ކ. މާލެ
|
15 އޯގަސްޓް 2024 | ބުރާސްފަތި 00:12
ބުރޫނޯ ފެނާންޑޭޒް އައު ކޮންޓްރެކްޓްގައި ސޮއިކުރަނީ
ބުރޫނޯ ފެނާންޑޭޒް އައު ކޮންޓްރެކްޓްގައި ސޮއިކުރަނީ
ޑެއިލީ މެއިލް
މެންޗެސްޓާ ޔުނައިޓެޑް
ހިތް އޮތީ ޔުނައިޓެޑްގައި، އަދި މާމޮޅަށް ކުޅޭނަން: ބުރޯނޯ ފެނާންޑޭޒް
އޭނާ ސޮއިކުރި ތިން އަހަރުގެ އެއްބަސްވުމާއެކު 2027 ވަނަ އަހަރުގެ ނިޔަލަށް ފެނާންޑޭޒް ހުންނާނީ ޔުނައިޓެޑްގަ އެވެ.

އައު ކޮންޓްރެކްޓްގައި ސޮއިކުރި މައިގަނޑު ސަބަބަކީ އޭނާގެ ހިތް ދެވިފައިވަނީ މެންޗެސްޓާ ޔުނައިޓެޑަށް ކަމުގައިވާތީ ކަމަށް ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ބުނެފި އެވެ.

އޭނާ ސޮއިކުރި ތިން އަހަރުގެ އެއްބަސްވުމާއެކު 2027 ވަނަ އަހަރުގެ ނިޔަލަށް ފެނާންޑޭޒް ހުންނާނީ ޔުނައިޓެޑްގަ އެވެ. އަދި ދެ ފަރާތުން ބޭނުންވެއްޖެނަމަ އިތުރު އަހަރަކު މަޑުކުރުމުގެ އިހްތިތާރު ވެސް ވަނީ ދީފަ އެވެ.

ޔުނައިޓެޑްގައި ފެނާންޑޭޒް މަޑުކުރާނެ ކަމާމެދު ސުވާލު އުފެދިފައިވަނިކޮށް ކޮންޓްރެކްޓް އާކުރުމަށްފަހު ޕޯޗުގަލްގެ މިޑްފީލްޑަރު ބުނީ ޔުނައިޓެޑްގައި އޭނަ އަދި މާމޮޅަށް ކުޅޭނެ ކަމަށެވެ. އައު ކޮންޓްރެކްޓްގައި ސޮއިކުރީ ކުލަބުގެ މެނޭޖްމަންޓާއި ކޯޗިން ޓީމުގެ އިތުބާރު އޭނާ އަށް އޮތްކަން ޔަގީންވެފައި ޔުނައިޓެޑް ދަތުރުކުރަމުންދާ މިސްރާބު ވެސް ރަނގަޅު ވުމުން ކަމަށެވެ.

"އަހަރެން ޔުނައިޓެޑްގެ މި ޕްރޮޖެކްޓަށް ފުރިހަމަ އަށް އިތުބާރުކުރަން. ކުލަބު ދަނީ ރަނގަޅު މަގުން. އަދި ކުލަބާމެދު އަހަރެންނަށް ވަރަށް ބޮޑު ޔަގީންކަމެއް އޮބައޮތް މިއީ ތަށިތަކެއް ހޯދާނެ ޓީމެއް ކަމަށް. އަހަރެން ކޯޗާ ވާހަކަ ދެއްކިން. އަހަރެންގެ މި ކުލަބުގައި އަދި މާމޮޅަށް ކުޅޭނެ ދުވަސްތައް އޮތީ ކުރިއަށް،"
މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ފެނާންޑޭޒް ބުންޏެވެ.

އޭނާ ބުނީ ޔުނައިޓެޑްގެ އައު މެނޭޖްމަންޓުން އޭނާއަށް ހުށަހެޅީ ވަރަށް ފުރިހަމަ ކޮންޓްރެކްޓެއް ކަމަށެވެ. އަދި ޔުނައިޓެޑް ކަހަލަ ކާމިޔާބު ތާރީހެއް އޮތް ކުލަބެއްގައި ހާއްސަކޮށް ކެޕްޓަން ބޭންޑާއެކު ކުޅޭއިރު ފާޑުކިއުން އަމާޒުވާނެ ކަމަށާއި ޕްރެޝަރު ވެސް ކުރިމަތިވާނެކަން އެނގޭ ކަމަށެވެ. މިހެންވެ އަންނަ ފާޑުކިއުންތަކަށް ނުބަލައި އޭނާ ދާނީ ކުރިއަށް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް