ކ. މާލެ
|
23 އޮކްޓޯބަރ 2024 | ބުދަ 11:09
އަތުލައިގަނެފައިވާ މަސްތުވާތަކެތި
އަތުލައިގަނެފައިވާ މަސްތުވާތަކެތި
ޕޮލިސް
މަސްތުވާތަކެތި
11 މަސްދުވަހުގެ ތެރޭގައި 328 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި
177 ކިލޯގްރާމްގެ މަސްތުވަތަކެއްޗާއި، 8300 އަށްވުރެ ބަނގުރާ ފުޅިއާއި ދަޅު އަތުލައިގަނެފައިވޭ

ފާއިތުވި 11 މަސްދުވަހުގެ ތެރޭގައި 328 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ހިފަހައްޓާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިގަނެ މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ސަރުކާރުގެ ކަމާ ގުޅޭ ހުރިހާ މުއައްސަސާތައް ގުޅިގެން ފައްޓަވާފައިވާކަމަށެވެ.

މި މަސައްކަތަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރަލާއި، ޑްރަގްއެއްކޮށް 328 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ހިފަހައްޓާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 177 ކިލޯގްރާމްގެ މަސްތުވަތަކެއްޗާއި، 8300 އަށްވުރެ ބަނގުރާ ފުޅިއާއި ދަޅެވެ.

އަދި މިކަމުން އަންގައިދެނީ ރާއްޖޭގެ މާހައުލުގައި މިކަން އޮތްވަރު. އަޅުގަނޑުމެން މި ޓާގެޓްކުރަނީ ރައީސްގެ މިދައުރުގެ ތެރޭގަ މި މައްސަލައަށް ދާއިމީ ހައްލެއް ހޯދާނެ ކަމަށް. ޑްރަގާއި ގޭންގުގެ މައްސަލާގަ އަޅުގަނޑުމެންގެ ދާއިމީ ހައްލާ ދިމާލަށް މަސައްކަތްކުރާއިރު ގެންނަން ބޭނުންވާ އެންމެ ބޮޑު ބަދަލަކީ މިހާރު އޮތް ދެ ޤާނޫނަށް ގެންނަން ބޭނުންވާ އިސްލާހުތައް. މަސްތުވާތަކެއްޗާއި ގޭންގުގެ މައްސަލަތަކުގައި ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތްކުރާއިރު ގެންނަން ބޭނުންވާ އެންމެ ބޮޑު ބަދަލަކީ ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން

މިނިސްޓަރ ވިދާޅުވީ އެ ދެ އިސްލާހު ޑްރާފްޓްކުރެވި މިހާރު ވާނީ އޭޖީ އޮފީހަށް ފޮނުވާފައި ކަމަށާއި މި ދައުރުގެ ތެރޭގައި މި ބިލްތައް ޤާނޫނަކަށް ބަދަލުވެގެންދާ މިންވަރަށް އޭޖީ އޮފީހުން މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

- ކޮމެންޓް