Advertisement
ކ. މާލެ
|
4 ޑިސެންބަރ 2025 | ބުރާސްފަތި 12:20
އިސްލާމިކް މިނިސްޓަރ  ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ، ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ޙަންނާން އަބޫބަކުރު އަދި ތުޅާދޫ ކައުންސިލް
އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ، ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ޙަންނާން އަބޫބަކުރު އަދި ތުޅާދޫ ކައުންސިލް
ރާއްޖެއެމްވީ
ތުޅާދޫ ކައުންސިލް
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި
އިސްލާމިކް މިނިސްޓްރީން ތުޅާދޫ މަސްޖިދުއް ރަހުމާނާއި ގުޅޭ މައްސަލައެއް ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް ހުށަހަޅައި އިންކުއަރީއެއް ހެދުމުގެ ހުއްދަ ދީފައިވޭ
ކައުންސިލުން މިސްކިތް ސާފުކުރުމަށް ރަށު ކުންފުންޏަކާއި ހަވާލުކޮށް ބޭނުންވާ ވެއްޔަކީ މިނިސްޓްރީ އަށް ދިން ވެލި ނަމަވެސް މިނިސްޓްރީގެ އެދުމުން ކުންފުންޏާއި އެ ވެލި ހަވާލުކޮށްފައިވޭ
ކައުންސިލްގެ މައްސަލަ ބަލަނީ ސަރުކާރުން ހަވާލުކޮށްފައި އޮތް ކޮންޓްރެކްޓަރަކަށް ކައުންސިލްގެ މުދާ ނުދޭތީ

ބ. ތުޅާދޫ މަސްޖިދުއް ރަހުމާނުގެ ކޮންޓްރެކްޓް އިސްލާމިކް މިނިސްޓްރީ އިން ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލްގެ މުދާތައް ދޫނުކުރި މައްސަލައިގައި، މިނިސްޓްރީ އިން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް މައްސަލަ އެއް ހުށަހަޅައިފި އެވެ.

މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިސްލާމިކް މިނިސްޓްރީ އިން މި މައްސަލަ އެލްޖީއޭ އަށް ހުށަހެޅީ މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އެލްޖީއޭ އަށް އިސްލާމިކް މިނިސްޓްރީ އިން މައްސަލަ ހުށަހަޅާފައިވާ ކަމަށް ބުނެ އެލްޖީއޭ އިން ތުޅާދޫ ކައުންސިލަށް ފޮނުވި ސިޓީ ގައި ބުނެފައިވަނީ އިސްލާމީ ކަންތައްތަކާއި ބެހޭ މިނިސްޓްރީ އިން އެ އޮތޯރިޓީ އަށް ހުށަހަޅާފައިވާ ތުޅާދޫ މަސްޖިދުއް ރަހުމާނާއި ގުޅޭ މައްސަލަތަކެއް ބެލުމަށް އެ އޮތޯރިޓީ އަށް ހުށަހަޅާފައިވަ ކަމަށެވެ. އަދި މި މައްސަލަ ބެލުމަށް ދިވެހިރާއްޖޭ ގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން ރައީސް އޮތޯރިޓީގެ ބޯޑަށް ކަނޑައަޅުއްވާފައިވާ މިނިސްޓަރު ވަނީ އިންކުއަރީ ހެދުމުގެ ހުއްދަ ދެއްވާފައި ކަމަށެވެ.

މި މައްސަލައާއި ގުޅޭގޮތުން ތުޅާދޫ ކައުންސިލްގެ މެންބަރަކު ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކައުންސިލްގެ މައްސަލަ އެލްޖީއޭ އިން ބަލާތީ އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކައުންސިލުން ކުރެވެން ހުރި ކަންކަން ކުރާނެ ކަމުގެ ޔަގީންކަން ދިން ކަމަށާއި، ނަމަވެސް އެކަމާއި ގުޅިގެން ހަބަރެއް ނުވާ ކަމަށެވެ. އަދި އެފަހުން މިސްކިތުގެ މަސައްކަތް އެރަށު ކުންފުންޏަކާއި ހަވާލު ކުރެވުނު ކަމަށާއި، އެއިރު ގަބުރު ފެނިގެން މިސްކިތް ތެރެ އޮތީ ކޮނެފައި ކަމަަށެވެ. އަދި ހަވާލުކުރީ ސާފުކުރުމަށް ކަމަށާއި، މިސްކިތަށް އަޅަން ބޭނުންވާ ވެލި ވެސް ކައުންސިލްގައި އެދުމުން ދީފައިވާނެ ކަމަށެވެ.

ކައުންސިލަރު ވިދާޅުވީ އެކަން ކުރީވެސް ކައުންސިލްގެ ޖަލްސާ އަށް ހުށަހަޅައިގެން ފާސްކޮށްގެން ކަމަށާއި، އެ ވެއްޔަކީ މިނިސްޓްރީ އަށް ދިން ވެލި ނަމަވެސް، މަސައްކަތް ހަވާލުކޮށްފައި އޮތް ކުންފުންޏާއި އެ ވެލި ހަވާލުކުރުމަށް މިނިސްޓްރީ އިން އެދުމުން ކައުންސިލުން އެކަމަށް ވެސް އެއްބާރުލުން ދިން ކަމަށެވެ.

ކައުންސިލުން ވެލި ވިއްކީ ވެސް ނޫން. ވެލި ދިނީ. ކައުންސިލުން ފާސްކުރީ ވެސް ވެލި ދޭން. އަނެއްކާ ވެސް ކޮނޓްރެކްޓަރު މި އެދެނީ، އެތަނަށް ފެން ޖަހަން ވެގެން ކައުންސިލްގައި ހުރި ވަސީލަތެއް ދޭށޭ. ޕަމްޕް ހޮޅި ސެޓް ދޭށޭ. އަޅުގަނޑުމެން ދެންނެވީ ސަރުކާރުން ކޮންޓްރެކްޓަރަކާއި ހަވާލުކޮށްފައި އޮތް މަސައްކަތެއްގައި ކައުންސިލްގެ ވަސީލަތެއް ނުދެވޭނޭ. ދެން އެބޭފުޅުން އެކަން ކުރަންޏާ އެބޭފުޅުން ވަސީލަތް ހޯދަން ޖެހޭނީ. ދެން އަޅުގަނޑުމެން [ކައުންސިލުން] އެންގިން އެކަން ކޮށްދެވެން ނެތޭ.

ތުޅާދޫ ކައުންސިލް މެންބަރެއް

ކައުންސިލަރު ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ ކޮންޓްރެކްޓަރަށް ކައުންސިލްގެ ވަސީލަތްތައް ދޭން ދެކޮޅު ހެދުމުން މިދިޔަ ބުރާސްފަތި ދުވަހު ހައުސިންގ އަދި އިސްލާމިކް މިނިސްޓްރީން ސިޓީއެއް ކައުންސިލަށް އައި ކަމަށެވެ. އަދި އެލްޖީއޭގެ ސިޓީގައި އިންނަނީ އިންކުއަރީއެއް ހަދާ ކަމަށް ބުނެފައިވާ ކަމަށެވެ.

އަޅުގަނޑު އެރޭ އެލްޖީއޭގެ އިސް ބޭފުޅުންނާއި ގުޅާލިން. އަޅުގަނޑު ދެންނެވިން ތިބޭފުޅުން ކޮން ގޮތަކަށްތޯ މައްސަލަ ބައްލަވަނީ. އަޅުގަނޑު އެދެމޭ މި މައްސަލަ ބަލަން. ދެން އެބޭފުޅާ ވިދާޅުވީ ތިކޮޅަށް ނުގޮސް މިހާރު ހުރި ޑޮކިއުމެންޓްތައް ބަލައިގެން މައްސަލަ ބަލާނީ ކަމަށް ވިދާޅުވީ. އަޅުގަނޑު އެދުނިން ތިގޮތަށް ތިކަން ނުކުރައްވާށޭ، ތިބޭފުޅުންނަށް ނާދެވޭނަމަ އަޅުގަނޑުމެން [ކައުންސިލުން] ހިނގައިދާނަމޭ ތިކޮޅަށް ތިބޭފުޅުންނަށް އެއްބާރުލުންދޭން. ދެން ވިދާޅުވީ ނޫނެކޭ ތިބޭފުޅުން އަންނާނެ ކަމެއް ނެތޭ.

ތުޅާދޫ ކައުންސިލް މެންބަރެއް

ކައުންސިލަރު ވިދާޅުވީ ނަގާނީ ކާކުގެ ބަޔާންތޯ ސުވާލު ކުރި ކަމަށާއި، އަދި އެލްޖީއޭއިން ބުނާގޮތުން ނަމަ ހުރިހާ ކައުންސިލުން ވެސް ތިބީ މި މައްސަލައިގައި ހިމެނިފައި ކަމުން އެލްޖީއޭ އިން ރަށަށް ނައިސް ބަޔާނެއް ދޭން އެދިއްޖެއްޔާ އެކަން އެގޮތަށް ކުރާ ގޮތަކަށް ކައުންސިލްގެ ވިސްނުމެއް ނެތް ކަމަށް ދެންނެވި ކަމަށެވެ. އޭނާ ވިދާޅުވީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމެއް ނުކުރާ ކަމަށް އެލްޖީގައި ދެންނެވި ކަމަށާއި، އެހެންކަމުން ލާމަރުކަޒީ ގާނޫނުގައި އަދި ގާނޫނު އަސާސީއާއި ހިލާފުވާނެކަމެއް ކުރުމަށް ނޭންގުމަށް އެދި އެފަދަ ކަމެއް ނުކުރާނެކަމަށް ދަންނަވާފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ދެފަހަރެއްގެ މަތިން މައްސަލަ ބަލާނެކަން ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

މި މައްސަލައަށް ބަލާއިރު ތުޅާދޫ މަސްޖިދުއް ރަހުމާނުގެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީން އެކި ފަހަރުމަތިން ދޮގު ހަދާފައިވާކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ. އެގޮތުން މަސްޖިދުއްރަޙްމާން ގެ މަސައްކަތާ ބެހޭ ގޮތުން އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިތުރުފުޅުހައްދަވާފައިވާ ކަމަށާއި، ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ޙަންނާން އަބޫބަކުރު ވެސް އެ މައްސަލައިގައި އަމަލުކުރެއްވީ ރަށުގެ މަސްލަހަތު ގެއްލޭ ގޮތަށް ކަމަށް ތުޅާދޫ ކައުންސިލުން ބުނެފައިވެ އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި އިސްލާމިކް މިނިސްޓަރު ޝަހީމް ވަނީ ބ. ތުޅާދޫ މަސްޖިދުއް ރަޙްމާން ނުހުޅެވި ވަނީ އެ ރަށުގެ ކައުންސިލްގެ އެއްބާރުލުން ނުލިބޭތީ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. ޝަހީމް އެފަދައިން ވިދާޅުވީ ތުޅާދޫ ދާއިރާގެ މެމްބަރު ހަންނާން މަޖިލީހުގައި ކުރެއްވި ސުވާލެއްގެ ޖަވާބުގަ އެވެ.

އަދި އެކަމާއި ގުޅިގެން ކައުންސިލްގެ 7 މެންބަރުންގެ ސޮއާއެކު ނެރުނު ބަޔާނުގައި ބުނީ މަސްޖިދުއް ރަޙްމާން މިސްކިތުގެ މަސައްކަތަށް ފައިސާގެ އެހީތެރިކަން ދިން ކަމަށް 2025 ވަނަ އަަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އަންގާފައި ވީ ނަމަވެސް އެއީ ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ. ކައުންސިލުން ބުނެފައި ވަނީ މި މަސައްކަތަށް މިހާތަނަށް ވެސް ކައުންސިލަށް ފައިސާ އެއް ހިއްސާކޮށްފައި ނުވާ ކަމަށެވެ. ހަމައެހެންމެ އިސްލާމިކް މިނިސްޓްރީގެ ވަފުދުތައް ތުޅާދޫ އަށް ޒިޔާރަތްކުރި ކަމަށް ދައްކަވާފައިވާ ވާހަކަތަކަކީ ވެސް ދޮގެއް ކަމަށް އެ ކައުންސިލުން ހާމަކޮށްފައިވެ އެވެ.

މި މިސްކިތާއި ގުޅުންހުރި މަސައްކަތްތަކުގެ ބޭނުމަށް ދެ އިލްމުވެރިޔަކު ހިމެނޭހެން 3 ބޭފުޅުން ތުޅާދޫ އަށް ވަޑައިގަތް ނަމަވެސް އެންމެންގެ ޚަރަދުތައް ވެސް ހަމަޖައްސާފައި ވާނީ ތުޅާދޫ ކައުންސިލުން ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އެ ވަފުދަކީ ގަބުރު ކަށި ހުރިތޯ ބެލުމަށް ވަޑައިގަތް ވަފުދެއް ކަަމަށް ކައުންސިލުގެ ބަޔާނުގައިވެ އެވެ.

- ކޮމެންޓް