ކ. މާލެ
|
19 އޯގަސްޓް 2024 | ހޯމަ 10:41
ނިލަންދޫ އާއި ދަރަނބޫދޫ ކުޅުނު މެޗުގެ ތެރެއިން
ނިލަންދޫ އާއި ދަރަނބޫދޫ ކުޅުނު މެޗުގެ ތެރެއިން
ދަ ނިއުސް
ފ.އަތޮޅު ވޮލީ މުބާރާތް
ފ.އަތޮޅު ވޮލީ މުބާރާތް: ނިލަންދޫ ފިރިހެން ޓީމު މޮޅުވީއިރު، އަންހެން އެއް ވަނައިގައި ދަރަނބޫދޫ ފައިނަލަށް
އަންހެން ޑިވިޝަންގެ ފައިނަލްގައި ބައްދަލު ކުރާނީ ދަރަނބޫދޫ އާއި މަގޫދޫ އެވެ.

ފ.އަތޮޅު ވޮލީ ބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގައި ނިލަންދޫ އިން ދަރަނބޫދޫއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވީއިރު، އަންހެން ޑިވިޝަންގެ އެއް ވަނައިގައި ދަރަނބޫދޫ ފައިނަލަށް ދަތުރު ކޮށްފި އެވެ.

އާދިއްތަ ދުވަހުގެ ހަވީރު ނިލަންދޫ ފިރިހެން ޓީމު ނިކުތީ ދަރަނބޫދޫއާ ދެކޮޅަށެވެ. ފ.މަގޫދޫ އައުޓް ޑޯ ވޮލީ ކޯޓުގައި ކުޅުނު މެޗު ނިލަންދޫ އިން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ނިލަންދޫ އިން ކާމިޔާބު ކުރީ 25-21، 25-16 އަދި 25-14 އިންނެވެ.

ފިރިހެން ޑިވިޝަންގެ އެއް ވަނައިގައި މިވަގުތު އޮތީ ނިލަންދޫ އެވެ. އެއީ މިހާތަނަށް ކުޅުނު ތިން މެޗުން އަށް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި މަގޫދޫ އަށް އަށް ޕޮއިންޓު ލިބެނީ ހަތަރު މެޗުންނެވެ. ތިން ވަނައިގައި ހަތް ޕޮއިންޓާ އެކު ފީއަލީ އޮތީ ތިން މެޗުންނެވެ.

މުބާޜާތުގެ އަންހެން ޑިވިޝަންގައި އާދިއްތަ ދުވަހުގެ ރޭ ދަރަނބޫދޫ އިން ވަނީ ނިލަންދޫއާ ދެކޮޅަށް ކުޅުނު މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްފަ އެވެ. މެޗުގެ ސެޓުތައް ދަރަނބޫދޫ އިން ކާމިޔާބު ކުރީ 25-9، 25-10 އަދި 25-13 އިންނެވެ.

ނަތީޖާ އާއެކު ދަރަނބޫދޫ އިން ވަނީ އެއް ވަނައިގައި ފައިނަލްގެ ޖާގަ ހޯދައިފަ އެވެ. އެއީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި މަގޫދޫ އަށް ލިބެނީ ނުވަ ޕޮއިންޓެވެ. ތިން ވަނައިގައި ފީއައްޔަށް ފަސް ޕޮއިންޓު ލިބެނީ ތިން މެޗުންނެވެ. އެހެންވެ، އަންހެން ޑިވިޝަންގެ ފައިނަލްގައި ބައްދަލު ކުރާނީ ދަރަނބޫދޫ އާއި މަގޫދޫ އެވެ.

- ކޮމެންޓް