ކ. މާލެ
|
2 ސެޕްޓެންބަރ 2024 | ހޯމަ 13:32
17 އަހަރުން ދަށުގެ ޓީމުގެ ކޯޗު މުހައްމަދު އާދަމް
17 އަހަރުން ދަށުގެ ޓީމުގެ ކޯޗު މުހައްމަދު އާދަމް
ގޫގުލް
17 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމު
17 އަހަރުން ދަށުގެ ޓީމު ސިލެކްޝަންސް ހެދީ ކޯޗެއް ނޫން؟
މުހައްމަދު އާދަމަށް ކޯޗުކަން ދިނުމުން ރާއްޖޭގެ ކޯޗުން ދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.

ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރަން ތައްޔާރުވާ ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސިލެކްޝަންސް ހެދީ ކޯޗު މުހައްމަދު އާދަމް ނޫން ކަން ރާއްޖޭގެ މަޝްހޫރު ކޯޗުން ބުނަން ފަށައިފި އެވެ.

މި މައްސަލައިގެ ބާވަތުން ނަން ހާމަކުރަން ނޭނދޭ ފުޓްބޯޅައިގެ އިސް އޮފިޝަލަކު ރާއްޖެ އެމްވީއާ ވާހަކަ ދައްކަމުން ބުނީ ޓީމުގެ ސިލެކްޝަންސް ހެދީ ވިކްޓަރީގެ ކުރީގެ ކޯޗު މުހައްމަދު އާތިފް ކަމަށެވެ.

"އަހަރެން ކައިރީގައި އޭނާ އައިސް ބުނި މިވާހަކަ. ހެޔޮ ނޫހުގައި ޖެހިޔަސް. އޭނާ އެކަން ކޮށްދިނީ ޓީމުގެ ކޯޗަށް ކުޅުންތެރިން ނޭނގޭތީވެ މުހައްމަދު އާދަމް އެދިގެން. މުހައްމަދު އާދަމް މީން ދުވަހަކު ޓީމެއްގައި މަސައްކަތެއް ނުކުރޭ. އެހެންވީމާ އޭނާ އަށް ކުޅުންތެރިން ނޭނގެ،"
ރާއްޖޭގެ އެކި ކުލަބުތަކުގައި މަސައްކަތްކޮށްފައިވާ އޮފިޝަލް ބުންޏެވެ.

17 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަން މުހައްމަދު އާދަމަށް ދިނުމުން ރާއްޖޭގެ ކޯޗުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. ވިކްޓަރީގެ ކުރީގެ ކެޕްޓަން އަދި ކުރިއަރަމުން އަންނަ ޒުވާން ކޯޗު ސޮބާހް މުހައްމަދު ބުނީ މިއީ ޑީލެއް ކަމަށެވެ.

"މި އޮތީ (އެފްއޭއެމުގެ ކުރީގެ ރައީސް) ބައްސާމްއާ ޑީލް ހަދައިގެން ވަޒީފާ ދީފައި،"
ސޮބާ ބުންޏެވެ.

ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުގައި މުހައްމަދު އާދަމްގެ ޓްރޭނިންތަކާމެދު ކުޅުންތެރިން ވެސް ތިބީ ނުރުހިފަ އެވެ. މިކަމާހުރެ ކުޅުންތެރިންގެ ބެލެނެވެރިން ޕެޓިޝަނެއް ހެދުމަށް މިދިޔަ ހަފުތާގައި މަސައްކަތްކޮށްފައިވެ އެވެ.

ރާއްޖޭގެ ކުރީގެ އެއްވަނަ ފޯވަޑް އަދި 19 އަހަރުން ދަށުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ކޯޗު އާދަމް އަބްދުއްލަތީފް (ލައްޗޭ) ވެސް ވަނީ އެފްއޭއެމުން އުމުރު ފުރާގެ ޓީމުތަކަށް ކޯޗުން ހަމަޖައްސާ ގޮތާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

"އަހަރުމެން ކުޅުނުއިރު ވެސް އުމުރުފުތާ ޓީމުތަކުގައި ތިބޭނީ އެއިރެއްގައި ހުންނަ އެންމެ ސީނިއާ ކޯޗު. ނޫނީ ގައުމީ ކޯޗުގެ ބެލުމުގެ ދަށުން ދާނީ. މިހާރު ހަމަ ހުރެފެ މީހަކާ ހަވާލުކޮށްލަނީ. އޭނާގެ ފެންވަރެއް ވެސް ބެލުމެއްނެތް،"
ލައްޗޭ ބުންޏެވެ.

މުހައްމަދު އާދަމަށް ކޯޗުކަން ދޭން ނިންމީ ނިމިދޔަ އެފްއޭއެމުގެ މެނޭޖްމަންޓުންނެވެ. ކޯޗުކަން ދިނުމުގެ ކުރިން އޭނާ ހުރީ އެފްއޭއެމުގެ އަތޮޅު މުބާރާތް ހިންގައިދޭ ކޮންސަލްޓަންޓަކަށެވެ. އެ މުބާރާތް ވަކި ހިސާބަކުން ހުއްޓާލިއިރު މުހައްމަދު އާދަމް ވެސް އެފްއޭއެމުން ވެސް އެއްވެސް އެއްޗެއް ނުބުނެ އެވެ. އޭނާގެ ކޯޗިން މިހާތަނަށް ފެންނަން އޮތީ ދެ ކުލަބަކުންނެވެ. އެއީ ވިކްޓަރީ އާއި ޔުނައިޓެޑް ވިކްޓަރީންނެވެ. މި ޓީމުގައި ހައެއްކަ މެޗަށް ފަހު އޭނާ ވަނީ ކޯޗުކަން ދޫކޮށްލައިފަ އެވެ. އެންމެ ފަހުން ކުލަބެއްގައި ހުރީ ވިކްޓަރީގެ ޓެކްނިކަލް ޑައިރެކްޓަރަކަށެވެ. މީގެ އިތުރުން އޭނާ ވަނީ 2013 ވަނަ އަހަރު ލަންކާގެ ކުލަބުތައް ކުޅުނު ގޯލްޑްކަޕް ކިޔާ މުބާރާތެއްގެ ޗެމްޕިއަންކަން އެ ގައުމުގެ ޖާވާލޭން ހޯދައިދީފަ އެވެ. ނަމަވެސް ރާއްޖެއަށްވުރެ އެތައް ގޮތަކުން ފުޓްބޯޅައިގެ ހާލަތު ދަށްވެފައި އޮތް ލަންކާގައި ކުޅުނު މި މުބާރާތަކީ ކޮން ފެންވަރެއްގެ މުބާރާތެއް ކަމެއް ނޭނގެ އެވެ.

ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ދައުރު ހަމަވެ، ނޯމަލައިޒޭޝަން ކޮމިޓީން ހިންގުމާ ހަވާލުވުމާ ދެމެދު ދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އެފްއޭއެމުގެ ކަންކަން ބަލަހައްޓާނެ މީހަކުނެތި އެމީހަކު ބޭނުން ގޮތަކަށް ކަންކަން ކުރި މަންޒަރު ވަނީ ފެނިފަ އެވެ. މި ގޮތުން އެފްއޭއެމްގެ އިމާރާތުން ގިނަ އަދަދެއްގެ ތަކެތި ނެރެ ހެކި ނައްތާލިކަމުގެ ތުހުމަތު ވެސް ވަނީ އެޅިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް
3 ސެޕްޓެންބަރ 2024 | އަންގާރަ 13:56
ރިއަލިޓީ
މި ނޫހުގެ ފަރާތުން ދިވެހި ފުޓްބޯޅައިގެ ހާލަތު ހާމަށްކޮށްދިނުމުގެ ގޮތުން މި އާރޓިކަލް ޕަބްލިޝްކޮށްދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ ! އަދި ސޮބާ މުހައްމަދުމެން ފަދަ ފުޓްބޯޅައަށް ލޯބިކުރާމީހުން ޙައްޤުބަސް ބުނަމުންދާތީ ފަހުރުވެރިވަން. މި އާރޓިކަލްއިން މި އިނގެނީ ދިވެހި ފުޓްބޯޅައިގެ ހަމައެއް ލަމައެއް ނެތްކަން. މި ފަދަ އުމްއީދީ ޓީމެއްގެ ކޯޗުކަން މުހައްމަދު އާދަމް ކަހަލަ މީހަކަށް ހަވާލު ކުރުމީ އެފްއޭމްގެ ފެއިލްވެފައި އޮތް މިންވަރު އިތުރަށް ދިވެހި ރައްޔިތުންނަ ހާމަވެގެންދިއުން. ދިވެހި ރާއްޖޭގައި ޕްރޮފިޝަނަލް ލައިސެންސްޑް ކޯޗުން ތިއްބާ މި ފަދަ މީހަކަ މި ހަވާލު ކުރީ މި ޓީމް ފުނޑުފުނޑުކޮލަށް ކުރި ކަމެއް... ބަލަ މުހައްމަދު އާދަމް އަކީ ކިހާވަރެއްގެ އެކްޕީރިއަންސެއް ހުރި މީހެއްތަ؟ ވިކްޓްރީއަށް މުޙައްމަދު އާދަމްކޮށްދިނީ ކޮންކަމެއް ؟ އެންމެ ފަހު ވަގުތު ކޯޗު ސޮބާމެން ކުރި މަސައްކަތު ކުރެޑިޓް ނެގުން ނޫން ކޮންކަމެއް ކޮށްދިން މީހެއް؟ މުހައްދު އާދަމް އަކީ މިހާ ޕްރޮފިޝަނަލް މީހަކަށް ވީމަތޯ މި ޓީމްގެ ޕޭރެންޓްސް މީނައާއި ދެކޮޅަށް ޕެޓިޝަން މި ހުށަހަޅަނީ.... ބަލަ ސޮބާ މެންނަށް ފުޓްބޯޅަ ކިޔަން އިނގެޔޭ......ވާނުވާ ނޭގި ތިބެ ކޮމެންޓް ކުރޭ !!!! ބަލަ ތި ސޮބާގެ ހެޑު ކޯޗު ކަމުގައެއް ނޫންތަ ވިކްޓްރީ އެއޮތީ 1 ޑިވިޝަންއަށް ގެންގޮސްދީފަ ...... މުހައްމަދު އާދަމްތަ ކޯޗަކީ ؟؟؟؟؟:((((((((
2 ސެޕްޓެންބަރ 2024 | ހޯމަ 19:24
މުރޭ
ތިޔަ ޓީމް ނުލިބިގެން ސޮބާ އުޅޭތާ ވަރަށް ދުވަސްވެއްޖެ، އޭނައާއި ހަވާލު ނުކުރީމައި ތިޔަ ހުރިހާ ވާހަކައެއް ތިދައްކަނީ، ސޮބާއާއި މުހައްމަދާއި މައްސަލަޖެހިގެން އުޅޭތާ ކިތަންމެ ދުވަހެއް، 2 ވަނަ ޑިވިސަންގެ ތަށި ވިކްޓަރީއަށް ކާމިޔާބްނުވީ ސޮބާގެ ކޮލިޓީނެތިގެން، މިވާހަކަ މުހައްމަދު ސޮބާއާއި ދިމާލަށް ބުނުމުން ދެމީހުން ދޭތެރެ ވަރަށް ގޯސްވެފައި އޮތީ