Advertisement
ކ. މާލެ
|
25 ސެޕްޓެންބަރ 2024 | ބުދަ 14:56
ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު
ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު
ދައުރު
ފުލުހުންނަށް ފިސްތޯލު ދިނުން
ފުލުހުންގެ އުނަގަނޑުގައި ފިސްތޯލު އޮންނަ ދުވަހަކީ އަމާންކަން ގާއިމްވެގެންދާނެ ދުވަސް - އުމަރު
ފިސްތޯލު އޮންނަންޖެހޭކަމަށް ދައްކާ ވާހަކަވެސް ބައެއް ފަރާތްތަކުން ގަބޫނުކުރާނެ، އެފަދަ ހިޔާލުތަކަށް ޖާގަ އޮންނަންވާނެ
މިއަދު ހާލަތު އޮތްގޮތުން ފުލުހުންގެ އުނަގަނޑުގައި ފިސްތޯލު އޮންނަންޖެހޭ

ދިވެހި ފުލުހުންގެ އުނަގަނޑުގައި ފިސްތޯލު އޮންނަ ދުވަހަކީ ރާއްޖޭގައި އަމާންކަން ގާއިމްވެގެންދާނެ ދުވަސް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ 'ސުވާލަކީ' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ފުލުހުންނާއި، ސިފައިން އަތުގައި ހަތިޔާރު ހުންނަންޖެހޭކަން ގަބޫލުކުރައްވާ ކަމަށެވެ. އުމަރު ވިދާޅުވީ ރާއްޖެ ގޮސްފައި އޮތް ހިސާބުން ފުލުހުންގެ އުނަގަނޑުގައި ފިސްތޯލު އޮންނަންވާނެ ކަމަށެވެ. އެއީ ކޮންމެހެން އިރުއިރުކޮޅާ ޖަހާކަށް ނޫން ކަމަށާއި، ފިސްތޯލު ގިނަ ފަހަރަށް ޖަހާކަށްވެސް ނުޖެހޭނެ ކަމަށެވެ.

Advertisement

އުމަރު ވިދާޅުވީ ފުލުހުންގެ އުނަގަނޑުގައި ފިސްތޯލު އޮވެއްޖެއްޔާ ކުށްވެރިޔާ އަށް އެކަން އިނގޭނެކަމަށާއި، މީހަކު ރަހީނުކުރުން ފަދަ ކަމެއްކޮށްފި ނަމަ، ފުލުހުން އެ ޖަހާނެކަން ކުށްވެރިއާއަށް އެނގޭނެ ކަމަށެވެ. އެހެންކަމުން މިއަދު ހާލަތު އޮތްގޮތުން ފުލުހުންގެ އުނަގަނޑުގައި ފިސްތޯލު އޮންނަންޖެހޭނެ ކަމަށާއި، އެ އޮންނަންޖެހޭނީ ވެސް ހުރިހާ ފުލުހުންގެ އުނގަނޑުގައި ނޫން ކަމަށެވެ.

ވަކި ސީނިއާ ފުލުހުންގެ އުނަގަނޑުގައި އޮންނަންވާނީ ވެސް ފިސްތޯލަ. އަދި ފިސްތޯލު އިންނަންވާނީ ވެސް ބޭރަށް ނުފެންނަ ގޮތަށް ކަމަށާއި، ނަމަވެސް އެއީ ފިސްތޯލު ހިފައިގެން ހުރި މީހެއްކަންވެސް އެންމެންނަށްވެސް އެނގެންވާނެ ކަމަށެވެ. އަދި ފިސްތޯލު ޖެހުމުގެ ހުއްދަވެސް އޭނާއަށް އޮންނަންވާނެ ލިޔުމުން ދީފައި. މިނިސްޓަރު ސޮއިކޮށްފައި އޮތް ލިއުމެއް އޮންނަންވާނެ. މިކަހަލަ ލޯ އެންފޯސްމަންޓް އަންނަ ދުވަހަކުން އަމަންއަމާންކަން ގާއިމްވާނެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

ދާދި ފަހުން މާލޭގައި އަންހެނަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި އާންމުންގެ ފާޑުކިއުމަށް އިޝާރާތްކުރައްވާ އުމަރު ވިދާޅުވީ ބައެއް ފަރާތްތަކުގެ ވިސްނުން ތަންކޮޅެއް "ސޮފްޓް" ކަމަށެވެ. އަދި ފިސްތޯލު އޮންނަންޖެހޭކަމަށް ދައްކާ ވާހަކަވެސް ބައެއް ފަރާތްތަކުން ގަބޫނުކުރާނެ ކަމަށާއި، އެފަދަ ހިޔާލުތަކަށް ވެސް ޖާގަ އޮންނަންވާނެ ކަމަށެވެ.

އުމަރު ވިދާޅުވި ލީޑަރުން އެންމެން ރުއްސައިގެން އުޅޭކަށް ނުޖެހޭ ކަމަށާއި، ލީޑަރުންގެ ޒިންމާއަކީ ކަންކަން އޮންނަ އުސޫލުގެ ތެރެއިންކޮށް އެކަމެއް ނިންމާލުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް