Advertisement
ކ. މާލެ
|
17 އޯގަސްޓް 2024 | ހޮނިހިރު 14:26
އައިޖީއެމްއެޗް
އައިޖީއެމްއެޗް
ސަން އޮންލައިން
ނަރުހެއް މަސްތުވާތަކެތި ބޭނުންކުރާ މައްސަލައެއް
އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ނަރުހެއް މަސްތުވާތަކެތި ބޭނުންކުރާ މައްސަލައެއް ތަހުގީގު ކުރަން ފަށައިފި
މިމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވޭ
މި މައްސަލަ މީގެ ދެހަފްތާ ކުރިން ހުށަހަޅާފައިވޭ

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ނަރުހެއް މަސްތުވާތަކެތި ބޭނުންކުރާ މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ.

ރާއްޖެއެމްވީއަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ނަރުހެއް މަސްތުވާތަކެތި ބޭނުންކުރާ މައްސަލައެއް މީގެ ދެހަފްތާ ކުރިން ހުށަހަޅާފައިވާ ކަމަށާއި، އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅީ އެ ހޮސްޕިޓަލުން ކަމަށެވެ.

މިމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވެއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލަ ފެންމަތިވެ، ހޮސްޕިޓަލުން މިމައްސަލަ ހުށަހަޅާފައިވަނީ އެ ނަރުސްމީހާ މަސްތު ހާލަތުގައި ހުރެ ޑިއުޓީއަށް ނުކުތުމުންނެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެތީގެ މައްސަލަތަކަކީ ރާއްޖޭގައި ހައްލުވެފައިނުވާ ބޮޑު މައްސަލައެކެވެ. ދޭތެރެދޭތެރެއިން މިފަދަ މައްސަލަތައް ފެންމަތިވަމުންްދާއިރު، ބޮޑެތި އޮޕަރޭޝަންތައް ހިންގާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލާގަނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް