Advertisement
ކ. މާލެ
|
15 ސެޕްޓެންބަރ 2024 | އާދީއްތަ 11:35
ހަންކެޑެ މަޝްރޫއު ކުރިއަށްދާ ސަރަހައްދު މަސައްކަތް މޭޔަރު ބައްލަވާލައްވަނީ
ހަންކެޑެ މަޝްރޫއު ކުރިއަށްދާ ސަރަހައްދު މަސައްކަތް މޭޔަރު ބައްލަވާލައްވަނީ
އައްޑޫސިޓީ ކައުންސިލް މީޑިއާ
އައްޑޫގެ ތަރައްގީ
ރައީސް ޞާލިހުގެ ސަރުކާރުން ފެށި އައްޑޫގެ ތަރައްގީގެ މަސައްކަތާއެކު އިންވެސްޓަރުން ދެކޭގޮތަށް ބަދަލުވެގެންދާނެ - މޭޔަރު ނިޒާރު
މަގު ހެދުމުގެ މަސައްކަތުގެ 95 އިންސައްތަ މަސައްކަތް ވަނީ ނިމިފައި
ހަންކެޑެ ބުރިޖުގެ މަސައްކަތް ވަނީ ނިމުމަކާއި ކައިރިވެފައި
އައްޑޫ އެއަރޕޯޓުގެ މަސައްކަތުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ފެށި އައްޑޫގެ ތަރައްގީގެ މަސައްކަތާއެކު އިންވެސްޓަރުން އައްޑޫ ސިޓީއާއި މެދު ދެކޭގޮތަށް ބަދަލުވެގެންދާނެ ކަމަށް އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން އައްޑޫގެ ބަދަލަކަށް ވަރަށް ގިނަ މަސައްކަތް ކުރެއްވި ކަމަށެވެ. އައްޑޫ ރައްޔިތުންގެ ފަރާތުން އަންނަ އެންމެ ބޮޑު ޝަކުވާއަކީ އައްޑޫގެ މަގުތަކުގެ މައްސަލަ ކަމަށާއި، މާލެ ސިޓީ ފިޔަވައި ދުއްވާ އުޅަނދުތައް އެންމެ ގިނަ ތަނަކީ އައްޑޫ ސިޓީކަމަށް ވެފައި ހިނގާ މީހުންނަށް އުނދަގޫ ހާލަތެއް އޮތް ކަމަށް ނިޒާރު ވިދާޅުވިއެވެ.

Advertisement

އަދި މައްސަލަތަކަށް ހައްލެއް ގެނައުމަށް ސަރުކާރުން ފެށި މަސައްކަތަކީ ރައްޔިތުންގެ ޝަކުވާތަކަށް ހައްލު ގެނެވޭ ވަރުގެ މަސައްކަތެއް ކަމަށާއި، 100 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމް ގާއިމްކުރުމާއެކު، 60 ކިލޯ މީޓަރުގެ މަގު ރަނގަޅު ފެންވަރަކަށް ހަދައި، 40 ކިލޯ މީޓަރުގެ ފެން ހިންދާ ނިޒާމް ގާއިމްކުރި ހުރިހާ މަގެއްގައި ސީޓީބީ ލޭޔަރު އަދި ސިމެންތި ބޭނުންކޮށްގެން މަސައްކަތް ފެށި ކަމަށް ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ފަހުން ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް ޞާލިހު ވަނީ އައްޑޫގެ މަސައްކަތް ނިންމާލައްވާނީ އައްޑޫގެ ހުރިހާ މަގުތަކެއްގެ މަސައްކަތް އެއްކޮށް ނިންމާލާފައި ކަމަށާއި، އެއީ ދެވަނަ ފޭސްގެ މަސައްކަތް ކަމަށެވެ. އެ ޕްރޮޖެކްޓްގެ ތެރެއިން 95 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަަމަށާއި، އިތުރު މަސައްކަތެއްގެ ގޮތުގައި ހަންކެނޑެ ބްރިޖުގެ މަސައްކަތް 14 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކޮށްފައިވަ ކަމަށެވެ.

