ކ. މާލެ
|
26 އޮކްޓޯބަރ 2024 | ހޮނިހިރު 09:13
މުބާރާތުގެ ޓޮޕް ސްކޯރާ އަކަށް ހޮވުނު ކުޑަކާއްޓެ
މުބާރާތުގެ ޓޮޕް ސްކޯރާ އަކަށް ހޮވުނު ކުޑަކާއްޓެ
ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ)
ކާވާ ފިރިހެން ވޮލީބޯޅަ ޗެމްޕިއަންޝިޕު
ކާވާ މުބާރާތުގެ ޓޮޕް ސްކޯރާ އަކަށް ކުޑަކާއްޓެ
މުބާރާތުގެ ޓޮޕް ސްކޯރާ އަކަށް ކުޑަކާއްޓެ ހޮވުނީ ޖުމުލަ 110 ޕޮއިންޓު ހޯދައިގެންނެވެ.

ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ފިރިހެން ވޮލީބޯޅަ ޗެމްޕިއަންޝިޕުގެ އެންމެ ރަނގަޅު ކުޅުމެއް ދެއްކި ކުޅުންތެރިޔާ އަށް ދޭ ޓޮފް ސްކޯރާ އެވޯޑު ރާއްޖޭގެ އިސްމާއީލް ސާޖިދު (ކުޑަކާއްޓެ) ހޯދައިފި އެވެ.

އުޒްބަކިސްތާންގައި ކުރިއަށް ދިޔަ އެ މުބާރާތުގައި ވަނީ ހަ ޤައުމަކުން ވާދަކޮށްފަ އެވެ. އެއީ ރާއްޖެ އާއި ކިރްގިސްތާންގެ އިތުރުން ތުރުކެމިނިސްތާން، ތަޖަކިސްތާން، އަފްޣާނިސްތާން، މުބާރާތް ބާއްވާ ޤައުމު އުޒްބަކިސްތާން އެވެ. މުބާރާތުގެ ލީގު ބުރުގައި ރާއްޖެ އިން ކުޅުނު ފަސް މެެޗުގެ ތެރެއިން މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. އެއީ ލީގު ފަހު މެޗުގައި ތަޖަކިސްތާން އަތުންނެވެ. ލީގު ބުރަށް ފަހު ކުޅުނު ރޭންކިން މެޗުގައި ވެސް ރާއްޖެ އިން ވަނީ ތަޖަކިސްތާންގެ މައްޗަށް ކުރި ހޯދައިފަ އެވެ.

މުބާރާތުގެ ޓޮޕް ސްކޯރާ އަކަށް ކުޑަކާއްޓެ ހޮވުނީ ޖުމުލަ 110 ޕޮއިންޓު ހޯދައިގެންނެވެ. އެއީ ސްޕައިކު ގައި 99 ޕޮއިންޓު، ބްލޮކުގައި ނުވަ ޕޮއިންޓު އަދި ސާވިސްގައި ދެ ޕޮއިންޓު ހޯދައިގެންނެވެ. ކުޑަކާއްޓެގެ ފަހަތުން ދެ ވަނައިގައި އޮތީ ތުރުކެމިނިސްތާންގެ ވެއިސޯވް ބޭރަމްގެލްޑީ އެވެ. އޭނާ އަށް ޖުމުލަ 95 ޕޮއިންޓު ލިބިފައިވާއިރު، ކުޑަކާއްޓެއާ ދެމެދު ހުރީ 15 ޕޮއިންޓުގެ ފަރަގެކެވެ. އޭނާ ވަނީ ސްޕައިކު ގައި 75 ޕޮއިންޓު، ބްލޮކުގައި 15 ޕޮއިންޓު އަދި ސާވިސްގައި ފަސް ޕޮއިންޓު ހޯދައިފަ އެވެ.

މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކިރްގިސްތާން އިންނެވެ.

- ކޮމެންޓް