ކ. މާލެ
|
4 އޮކްޓޯބަރ 2024 | ހުކުރު 18:43
މާލޭގެ ސަހަރާ މިސްކިތާއި އާސަހަރާ މަރާމާތަށް ފަހު ހުޅުުވުން
މާލޭގެ ސަހަރާ މިސްކިތާއި އާސަހަރާ މަރާމާތަށް ފަހު ހުޅުުވުން
ޕީއެސްއެމް
އާސަހަރާ މިސްކިތް ހުޅުވުން
މާލޭގެ އާސަހަރާ މިސްކިތް މަރާމާތަށް ފަހު ހުޅުވައިފި
މާލޭ އާސަހަރާ މިސްކިތް މަރާމާތުކުރުމުގެ މަސައްކަތް ފެށީ މިދިޔަ މެއި މަހުގެ ތެރޭގަ
މިހާރު ގެނެސްފައިވާ ބަދަލުތަކާއި އެކު ދަތިތަކަށް ޙައްލެއް ގެނެސްދެވިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވި
އާ ސަހަރާ މިސްކިތުގެ ޖާގަ ބޮޑުކުރުމަށް އިތުރު ފަންގިފިލާއެއް ވެސް ހަދައި އެ ތަނުގައި ނަމާދު ކުރެވޭނެ މަގު ވަނީ ފަހިކޮށްދީފައި

މާލޭގެ އާސަހަރާ މިސްކިތާއި އާސަހަރާ މަރާމާތަށް ފަހު ހުޅުވައިފިއެވެ.

މައްޗަންގޮޅި އާސަހަރާ މިސްކިތާއި ހިނަވާގެއަށް ޖާގަ އިތުރުކޮށް މަރާމާތަށްފަހު ހުޅުވާފައި ވަނީ ހުކުރު ދުވަހު މެންދުރުގެ ވަގުތެއްގައެވެ. އެ ތަން ހުޅުވާދެއްވީ ރައީސް ޑރ.މުހައްމަދު މުއިއްޒިއެވެ.

އެކަމަށްޓަކާ ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެ މަނިކުފާނު ވިދާޅުވީ އާސަހަރާ މިސްކިތާއި ހިނަވާ ގޭގެ ޖާގަ އިތުރުކޮށް އާސަހަރާ މިސްކިތް މަރާމާތުކޮށްފައި ވަނީ އެ މަނިކުފާނު މޭޔަރކަމުގައި ހުންނެވި އިރު ވެސް ބޭނުންފުޅުވި ގޮތަށް ކަމަށެވެ. އަދި އެތަނަށް ގެނައި ބަދަލުގެ ސަބަބުން އާއްމުންނަށް ފަސޭހަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފއެވެ. ހަމައެހެންމެ އެތަނަކީ ރައްޔިތުން އެދޭކަހަލަ ތަނަކަށް ވެގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް އިތުރަށް ވިދާޅުވީ އެތަނުގައި ދިމާވެފައި އޮތް ޖާގައިގެ ދަތި ކަމުގެ ސަބަބުން ކަށުކަމާ ކެމީގެ ކަންކަން ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑެތި ތަދިތަކައި ދިމާވި ކަމަށެވެ. މިހާރު ގެނެސްފައިވާ ބަދަލުތަކާއި އެކު ދަތިތަކަށް ޙައްލެއް ގެނެސްދެވިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން އާސަހަރާ މިސްކިތަކީ އެންމެ ހިތްގައިމު ޖާގަ ތަނަވަސްތަނަކަށް ހެދުމަށް މަސައްކަތް ކުރައްވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެތަން ތަރައްޤީކުރީ ކުރިން ބޭނުންވި ކޮންސެޕްޓަށް. އޭރު އަޅުގަނޑުމެން ބޭނުންވި ގޮތަށް ބޭނުންވި ފެންވަރުގަ ހަދާ ނިމުނީ. މިކަންހަގީގަތަކަށް ވީމަ އެކަންވީމަ އުފާކުރަން. އުންމީދުކުރަން މި މިސްކިތަށް އަންނަ މީހުންނާ އާއިލާތަކަށް ފަސޭހަވެގެންދާނެ ކަމަށް.
ރައީސް ޑރ.މުހައްމަދު މުއިއްޒު

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލޭގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ނަރީޝް ވިދާޅުވީ އާސަހަރާ މަރާމާތުކުރުމުގެ ކުރިން އެންމެ ބޮޑު ޝަކުވާއަކީ އަންހެން ބޭފުޅުންނަށް ނަމާދު ކުރެވޭނެ ޖާގަ ނެތުން ކަމަށެވެ. ނަމަވެސް މިހާރު އަންހެންބޭފުޅުންނަށް ނަމާދު ކުރެވޭނެހެން އޭސީ ކޮށްފައި ހުރި ހާއްސަ ޖާގައެއް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަތީގައި ވެސް އަންހެން ބޭފުޅުންނަށް ހާއްސަ ޖާގަ މިހާރު ހުންނާނެ ކަމަށް ނަރީޝް ފާހަގަކުރެއްވިއެވެ.

މާލޭގެ އާސަހަރާ މިސްކިތާއި އާސަހަރާ މަރާމާތަށް ފަހު ހުޅުުވުން - ޕީއެސްއެމް

އާ ސަހަރާގެ މިސްކިތުގެ ޖާގަ ބޮޑުކުރުމަށް އިތުރު ފަންގިފިލާއެއް ވެސް ހަދައި އެ ތަނުގައި ނަމާދު ކުރެވޭނެ މަގު ވަނީ ފަހިކޮށްދީފައެވެ.

އާ ސަހަރާ މަރާމާތުކުރުމުގެ ކުރުމުގެ މަސައްކަތް ފަށާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރަކަށް ހުންނެވި ދުވަސްވަރުއެވެ، އޭރު އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޕީއެންޕީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. އެހެންނަމަވެސް އެ މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުން ކައުންސިލުން ވަނީ އެ އެއްބަސްވުން ބާތިލްކޮށްފައެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރުގައި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ބީސިކްސް އިވެންސްޓްމަންޓާއިއެވެ.

މާލޭ އާސަހަރާ މިސްކިތް މަރާމާތުކުރުމުގެ މަސައްކަތް ފެށީ މިދިޔަ މޭއި މަހުގެ ތެރޭގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް