ކ. މާލެ
|
8 ސެޕްޓެންބަރ 2024 | އާދީއްތަ 06:49
ފެބްރުއަރީ މަހު އިޒްރޭލުން ރަފާހަށް ދިން ބޮމުގެ ހަމަލާއެއްގައި ޝަހީދުވި މީހުންގެ ހަށިތައް އަން-ނަޖާރު ހޮސްޕިޓަލުގައި
ފެބްރުއަރީ މަހު އިޒްރޭލުން ރަފާހަށް ދިން ބޮމުގެ ހަމަލާއެއްގައި ޝަހީދުވި މީހުންގެ ހަށިތައް އަން-ނަޖާރު ހޮސްޕިޓަލުގައި
އޭއެފްޕީ
ޣައްޒާ ހަނގުރާމަ
ޣައްޒާގައި 31 މީހުން ޝަހީދު ކޮށްލައިފި، އިޒްރޭލުގައި 750،000 މީހުން ނަތަންޔާހޫއާ ދެކޮޅަށް މަގުމައްޗަށް
ހޮނިހިރު ދުވަހު އިނގިރޭސިވިލާތުގެ ލަންޑަނުގައި ފަލަސްޠީނަށް ތާއީދުކުރާ ފަރާތްތަކުން ވަނީ މުޒާހަރާކޮށްފަ

ސިއްހީ އޮފިޝަލުން ބުނާ ގޮތުގައި ހޮނިހިރު ދުވަހު ޣައްޒާގެ އެކި ސަރަހައްދުތަކުގައި އިޒްރޭލުން ދިން ހަމަލާތަކުގައި މަދުވެގެން 31 ފަލަސްތީނު މީހުން ޝަހީދުވެއްޖެއެވެ.

ހޮނިހިރު ދުވަހު އިނގިރޭސިވިލާތުގެ ލަންޑަނުގައި ފަލަސްޠީނަށް ތާއީދުކުރާ ފަރާތްތަކުން ވަނީ މުޒާހަރާކޮށްފައެވެ. މުޒާހަރާ ކުރި މީހުން އިނގިރޭސި ސަރުކާރަށް ގޮވާލަމުން ދިޔައީ އިނގިރޭސިވިލާތުން އިޒްރޭލަށް ހަތިޔާރު އެކްސްޕޯޓް ކުރުން މުޅިން ހުއްޓާލުމަށެވެ.

އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޭވިޑް ލެމީ މިދިޔަ ހަފްތާގައި ވަނީ އިޒްރޭލަށް ދޫކޮށްފައިވާ 350 ހަތިޔާރު އެކްސްޕޯޓް ލައިސަންސްގެ ތެރެއިން 30 ލައިސަންސް ހިފެހެއްޓުމަށް އިނގިރޭސި ސަރުކާރުން ނިންމިކަން އިއުލާން ކޮށްފައެވެ.

ހޮނިހިރު ދުވަހު އިޒްރޭލް ސިފައިން ވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގެ ހެބްރޯން ގައި ހިމެނޭ ދޫރާ ސަރަޙައްދުގެ ގެތަކަށް ވަދެ، މީހުންނަށް އަނިޔާކޮށް ތިން ފަލަސްޠީނު މީހުން ހައްޔަރުކޮށްފައި ކަމަށް ވަފާ ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވެއެވެ.

ފަލަސްޠީނު ޕްރިޒަނަރސް ސޮސައިޓީގެ އެންމެ ފަހުގެ ތަފާސްހިސާބހިސާބުތަކުން ދައްކާ ގޮތުގައި މަދުވެގެން 9،900 ފަލަސްތީނު މީހުން އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައި އެބަތިއްބެވެ. ނަމަވެސް ޣައްޒާއިން އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްތީނު މީހުންގެ އަދަދު އެނގެން ނެތް ކަމަށް މި ޖަމްޢިއްޔާއިން ބުނެފައިވެއެވެ.

އިޒްރޭލުގެ ތާރީޚުގައި މިހާތަނަށް ބޭއްވި އެންމެ އެއް މުޒާހަރާ ނަތަންޔާހޫ އާ ދެކޮޅަށް ހޮނިހިރު ދުވަހުގެ ރޭ މަގުތަކުގައި ވަނީ ބާއްވާފައެވެ. އަންދާޒާކުރެވޭ ގޮތުގައި 750،000 ށް ވުރެ ގިނަ މީހުން މަގުމައްޗަށް ނުކުމެ، ހަމާސް އިން ހައްޔަރު ކޮށްފައިވާ އިޒްރޭލު މީހުން މިނިވަން ކުރުމަށް ހަނގުރާމަ ހުއްޓާލުމަށް ނަތަންޔާހޫގެ ސަރުކާރަށް ވަނީ ގޮވާލާފައެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މަދުވެގެން 40،939 މީހުން ވަނީ ޝަހީދުވެފައެވެ. މީގެ އިތުރުން 94،616 މީހުން ޒަޚަމްވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް