ކ. މާލެ
|
17 އޯގަސްޓް 2024 | ހޮނިހިރު 10:49
ނިލަންދޫ އާއި މަގޫދޫ ކުޅުނު މެޗުގެ ތެރެއިން
ނިލަންދޫ އާއި މަގޫދޫ ކުޅުނު މެޗުގެ ތެރެއިން
ދަ ނިއުސް
ފ.އަތޮޅު ވޮލީ މުބާރާތް
ފ.އަތޮޅު ވޮލީ މުބާރާތް: ނިލަންދޫ ފިރިހެން ޓީމާއި މަގޫދޫ އަންހެން ޓީމަށް ވެސް މޮޅެއް
ނިލަންދޫ ފިރިހެން ޓީމުން މަގޫދޫގެ މައްޗަށް ކުރި ހޯދީ ތިން ސެޓު އެއް ސެޓުންނެވެ.

މިހާރު ކުރިއަށްދާ ފ.އަތޮޅު ވޮލީ ބޯޅަ މުބާރާތުގައި ނިލަންދޫ ފިރިހެން ޓީމު ކުޅުނު މެޗުން މޮޅުވީއިރު، މަގޫދޫ އަންހެން ޓީމު ވެސް މޮޅުވެއްޖެ އެވެ.

ފ.މަގޫދޫ އައުޓް ޑޯ ވޮލީ ކޯޓުގައި ހުކުރު ދުވަހުގެ ހަވީރު ނިލަންދޫ ފިރިހެން ޓީމު ނިކުތީ މަގޫދޫ ފިރިހެން ޓީމާ ދެކޮޅަށެވެ. އެ މެޗު ނިލަންދޫ އިން ކާމިޔާބު ކޮށްފައި ވަނީ ތިން ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު ވެސް ކާމިޔާބު ކޮށްފައި ވަނީ ނިލަންދޫ އިންނެވެ. އެއީ ފުރަތަމަ ސެޓު 25-21 އިން އަދި ދެ ވަނަ ސެޓު 29-27 އިންނެވެ. ނަމަވެސް މަގޫދޫ އިން ވަނީ ތިން ވަނަ ސެޓު 23-25 އިން ކާމިޔާބު ކޮށްފަ އެވެ. ހަތަރު ވަނަ ސެޓުގައި ވާދަވެރި ކުޅުމެއް ފެނުނުއިރު، މި ސެޓު ނިލަންދޫ އިން ކާމިޔާބު ކުރީ 28-26 އިންނެވެ.

އަންހެން ޑިވިޝަންގައި ހުކުރު ދުވަހުގެ ރޭ މަގޫދޫ ނިކުތީ ނިލަންދޫއާ ދެކޮޅަށެވެ. އެ މެޗު މަގޫދޫ އިން ވަނީ ސީދާ ތިން ސެޓުން، ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްފަ އެވެ. މެޗުގެ ސެޓުތައް މަގޫދޫ އިން ކާމިޔާބު ކުރީ 25-22، 25-12، އަދި 25-20 އިންނެވެ.

މުބާރާތުގައި ހޮނިހިރު ދުވަހުގެ ހަވީރު އަދި ރޭގަނޑު ވެސް މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

- ކޮމެންޓް