު ހޭދަވި ސަބަބާއި މެދު ސުވާލު އުފެދޭ ކަމަށާއި އެކަން ތަހުގީގުކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ. އިމާރާތްކުރުމުގެ އުސޫލުތައް ހަދަން އޮތް އިދާރާގެ އިމާރާތަށް އެފަދަ ކަމެއް ވުމުން އެ މަސައްކަތްތައް ކުރެވޭ މިންވަރާއި މެދު ސުވާލު އުފެދޭ ކަަމަށް އެނާ ވިދާޅުވިއެވެ. އެހެންކަމުން އިރުއަރާ އޮއްސޭ ކޮންމެ ދުވަހަކު ވެސް ބިރުވެރިކަން އިތުރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އިތުރަށް އިންތިޔާޒް ވިދާޅުވީ ގާނޫނުއަސާސީގެ ދިފާޢުގައި ނުކުންނަންޖެހެނީ މިފަދަ ކަންކަން ވެގެންދާއިރު ޖަވާބުދާރީ ކުރުވުމަށްޓަކައި ކަމަށެވެ. ޤާނޫނުއަސާސީ ނެތި އެފަދަ އެއްވެސް ކަމަކަށް ޖަވާބުދާރީ ނުކުރެވޭނެ ކަމަށާއި އެކަމާއި މެދު ވިސްނާލުން މުހިންމު ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.
އަލިފާން ފުރަތަމަ ރޯވިހައުސިންގ މިނިސްޓްރީ ހުންނަ ބޮލޮކަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ބްލޮކެކެވެ. އަލިފާނުގެ ސަބަބުން އަނދާފައިވާ ތަންތަނުގެ ތެރޭގައި ހައުސިންގ މިނިސްޓްރީ އާއި، އެންވަޔަންމަންޓް މިނިސްޓްރީ އާއި މިހާރު އުވާލާފައިވާ މޯލްޑްވިސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީ ހިނގި ބަޔާއި އަދި މާލޭ ސިޓީ ކައުންސިލުގެ މުހިންމު އޮފީހެއް ހިމެނެއެވެ.
އަލިފާނުގެ ހާދިސާ ހިނގީ މިއަދު ހެނދުނު 7:30 ހާއިރު ކަމަށް ވާއިރު އެ އަލިފާން ނިއްވުމަށް ގާތްގަނޑަކަށް 4 ގަޑިއިރު ހޭދަވިއެވެ. ހާދިސާ ހިނގި ސަބަބު ބެލުމަށް ތަހުގީގު ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.