ކ. މާލެ
|
20 އޮކްޓޯބަރ 2024 | އާދީއްތަ 10:17
ރާއްޖެ އިން ތުރުކެމިނިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން
ރާއްޖެ އިން ތުރުކެމިނިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން
ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ)
ކާވާ ފިރިހެން ވޮލީބޯޅަ ޗެމްޕިއަންޝިޕު
ދެ ވަނަ މެޗުން ރާއްޖެ ބަލިވީ ފަސް ސެޓު ކުޅެގެން
ހޮނިހިރު ދުވަހު ކުޅުނު މެޗު ތުރުކެމިނިސްތާން އިން ކާމިޔާބު ކުރީ ތިން ސެޓު ދެ ސެޓުންނެވެ.

ކާވާ ފިރިހެން ވޮލީބޯޅަ ޗެމްޕިއަންޝިޕުގައި ދިވެހި ރާއްޖެ އިން ކުޅުނު ދެ ވަނަ މެޗުގައި ފަސް ސެޓު ކުޅެގެން ތުރުކެމިނިސްތާން އަތުން ބަލިވެއްޖެ އެވެ.

ހޮނިހިރު ދުވަހު ކުޅުނު މެޗު ތުރުކެމިނިސްތާން އިން ކާމިޔާބު ކުރީ ތިން ސެޓު ދެ ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު ތުރުކެމިނިސްތާން އިން ކާމިޔާބު ކުރީ 25-18 އިންނެވެ. ނަމަވެސް ރާއްޖެ އިން ވަނީ ދެ ވަނަ ސެޓު 23-25 އިން ކާމިޔާބު ކޮށްފަ އެވެ. އެ ހިތްވަރާ އެކު ނިކުމެ ރާއްޖެ އިން ތިން ވަނަ ސެޓު ކާމިޔާބު ކުރީ 21-25 އިންނެވެ. ނަމަވެސް ތުރުކެމިނިސްތާން އިން ވަނީ ހަތަރު ވަނަ ސެޓު 25-15 އިން ކާމިޔާބު ކޮށްފަ އެވެ. ދެ ޓީމުގެ ސެޓުގެ ގޮތުން އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅުނު ފަސް ވަނަ ސެޓު ތުރުކެމިނިސްތާން އިން ކާމިޔާބު ކުރީ 15-8 އިންނެވެ.

މުބާރާތުގައި ފަސް ޤައުމު ވާދަކުރެ އެވެ. އެއީ ރާއްޖެ އާއި ކިރްގިސްތާންގެ އިތުރުން ތުރުކެމިނިސްތާން، ތަޖަކިސްތާން، އަފްޣާނިސްތާން، މުބާރާތް ބާއްވާ ޤައުމު އުޒްބަކިސްތާން އެވެ. މުބާރާތުގައި ރާއްޖޭގެ ތިން ވަނަ މެޗުގައި ނިކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ. ހަތަރު ވަނަ މެޗުގައި އަންގާރަ ދުވަހު ރާއްޖެ ނިކުންނާނީ އުޒްބަކިސްތާނާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ތަޖަކިސްތާނާ ދެކޮޅަށް ނިކުންނާނީ ބުދަ ދުވަހު އެވެ.

- ކޮމެންޓް