ކ. މާލެ
|
18 ސެޕްޓެންބަރ 2024 | ބުދަ 14:13
 އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ރައީސް އޮފީސް
އިޒްރޭލު ޕާސްޕޯޓުގެ ބިލު
އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލު ކޮމިޓީގައި 100 ދުވަސް: އިސްލާމިކް މިނިސްޓަރު ވިދާޅުވީ އަދި ލަހެއް ނުވާކަމަށް
އިޒްރޭލުން ހިންގަމުންދާ ޤަތުލުއާންމުގައި ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ޝަހީދު ކުރަމުންދޭ
ޝަހީމް ވިދާޅުވީ، އެއީ މަޖިލީހުން ކުރާ މަސައްކަތަކަށްވާތީ މާ ގިނަ ވާހަކަތަކެއް އެކަމާ ނުދައްކަވާނެ ކަމަށް

އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ މަސައްކަތް ލަސްވެފައިވާކަމަށް ޤަބޫލު ނުކުރައްވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް އެހެން ވިދާޅުވީ ބުދަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ، އެއީ މަޖިލީހުން ކުރާ މަސައްކަތަކަށްވާތީ މާ ގިނަ ވާހަކަތަކެއް އެކަމާ ނުދައްކަވާނެ ކަމަށެވެ. ނަމަވެސް އެ މައްސަލަ ލަސްވެފައިވާކަމަށް ޤަބޫލު ނުކުރައްވާކަމަށް ޝަހީމް ވިދާޅުވިއެވެ.

ލަސްވެފައިވާކަމަށް ޤަބޫލެއް ނުކުރަން، މަޖިލީހުގައި އޮންނަ އިޖުރާއަތުގެ ދަށުން އެކަން ކުރިއަށްދާނީ
އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު

ޝަހީމް އެހެން ވިދާޅުވެފައިވާއިރު، އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލު ކޮމިޓީގައި "ތާށިވެފައި އޮންނަތާ" 100 ދުވަސް ވަނީ ވެފައެވެ. އެގޮތުން އިޒްރޭލު މީހުން ރާއްޖެ އަށް އެތެރެވެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ގާނޫނު އިސްލާހު ކުރަން ސަރުކާރުން ނިންމައިފިކަން އިއުލާން ކުރީ 2 ޖޫން 2024 ގައެވެ.

އޭގެ ފަހުން އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލު މަޖިލީހަށް ބަލައިގަނެ 241 ކޮމެޓީއަށް ފޮނުވީ ޖޫން 10 ވަނަ ދުވަހުއެވެ.  އޭގެ ފަހުން ސަރުކާރުން ބޭނުންވެގެން ބިލުތައް ފާސް ކުރުމަށް ދައުރުން ބޭރުގައި ޖަލްސާތައްވެސް ބޭއްވި ނަމަވެސް، ކޮމިޓީގައި ބިލުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

ނުވިތާކަށް އިޒްރޭލުން ހިންގަމުންދާ ޤަތުލުއާންމުގައި ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ޝަހީދު ކުރަމުންދާއިރު، މިހާތަނަށް 40،000ށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް