Advertisement
ކ. މާލެ
|
14 ސެޕްޓެންބަރ 2024 | ހޮނިހިރު 17:45
މާރަންދޫ ކައުންސިލްގެ ގޮނޑި ކާމިޔާބުކުރެއްވި އަބްދުލްހަމީދު އަބްދުއްސައްތާރު
މާރަންދޫ ކައުންސިލްގެ ގޮނޑި ކާމިޔާބުކުރެއްވި އަބްދުލްހަމީދު އަބްދުއްސައްތާރު
ރާއްޖެއެމްވީ
މާރަންދޫ ކައުންސިލް ބައި އިލެކްޝަން
މާރަންދޫ ކައުންސިލްގެ ގޮނޑި ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކޮށްފި
ޕީއެންސީގެ ކެންޑިޑޭޓް އަބްދުލްހަމީދު އަބްދުއްސައްތާރަށް ލިބިވަޑައިގަތީ 285 ވޯޓު
އެމްޑީޕީގެ ކެންޑިޑޭޓް ޝިހާމް މުހައްމަދު އަށް ލިބިވަޑައިގަތީ 250 ވޯޓު

ހއ. މާރަންދޫ ކައުންސިލްގެ ގޮނޑި ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ބައި އިލެކްޝަންގައި މި ގޮނޑި ވެރިކަން ކުރާ ޕީއެންސީން ކާމިޔާބު ކުރީ 35 ވޯޓުގެ ތަފާތަކުން އިދިކޮޅު މައި ސިޔާސީ ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓާއި ވާދަކޮށެވެ.

Advertisement

ވަގުތީ ނަތީޖާ ދައްކާގޮތުން ޕީއެންސީގެ ކެންޑިޑޭޓް އަބްދުލްހަމީދު އަބްދުއްސައްތާރަށް ލިބިވަޑައިގަތީ 285 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް ޝިހާމް މުހައްމަދު އަށް ލިބިވަޑައިގަތީ 250 ވޯޓެވެ.

ބާތިލް 5 ވޯޓު ހިމެނޭ އިރު ޖުމްލަ ވޯޓު ލާފައިވަނީ 470 މީހުންނެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 736 މީހުންނެވެ. އެއީ 354 އަންހެނުންނާއި، 382 ފިރިހެނުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް