Advertisement
ކ. މާލެ
|
8 ސެޕްޓެންބަރ 2024 | އާދީއްތަ 12:32
ރައީސް އޮފީހުގެ މިނިސްޓަރު ނާސިރު އަނބިކަނބަލުން ރައިހާނާއާއެކު
ރައީސް އޮފީހުގެ މިނިސްޓަރު ނާސިރު އަނބިކަނބަލުން ރައިހާނާއާއެކު
ސޯޝިއަލް މީޑިއާ
ސަރުކާރުގެ ސިޔާސީ މަޤާމުތައް
ރައީސް އޮފީހުގެ މިނިސްޓަރު ނާސިރުގެ އަނބިކަނބަލުންނަށް ތުރުކީގެ ދިވެހި އެމްބަސީން އިސް މަގާމެއް ދީފި
އޭނާ އެ މަޤާމަށް އައްޔަނު ކުރައްވާފައިވަނީ 30 އޭޕްރީލް 2024 ގައި
ނާސިރުގެ އަނބިކަނބަލުން އައިޝަތު ރައިހާނާ އައްޔަނު ކުރައްވާފައިވަނީ ސްޕެޝަލް ކައުންސެލް ޓު ދި އެމްބެސެޑަރ ގެ މަޤާމަށް

ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރުގެ އަނބިކަނބަލުންނަށް ތުރުކީގެ ދިވެހި އެމްބަސީން އިސް މަގާމެއް ދީފިއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލު ކޮށްލުމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރުގެ އަނބިކަނބަލުން އައިޝަތު ރައިހާނާ އައްޔަނު ކުރައްވާފައިވަނީ ސްޕެޝަލް ކައުންސެލް ޓު ދި އެމްބެސެޑަރ ގެ މަޤާމަށް ކަމަށެެވެ.

އޭނާ އެ މަޤާމަށް އައްޔަނު ކުރައްވާފައިވަނީ 30 އޭޕްރީލް 2024 ގައި ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

Advertisement

ރައިހާނާ ކުރިން ހުންނެވީ މުލިއާގޭގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަޤާމުގައެވެ.

ސަރުކާރުން ސިޔާސީ މަޤާމުތަކަށް އައްޔަނު ކުރާ މީހުންގެ މައުލޫމާތު މިހާރު ގަވާއިދުން ހާމައެއް ނުކުުރެއެވެ. އެހެންކަމުން ސަރުކާރުގެ ސިޔާސީ މަޤާމުތަކުގެ އަދަދު މިހާތަނަށްވެސް ސާފު ވެފައެއް ނުވެއެވެ. އަދި ސަރުކާރުންވެސް މިހާތަނަށް ގެންދަނީ އެ މައުލޫމާތު ސިއްރު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް