Advertisement
ކ. މާލެ
|
1 ސެޕްޓެންބަރ 2024 | އާދީއްތަ 19:56
މާލެ ސިޓީ މޭޔަރު އާދަމް އާޒިމް އިސްރަވެހިންގެ ޖަމިއްޔާގެ މެންބަރުންނާއެކު
މާލެ ސިޓީ މޭޔަރު އާދަމް އާޒިމް އިސްރަވެހިންގެ ޖަމިއްޔާގެ މެންބަރުންނާއެކު
ރާއްޖެއެމްވީ
މާމަކާފަ ދުވަސް
މާމަކާފަ ދުވަހާއި ގުޅިގެން މޭޔަރު އާޒިމް އިސްރަށްވެހިންގެ ޖަމިއްޔާގެ މެމްބަރުންނާއި ބައްދަލުކުރައްވައިފި
އިސްރަށްވެހިންގެ ޖަމިއްޔާގެ މެންބަރުންނާއި ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ހާލު އަހުވާލު ބައްލަވާލެއްވި
އިސްރަށްވެހިންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި

މާމަކާފަ ދުވަހާއި ގުޅިގެން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އިސްރައްވެހިންގެ ޖަމިއްޔާގެ މެންބަރުންނާއި ބައްދަލުކުރައްވައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި، މާމަކާފަ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް، އިސްރައްވެހިންގެ ޖަމިއްޔާގެ މެންބަރުންނާ ބައްދަލުކުރައްވާފައިވަނީ އާދީއްތަ ދުވަހު ސަލްޓަންޕާކުގައެވެ.

މި ބައްދަލުވުމުގައި މޭޔަރު އާޒިމް، އިސްރައްވެހިންގެ ޖަމިއްޔާގެ މެންބަރުންނާއި ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ހާލު އަހުވާލު ބައްލަވާލެއްވިއެވެ. އަދި އިސްރައްވެހިންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

Advertisement

މި ބައްދަލުވުމުގައި މޭޔަރު އާޒިމް ވިދާޅުވީ، އިސްރައްވެހިންނަކީ މުޖުތަމަޢުގެ އަގުހުރި ބައެއްކަމާއި، އެ ބޭފުޅުންގެ ތަޖުރިބާއާއި ޙިކުމަތްތެރިކަމަކީ ޒުވާން ޖީލަށް ވަރަށް މުހިންމު އެއްޗެއް ކަމުގައެވެ. އަދި އިސްރައްވެހިންނަށް އިޙްތިރާމްކުރުމާއި އެ ބޭފުޅުންގެ ޙައްޤުތައް ރައްކާތެރިކުރުމަކީ މުޅި މުޖުތަމަޢުގެ ޒިންމާއެއް ކަމުގައިވެސް މޭޔަރު ފާހަގަކުރެއްވިއެވެ.

މާމަކާފަ ދުވަހަކީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ އިސްރައްވެހިންނަށް އިޙްތިރާމްކުރުމާއި، އެ ބޭފުޅުންގެ ޙައްޤުތަކަށް އަހުލުވެރިވުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް