ކ. މާލެ
|
12 ސެޕްޓެންބަރ 2024 | ބުރާސްފަތި 13:09
ރެއާލަށް ކުޅެމުން އަންނަ ޔޫކްރެއިންގެ ލުނިން
ރެއާލަށް ކުޅެމުން އަންނަ ޔޫކްރެއިންގެ ލުނިން
ރޮއިޓާސް
ރެއާލް މެޑްރިޑް
ރެއާލްގެ އެއްބަސްވުން ލުނިން އައު ކުރަނީ
އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޔޫކްރެއިންގެ ގޯލު ކީޕަރު އަންދްރޭ ލުނިންގެ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް އެ ކުލަބުން ފަށައިފި އެވެ.

އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ އެންމެ ފުރަތަމަ ރެއާލަށް ބަދަލުވީ 2018 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އެންމެ ފަހުން ލުނިން ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވައި، ރެއާލުން ބޭނުން ވަނީ ލުނިންގެ އެއްބަސްވުން އައު ކުރުމަށެވެ،

އެއްބަސްވުން އައު ކުރުމުގެ މަޝްވަރާތައް ރެއާލުން ކޮށްފައިވާއިރު، މިހާރު ވަނީ އެކަމުގައި އެއްބަސްވުމަކަށް އާދެވިފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ރެއާލުން ލުނިން އަށް ހުށަހަޅަނީ ތިން އަހަރު ދުވަހަށް އެއްބަސްވުން އައު ކުރުމަށެވެ. އެހެންކަމުން އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ރެއާލްގެ އައު އެއްބަސްވުމުގައި ވަރަށް އަވަހަށް ލުނިން ސޮއި ކުރާނެ އެވެ.

ލުނިން އަކީ ރެއާލަށް ކުޅޭ ޔޫކްރެއިންގެ އެންމެ ފުރަތަމަ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ރެއާލަށް 48 މެޗުގައި ގޯލު ބަލަހައްޓައިދީފަ އެވެ. ރެއާލަށް ބަދަލުވި ފަހުން ލުނިން ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ތިން ކުލަބަކަށް ކުޅެފަ އެވެ. އޭނާ އަކީ ޔޫކްރެއިން ޤައުމީ ޓީމުގެ ގޯލު ބަލަހައްޓަމުން އަންނަ ކުޅުންތެރިޔާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް