Advertisement
ކ. މާލެ
|
11 ނޮވެންބަރ 2025 | އަންގާރަ 00:15
މަސްޖިދުލް ޢުމަރުލް ފާރޫގު އަށް ގެއްލުންދީފައި
މަސްޖިދުލް ޢުމަރުލް ފާރޫގު އަށް ގެއްލުންދީފައި
އިބްރާހިމް ޝިނާޒް
މިސްކިތަށް ގެއްލުން ދިނުން
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި
މިސްކިތުގެ ގޮނޑިތައް އުކާލައި މުސްހަފުތަކަށް ފެން އަޅާފައިވޭ
އިސްލާމިކް މިނިސްޓަރ ވިދާޅުވީ މި މައްސަލަ ތަހުގީގުކޮށް ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ފަށާފައިވާ ކަމަށް

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި އެވެ.

މިސްކިތަށް ގެއްލުން ދިންކަން އެނގުނީ ހޯމަ ދުވަހުގެ މަޣްރިބު ނަމާދަށް މިސްކިތައް ދިއުމުންނެވެ. ގެއްލުން ދިނީ މަސްޖިދުލް ޢުމަރުލް ފާރޫގު އަށެވެ.

އެގޮތުން މިސްކިތުގައި މީހުން ނަމާދަށް އިންނަ ގޮނޑިތަކަށް ގެއްލުންދީ މުސްހަފުތަކަށް ހުރީ ގެއްލުން ދީފަ އެވެ. އެގޮތުން ގޮނޑިތައް އެތައް މިތަނަށް އުކާފައި ހުރި އިރު މުސްހަފުތަކަށް ހުރީ ފެން އަޅާފަ އެވެ. މި މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.

މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އައްޑޫ ސިޓީގެ މިސްކިތަކަށް ގެއްލުން ދިން މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މި މައްސަލަ ބަލައި ތަހުގީގުކޮށް، ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މިނިސްޓްރީން މަސައްކަތް ފަށާފައިވާ ކަމަށެވެ.

- ކޮމެންޓް