ކ. މާލެ
|
16 އޯގަސްޓް 2024 | ހުކުރު 07:08
އިޒްރޭލް ސިފައިން ބޮންއަޅާ ފަލަސްތީނުގެ ބަޔަކު ޝަހީދުކޮށްލުމާ ގުޅިގެން އާއިލާއިން ހިތާމަ ކުރަނީ
އިޒްރޭލް ސިފައިން ބޮންއަޅާ ފަލަސްތީނުގެ ބަޔަކު ޝަހީދުކޮށްލުމާ ގުޅިގެން އާއިލާއިން ހިތާމަ ކުރަނީ
އޭއެފްޕީ
ޣައްޒާ ހަނގުރާމަ
ޣައްޒާ ސިޓީ އަށާއި ޖަބާލިއާ ކޭމްޕަށް އިޒްރޭލު ސިފައިން ހަމަލާދީ އެތައް ބަޔަކު ޝަހީދު ކޮށްލައިފި
އިސްރާއީލުން ޣައްޒާއަށް އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެމުންދާ ހަމަލާތަކުގައި މަދުވެގެން 40,005 މީހުން މަރުވެ، 92,401 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ވަނީ ހާމަ ކޮށްފައެވެ.
ޚަބަރުގެ އޯޑިއޯ

އުތުރު ޣައްޒާގެ ޖަބާލިޔާ ރެފިއުޖީ ކޭމްޕުގެ އެޕާޓްމަންޓަކަށް އިސްރާއީލުން ހުކުރުވިލޭރެ ދިން ހަމަލާއެއްގައި ކުޑަކުދިން ހިމެނޭގޮތަށް ފަލަސްޠީނުގެ އެތައް ބަޔަކު ޝަހީދުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނެފައިވެއެވެ.

އޭގެ އިތުރުން އިސްރާއީލުގެ ސިފައިން ޣައްޒާ ސިޓީގެ ގެއަކަށް ހުކުރުވިލޭރޭ ބޮންއަޅައި، މަދުވެގެން ދެމީހަކު ޝަހީދު ކޮށްލައިފި ކަމަށް ވެސް ލޯކަލް މީޑިއާތަކުން ބުނެފައިވެއެވެ. ދަރާޖް ސަރަހައްދުގެ ޝަވާ ސްކުއެއަރ ސަރަހައްދުގައި ހިންގި މި ހަމަލާގައި އިތުރު އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.

ޤަޠަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާޖިދް އަލް-އަންސާރީ ވިދާޅުވެފައިވަނީ ޣައްޒާގެ ހަނގުރާމަ ހުއްޓުވޭތޯ ކުރިއަށްދާ މަޝްވަރާތައް ހުކުރު ދުވަހު އަލުން ފެށޭނެ ކަމަށެވެ.

ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް ޤަޠަރު، މިސްރު އަދި އެމެރިކާގެ މަންދޫބުން ބުރާސްފަތި ދުވަހު ކުރި މަޝްވަރާތައް "ބިނާކުރަނިވި" ގޮތެއްގައި ކުރިއަށް ދިޔަ ކަމަށް އެމެރިކާގެ އޮފިޝަލެއް ރޮއިޓަރސް ނިއުސް އޭޖެންސީއަށް މަޝްވަރާ ތަކާ ބެހޭ ގޮތުން މައުލޫމާތު ދެމުން ބުނެފައިވެއެވެ.

އިސްރާއީލުން ޣައްޒާއަށް އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެމުންދާ ހަމަލާތަކުގައި މަދުވެގެން 40,005 މީހުން މަރުވެ، 92,401 މީހުން ޒަޚަމްވެފައިވާ ކަމަށް ގާޒާގެ ހެލްތް މިނިސްޓްރީން ވަނީ ހާމަ ކޮށްފައެވެ.

- ކޮމެންޓް