Advertisement
ކ. މާލެ
|
3 ފެބްރުއަރީ 2024 | ހޮނިހިރު 21:25
ޕްރައިމަރީން ނާކާމިޔާބީ އާ ކުރިމަތިވެވަޑައިގެންނެވި މެމްބަރުން
ޕްރައިމަރީން ނާކާމިޔާބީ އާ ކުރިމަތިވެވަޑައިގެންނެވި މެމްބަރުން
ރާއްޖެއެމްވީ
އެމްޑީޕީ ޕްރައިމަރީ
ރޮޒައިނާ، ޝަރީފް އަދި ގާސިމަށް އެމްޑީޕީ ޕްރައިމަރީން ނާކާމިޔާބު
އައްޑޫ މީދޫ ދާއިރާގެ ޓިކެޓް ކާމިޔާބުކުރެއްވީ އަހުމަދު ޝަރީފް، ކެލާ ދާއިރާގެ ޓިކެޓް ކާމިޔާބުކުރެއްވީ އަހުމަދު ގާލިބު އަދި ކެޔޮދޫ ދާއިރަގެ ޓިކެޓް ވާދަކުރެއްވީ މުހައްމަދު ނިއުޝާދު

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ މެމްބަރުން ކަނޑައެޅުމަށް ހޮނިހިރު ދުވަހު ކުރިޔަށްގެންދިޔަ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި މިހާރު މެމްބަރުންގެ ގޮތުގައި ތިއްބެވި ބައެއް މެމްބަރުންނަށް ނާކާމިޔާބީ އާ ކުރިމަތިވެވެވަޑައިގެންފިއެވެ.

އެގޮތުން ފާއިތުވި 3 މަޖިލީހުގައި ވެސް އައްޑޫ މީދޫ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި ރޮޒައިނާ އާދަމް އަށް ވަނީ ޕްރައިމަރީގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައެވެ. އެދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އަހުމަދު ޝަރީފެވެ. ރޮޒައިނާއަށް ލިބިވަޑައިގެންނެވީ 221 ވޯޓެވެ. އެ ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވި ޝަރީފަށް ލިބިވަޑައިގަތީ 251 ވޯޓެވެ. ދެން އެ ދާއިރާގެ ޓިކެޓަށް ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ހަމްޒާއަށް ލިބިވަޑައިގެންނެވީ 206 ވޯޓެވެ.

ހއ. ކެލާ ދާއިރާގެ މިހާރުގެ މެންބަރު އިބްރާހިމް ޝަރީފު (ކެލާ ޝަރީފު)އަށް ޓިކެޓް ގެއްލުނުއިރު، އެ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޓިކެޓުގައި އަލަށް ޕްރައިމަރީއެއްގައި ވާދަ ކުރެއްވީ އަހުމަދު ގާލިބެވެ.

ގާލިބަށް ވަނީ 125 ވޯޓު ލިބިވަޑައިގެންފައެވެ. ޝަރީފަށް ލިބިވަޑައިގެންނެވީ 122 ވޯޓެވެ.

Advertisement

ކެޔޮދޫ ދާއިރާގެ މިހާރުގެ މެމްބަރު ހުސައިން ގާސިމަށް އިންތިހާބުގައި ލިބިވަޑައިގެންނެވީ 106 ވޯޓެވެ. އެ ދާއިރާގެ އެމްޑީޕީ ޓިކެޓު ކަށަވަރު ކުރެއްވި މުހައްމަދު ނިއުޝާދަށް ލިބިވަޑައިގެންނެވީ 113 ވޯޓެވެ.

ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައިޖުމުލަ 40 ދާއިރާއެއްގެ ޕްރައިމަރީ ބޭއްވިއެވެ. އެ ދާއިރާތަކަށް 149 ކެންޑިޑޭޓުން ވާދަ ކުރިއިރު، 25،325 މީހަކަށް މިއަދުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނެވެ.

އިންތިހާބުގައި މާލެ ހިމެނޭހެން 96 ރަށެއްގައި ވޯޓުލުން ކުރިއަށް ގެންދިޔައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް