ކ. މާލެ
|
31 އޯގަސްޓް 2024 | ހޮނިހިރު 10:13
އޭވީސީގެ ޖެނަރަލް އެސެމްބްލީގައި ރާއްޖޭގެ މުޙައްމަދު ލަތީފް
އޭވީސީގެ ޖެނަރަލް އެސެމްބްލީގައި ރާއްޖޭގެ މުޙައްމަދު ލަތީފް
ވީއޭއެމް
އޭވީސީ
އޭވީސީގެ ނައިބު ރައީސަކަށް ލަތީފް އިންތިޚާބު ކޮށްފި
ދެ ވަނަ ފަހަރަށް ވީއޭއެމްގެ ރައީސްކަން ކުރަމުން އަންނަ ލަތީފް އަކީ، ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ރައީސްކަން ވެސް ކުރަމުން އަންނަ ފަރާތެވެ.

އޭޝިއަން ވޮލީބޯލް ކޮންފަޑަރޭޝަން (އޭވީސީ)ގެ ނައިބު ރައީސަކަށް، ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުޙައްމަދު ލަތީފް އިންތިޚާބު ކޮށްފި އެވެ.

ދެ ވަނަ ފަހަރަށް ވީއޭއެމްގެ ރައީސްކަން ކުރަމުން އަންނަ ލަތީފް އަކީ، ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ރައީސްކަން ވެސް ކުރަމުން އަންނަ ފަރާތެވެ. ކާވާގެ ރައީސްކަމުގައި ލަތީފް ފުރަމުން އަންނަނީ އޭނާގެ ދެ ވަނަ ދައުރެވެ.

އޭވީސީގެ އެގްޒެކްޓިވް ނައިބު ރައީސަކަށް ލަތީފް އިންތިޚާބު ކޮށްފައި ވަނީ ތައިލެންޑުގެ ބެންކޮކުގައި ކުރިއަށް ދިޔަ އޭވީސީގެ ޖެނަރަލް އެސެމްބްލީގަ އެވެ. އެ އެސެމްބްލީގައި ވަނީ އޭވީސީގެ ރައީސްކަމުގެ މަޤާމަށް ވެސް ބޭފުޅަކު އިންތިޚާބު ކޮށްފަ އެވެ. އެ މަޤާމަށް އިންތިޚާބުވީ 48 ވޯޓާ އެކު ރަމޮން ސުޒާރާ އެވެ. އޭނާ އަކީ ފިލިޕީންސް ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސްކަމުގައި ހުންނެވި ފަރާތެވެ.

އޭވީސީގެ އައު ދައުރުގެ ރައީސަކަށް ސުޒާރާ އިންތިޚާބުވީއިރު، ސީނިއާ ނައިބު ރައީސަކަށް އިންތިޚާބުވީ އޮސްޓްރޭލިއާގެ ކްރެއިގު ކެރަޗާ އެވެ. އެގްޒެކްޓިވް ނައިބު ރައީސަކަށް ލަތީފް އިންތިޚާބުވީއިރު، ޖެނަރަލް ސެކްރެޓަރީގެ މަޤާމަށް އިންތިޚާބުވީ ހިއު ގުރަހަމް އެވެ. ހަޒާންދާރުގެ މަޤާމަށް މަރީނާ ސުއީ އިންތިޚާބުވީއިރު، އިންޓާނަލް އޮޑިޓަރަކަށް އިންތިޚާބުވީ ޙަސަން އަލް ފްރާންސިނީ އެވެ.

އޭވީސީގެ އައު ދައުރުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރު އެވެ.

- ކޮމެންޓް