އެ މަސައްކަތާއެކު ބިން ހިއްކުން އައި. ހިތަދޫއަށް އެކަނިވެސް 90 ހެކްޓަރުގެ ބިން، މަރަދޫ ފޭދޫއަށް 76 ހެކްޓަރު، ހުޅުދޫ މީދޫއަށް ވެސް ބިން ހިއްކަން ސަރުކާރުން ނިންމާފައި އޮތީ. އެމްޓީސީސީ އާއި މަސައްކަތް ހަވާލުވެފައި އޮތީ. 3 ރަށެއް ހިއްކާ ނިމިފައި އޮތީ. ވަރަށް ބޮޑެތި މަސައްކަތްތަކެއް. ހަމައެއާއެކު އެއަރޕޯޓް ޑިވަލަޕްމަންޓަށް 25 މިލިއަން ޑޮލަރު ހަރަދު ކުރެވިގެން މަސައްކަތް ކުރިއަށްދަނީ. އޭގެވެސް ގާތްގަނޑަކަށް 50 އިންސައްތަ މަސައްކަތް ވަނީ ގޮސްފައި. ވަރަށް ގިނަ މަސައްކަތްތަކެއް ހިނގި.
އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު

ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގެ ޕްރޮޖެކްޓްތައް ނިމިގެންދާއިރު، އައްޑޫ ސިޓީގެ މަލަމަތި ބަދަލުވެގެންދާނެ ކަމަށެވެ. ނިޒާރު ވިދާޅުވީ މި މަސައްކަތް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރަނގަޅު އިގްތިސާދެއް ގެނައުން ކަމަށެވެ. ދެމިގެންދާ އިގްތިސާދެއް ގެނައުން އެންމެ މުހިންމު ބޭނުމަކަށް ވެފައިވާއިރު، އައްޑުއާއި ދޭތެރޭގައި އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކުންވެސް ދެކޭ ދެކުމަށް ބަދަލު އަންނަނާނެ ކަމަށެވެ.

ހުރިހާ މަސައްކަތެއްވެސް ކުރިއަށް އެބަދޭ. މަގު ކުރެހުމުގެ މަސައްކަތް ކުރިއަށްދަނީ. ލައިޓް ހަރުކުރުމާއި ނުނިމި ހުރި ބައެއް ކަންކަން، ގާތްގަނޑަކަށް 95 އިންސައްތަ މަސައްކަތް ވަނީ ނިމިފައި. ހަންކެޑެ ބުރިޖުގެ ރެއިލިންގެ މަސައްކަތް އެބަދޭ. އެއަރޕޯޓުގެ 50 އިންސައްތަ މަސައްކަތް ވަނީ ނިމިފައި. ގަމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ.
އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު

ނިޒާރު ވިދާޅުވީ ބުރިޖު ހުޅުވުން އަވަސްކޮށްދިނުމަށް ކޮންޓްރެކްޓަރު އަރިހުގައި އެދުނު ކަމަށާއި، އަދި މި މަހުގެ 20 ވަނަ ދުވަހަށް ތާރީހެއް ދިން ނަމަވެސް، މަސައްކަތްދާ ގޮތުން ހުޅުވޭނެކަމަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ. ރެއިލިންގ އަދި ނުނިމޭ ކަމަށާއި، ކުރަންޖެހޭ ކުރެހުންތައް ނުނިމޭ ކަމަށާއި، ބުރިޖު ދަށުގައި ހުރި ވެލިތައް ނަގާ އޮއި ދެމޭގޮތަށް ހަދަންޖެހޭ އިރު އެކަށީގެންވާ މުއްދަތުގައި މަސައްކަތް ފެށިނަމަ ހުޅުވާ ބޭނުންކުރެވޭނެކަމަށް ގަބޫލުކުރައްވާ ކަމަށް ނިޒާރު ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް