Advertisement
ކ. މާލެ
|
27 އޮކްޓޯބަރ 2025 | ހޯމަ 08:54
ޤައުމީ ޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން)
ޤައުމީ ޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން)
ވަން އޮންލައިން
އެފްއޭއެމް
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
މޯހަން ބުނީ ހަގީގަތުގައި ކުޅުންތެރިން އުފެއްދުމަށް ވުރެ އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން ކަމަަށެވެ. އެގޮތުން ކޯޗުންނާއި، އިދާރީ ހިންގުމުގައި އުޅޭ މީހުންނާއި އަދި މެނޭޖު ކުރާނެ މީހުން އުފައްދަން ޖެހޭ ކަމަށް މޯހަން ފާހަގަ ކުރި އެވެ.

ކުޅުންތެރިން އުފެއްދުމަށް ވުރެ، އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން ކަމަށް، ރާއްޖޭގެ ސީނިއާ ޤައުމީ ޓީމުގެ ކޯޗު މުޙައްމަދު (މޯހަން) ބުނެފި އެވެ.

އޭނާ މިހެން ބުނީ، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް، ދައުލަތުގެ މީޑިއާ އިން ގެނެސްދިން ޕްރޮގްރާމެއްގައި ބައިވެރިވެ ވާހަކަ ދައްކަމުންނެވެ.

އެގޮތުން މޯހަން ބުނީ ހަގީގަތުގައި ކުޅުންތެރިން އުފެއްދުމަށް ވުރެ އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން ކަމަަށެވެ. އެގޮތުން ކޯޗުންނާއި، އިދާރީ ހިންގުމުގައި އުޅޭ މީހުންނާއި އަދި މެނޭޖު ކުރާނެ މީހުން އުފައްދަން ޖެހޭ ކަމަށް މޯހަން ފާހަގަ ކުރި އެވެ.

އެއާ އެކު ރަނގަޅު އޮނިގަނޑެއް އުފެދި، ރަނގަޅު ޕްލޭނެއް ހެދި، އެ ޕްލޭންއާ އެއްގޮތަށް މަސައްކަތް ކުރުމުން ކުޅުންތެރިން ވެސް އުފެދިގެން ދާނެ ކަމަށް މޯހަން ބުންޏެވެ. އެކަން ފާހަގަ ކުރަމުން މޯހަން ބުނީ މިހާތަނަށް ރާއްޖޭގައި އެކަން އޮތީ ވަރަށް ދަށްކޮށް ކަމަށާއި، އެއީ ހިތާމަ ހުރި ކަމެއް ކަމަށެވެ.

މޯހަން ބުނީ އެކަން ކުރިއަރުވަން ރާއްޖެ އިން ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި، އެކަމަށް ފައިސާ ވެސް ޚަރަދު ކުރަން ޖެހޭ ކަމަށެވެ. ހަމަ އެއާއެކުމ ވަސީލަތްތައް ތަރައްޤީ ކުރުމާއި، ވަސީލަތްތައް އުފެއްދުމަށް ޚަރަދު ކުރުމަކީ މުހިންމު ކަމެއް ކަމަށް މޯހަން ބުންޏެވެ. ރަނގަޅު ވަސީލަތް ހުރެއްޖެ ނަމަ، ރަނގަޅު ކޯޗުންނާ އެކު މަސަައްކަތް ކުރުމުން، ރަނގަޅު ކުޅުންތެރިން އުފެދިގެން ދާނެ ކަމަށް ވެސް މޯހަން ބުންޏެވެ.

ރާއްޖޭގައި ތިބި ތަޖުރިބާކާރު ކޯޗުންގެ ތެރޭގައި ހިމެނޭ މޯހަން މިހެން ބުނެފައިވާއިރު، ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަން ތަކަށް ވެސް އެންމެ ބޮޑަށް ދިމާވާ މައްސަލަ އަކީ ކުޅިވަރު ހިންގާނެ މީހުން މަދުވުމެވެ. އެކަމަށްޓަކައި ސަރުކާރު ތަކުން ގިނަ މަސައްކަތް ތަކެއް ކުރަން ޖެހޭ ކަމަށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ފާހަގަ ކުރަމުންނެވެ.

- ކޮމެންޓް