Advertisement
ކ. މާލެ
|
30 އޯގަސްޓް 2024 | ހުކުރު 00:16
ކުރީގެ ރައީސް ޔާމީން
ކުރީގެ ރައީސް ޔާމީން
ސަން
ޔާމީން އަބްދުއްރަހީމަށް ފާޑު ވިދާޅުވުން
ސަރުކާރާއި ދެކޮޅަށް ބަޣާވާތްކުރުމުގެ ވިސްނުން އަބްދުއްރަހީމްގެ އެބަ ހުރި - ކުރީގެ ރައީސް ޔާމީން
އެއް މައްސަލަ އެއްގައި އަބްދުއްރަހީމްގެންދަވަނީ އެކިފަހަރު އެކި ގޮތްގޮތަށް ވާހަކަދައްކަވަމުން ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި
އަބްދުއްރަހީމްގެ ކިބައިން ފެނިގެން ދަނީ ދޮގުހެދުމާއި، އޮޅުވާލުމާއި ކަންކަން ސިއްރުކުރުމުގެ ސިފަތައް ކަމަށް އެ މަނިކުފާނު ވިދާޅުވި

ސަރުކާރާއި ދެކޮޅަށް ބަޤާވާތްކުރުމުގެ ވިސްނުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ އެބަ ހުރިކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުރިގެ ރައީސް ޔާމީން ވަނީ ޕީއެންއެފް އިން ބޭއްވި ޖަލްސާ އެއްގައި އަބްދުއްރަހީމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

Advertisement

އަބްދުއްރަހީމްގެ މަޝްވަރާ ހޯއްދަވައިގެން ކުރީގެ ރައީސް ޔާމީން ކަންކަން ކުރެއްވި ކަމަށް ވިދާޅުވާ ވާހަކަފުޅަކީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އަބްދުއްރަހީމްގެ ކިބައިން ފެނިގެން ދަނީ ދޮގުހެދުމާއި، އޮޅުވާލުމާއި ކަންކަން ސިއްރުކުރުމުގެ ސިފަތައް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެފަދަ މީހުން ދައްކާ ވާހަކަތައް ޝަރީއަތުގައި ވެސް ބަލައިނުގަނެވޭނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. މަޖިލީހަކީ ޖީބަށް ލާފަ އޮތް މަޖިލީހެއް ކަމަށް ފާހަގަކުރައްވާ މަޖިލީސް ހިންގާ ގޮތަށް ވެސް އެ މަނިކުފާނު ވަނީ ފާޑު ވިދާޅުވެފައެވެ. އަބްދުއްރަހީމަކީ ދެ މޫނުގެ އަހުލުވެރިއެއްް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އަބްދުއްރަހީމަށް އިތުބާރު ނުކުރެވޭނެ ކަމަށް ފާހަގަކުރައްވާ އަބްދުއްރަހީމް ނުރަނގަޅުކޮށް ކުރައްވާފައިވާ ކަންކަމަށް އަލިއަޅުވާލެއްވިއެވެ. އަބްދުއްރަހީމް އަކީ މުނާފިޤެއް ކަމަށް ވެސް އެ މަނިކުފާނު ވަނީ ސިފަކުރައްވާފައެވެ. މި އަބްދުއްރަހީމް އަކީ ދެ ދުލުގެ އަހުލުވެރިއެއް ކަަމަށާއި އެއް މައްސަލަ އެއްގައި އަބްދުއްރަހީމްގެންދަވަނީ އެކިފަހަރު އެކި ގޮތްގޮތަށް ވާހަކަދައްކަވަމުންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަބްދުއްރަހީމް އުޅުއްވަނީ ވަރަށް ގިނަ ކަންކަން އިނގޭ ކަމަށް ހެދިވަޑައިގެން ކަމަށާއި، ދައުލަތް ހިންގުމުގެ ކަންކަން އަބްދުއްރަހީމާއި ހިއްސާކުރެއްވި ވާހަކަ އަކީ ދޮގެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ފެނިގެން ދަނީ ޅަ ނޫސްވެރިން ކުރާ ސުވާލުތަކަށް ޖަވާބު ނުދެވި އަބްދުއްރަހީމް ރުންކުރުވާ މަންޒަރުކަމަށް ޔާމީން ވިދާޅުވިއެވެ. އެކަން އެހެން ވަނީ އަބްދުއްރަހީމް ދައްކަވަން އުޅުއްވާ ވާހަކައިގައި ބުރަދަނެއް ނެތުމުން ކަމަށް ކުރީގެ ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އެއީ ބައިޕޯލާ މީހުންގެ ކިބައިން ފެންނަ ކަމެއް ކަމަށް ސިފަކުރައްވާ ކުރީގެ ރައީސް ޔާމީން ވަނީ އަބްދުއްރަހީމްގެ ނަފްސާނީ ބަލިމަޑުކަމެއް ހުރިކަމަށް ވެސް ތުހުމަތުކުރައްވާފައެވެ. އެއްވަނަ ދުނިޔޭގެ ވެރިންގެ ކިބައިން މިފަދަ ކަންކަން ފެންނަ ނަމަ އެއީ ފިޔަވަޅު އެޅޭ ކަންކަން ކަމަށް ކުރީގެ ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. ސިކުނޑި ގޯސް ނުވި ނަމަވެސް ހަނދާން ނެތުމުގެ ސިފަ ފެނިގެންދާ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރީގެ ރައީސް އަބްދުﷲ ޔާމީނަށް ޕީއެންސީގެ ޗެއަރމަން އަދި ކުރިން ރައީސް ޔާމީނުގެ އެންމެ އަރިސްކޮށް އުޅުއްވާ އަބްދުއްރަޙީމް ގެންދަވަނީ ތަފާތު އެކި ޕްލެޓްފޯމްތަކުގައި ފާޑު ވިދާޅުވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް