ކ. މާލެ
|
8 އޮކްޓޯބަރ 2024 | އަންގާރަ 09:55
ރާއްޖެ އާއި ސްރީ ލަންކާ ކުޅުނު މެޗުގެ ތެރެއިން
ރާއްޖެ އާއި ސްރީ ލަންކާ ކުޅުނު މެޗުގެ ތެރެއިން
ވީއޭއެމް
ކާވާ 20 އަހަރުން ދަށުގެ ވޮލީ މުބާރާތް
ދެ ވަނަ މެޗުން ވެސް ރާއްޖެ ބަލިވެއްޖެ
ހަ ޓީމު ވާދަކުރާ މި މުބާރާތުގައި ރާއްޖެ އަށް ބާކީ ތިން މެޗު އެބަ އޮތެވެ.

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ ކާވާ 20 އަހަރުން ދަށުގެ ފިރިހެން ވޮލީ ބޯޅަ މުބާރާތުގައި ދިވެހިރާއްޖެ އިން ކުޅުނު ދެ ވަނަ މެޗުން ވެސް ބަލިވެއްޖެ އެވެ.

ފުރަތަމަ މެޗުގައި ރާއްޖެ ވަނީ ތުރުކެމިނިސްތާން އަތުން ވެސް ބަލިވެފަ އެވެ. އެ މެޗުން ރާއްޖެ ސީދާ ތިން ސެޓުން ބަލިވި ނަމަވެސް، މެޗުގައި ޖުމުލަ ގޮތެއްގައި ރާއްޖެ އިން ވަނީ އުންމީދީ ކުޅުމެއް ދައްކައިފަ އެވެ.

ދެ ވަނަ މެޗުގައި މުބާރާތް ބާއްވާ ޤައުމު ސްރީ ލަންކާއާ ވާދަކޮށް ރާއްކެ ބަލިވެފައި ވަނީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ލަންކާ އިން ކާމިޔާބު ކޮށްފައި ވަނީ 25-14، 25-14 އަދި 25-11 އިންނެވެ.

ހަ ޓީމު ވާދަކުރާ މި މުބާރާތުގައި ރާއްޖެ އަށް ބާކީ ތިން މެޗު އެބަ އޮތެވެ. އެއީ އަންގާރަ ދުވަހު ނޭޕާލާ ދެކޮޅަށް ކުޅޭ މެޗާއި، ބުރާސްފަތި ދުވަހު އުޒްބަކިސްތާނާ ދެކޮޅަށް ކުޅޭ މެޗު އަދި ހުކުރު ދުވަހު ކިރިގިސްތާނާ ދެކޮޅަށް ކުޅޭ މެޗެވެ.

- ކޮމެންޓް