ކ. މާލެ
|
22 އޯގަސްޓް 2024 | ބުރާސްފަތި 11:21
މަގޫދޫ އިން ޗެމްޕިއަން ތައްޓާއެކު
މަގޫދޫ އިން ޗެމްޕިއަން ތައްޓާއެކު
ދަ ނިއުސް
ފ.އަތޮޅު ވޮލީ މުބާރާތް
ފ.އަތޮޅު ވޮލީ މުބާރާތް: ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން މަގޫދޫ އަށް
ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނު މެޗު މަގޫދޫ އިން ކާމިޔާބު ކުރީ ތިން ސެޓު ދެ ސެޓުންނެވެ.

ފ.އަތޮޅު ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ. ފ.އަތޮޅު ވޮލީ ބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން މަގޫދޫ އިން ހޯދައިފި އެވެ.

މަގޫދޫ އިން ޗެމްޕިއަންކަން ހޯދީ ބުދަ ދުވަހުގެ ހަވީރު ކުޅުނު ފައިނަލް މެޗުގައި ފީއަލީގެ މައްޗަށް ކުރި ހޯދައިގެންނެވެ. މަގޫދޫ އައުޓް ޑޯ ވޮލީ ކޯޓުގައި ކުޅުނު މެޗު މަގޫދޫ އިން ކާމިޔާބު ކުރީ ތިން ސެޓު ދެ ސެޓުންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނު މެޗުގެ ފުރަތަމަ ސެޓު ފީއަލީން ކާމިޔާބު ކުރީ 25-20 އިންނެވެ. ވާދަވެރި ކުޅުމަކަށްފަހު މަގޫދޫ އިން ވަނީ 22-25 އިން ދެ ވަނަ ސެޓު ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ ދެ ސެޓާ ޚިލާފަށް ތިން ވަނަ ސެޓުގައި ފީއަލީން ވަނީ ލީޑުގައި އޮވެ ކުޅެފަ އެވެ. އެ ޓީމުން ތިން ވަނަ ސެޓު ކާމިޔާބު ކުރީ 25-15 އިންނެވެ. ރަނގަޅު ލީޑެއްގައި އޮވެ ޖެހިގެން ކުޅުނު ހަތަރު ވަނަ ސެޓު މަގޫދޫ އިން ކާމިޔާބު ކުރީ 19-25 އިންނެވެ. ނަތީޖާ ނެރުމަށް ކުޅުނު ފަސް ވަނަ ސެޓު މަގޫދޫ އިން ކާމިޔާބު ކުރީ 8-15 އިންނެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ފީއަލީ ޓީމުގެ އާޒިމް މުޙައްމަދު، އާލިމް އިބްރާހީމް، ޢަބްދުﷲ ޝަރީފް، މަގޫދޫގެ މުޙައްމަދު އަރީފް، ނިލަންދޫގެ އިބްރާހީމް އަތޫފް އަދި އަލީ ޞަބާޙު އެވެ. ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ފީއަލީގެ އާޒިމް ހޮވުނުއިރު، އެންމެ މޮޅު ލިބަރޯ އަކަށް ހޮވުނީ އެ ޓީމުގެ އަޙުމަދު ޝަރީފް އެވެ. މި ޑިވިޝަންގެ އުންމީދީ ކުޅުންތެރިޔަކަށް ނިލަންދޫގެ އަޙުމަދު ޒިމާމް ޝަރީފް ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޗެމްޕިއަން މަގޫދޫގެ ކޯޗު ޙަސަން ޝިޔާމް އެވެ.

- ކޮމެންޓް