ކ. މާލެ
|
12 އޯގަސްޓް 2024 | ހޯމަ 13:32
މަގޫދޫ އާއި ދަރަނބޫދޫ ކުޅުނު މެޗުގެ ތެރެއިން
މަގޫދޫ އާއި ދަރަނބޫދޫ ކުޅުނު މެޗުގެ ތެރެއިން
ދަ ނިއުސް
ފ.އަތޮޅު ވޮލީ މުބާރާތް
ފ.އަތޮޅު ވޮލީ މުބާރާތް: މަގޫދޫ އާއި ދަރަނބޫދޫގެ ފެށުން ވެސް ރަނގަޅު
ފިރިހެން ޑިވިޝަންގެ މެޗު މަގޫދޫ އިން ސީދާ ތިން ސެޓުން ކާމިޔާބު ކުރިއިރު، އަންހެން ޑިވިޝަންގެ މެޗު ދަރަނބޫދޫ އިން ކާމިޔާބު ކުރީ ތިން ސެޓު އެއް ސެޓުންނެވެ.

މިހާރު ކުރިއަށްދާ ފ.އަތޮޅު ވޮލީ މުބާރާތުގައި މަގޫދޫ އާއި ދަރަނބޫދޫ ކުޅުނު ފުރަތަމަ މެޗުން މޮޅުވެ، އެ ދެ ޓީމު ވެސް މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

ފ.މަގުދޫ އައުޓް ޑޯ ވޮލީ ކޯޓުގައި އާދިއްތަ ދުވަހުގެ ހަވީރު ބައްދަލު ކުރީ ފިރިހެން ޑިވިޝަންގައި މަގޫދޫ އާއި ދަރަނބޫދޫ އެވެ. އެ މެޗު މަގޫދޫ އިން ކާމިޔާބު ކޮށްފައި ވަނީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް މަގޫދޫ އިން ކާމިޔާބު ކޮށްފައި ވަނީ 26-24، 25-22 އަދި 25-17 އިންނެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގައި އާދިއްތަ ދުވަހުގެ ރޭ ބައްދަލު ކުރީ ވެސް މަގޫދޫ އާއި ދަރަނބޫދޫ އެވެ. އެ މެޗު ސީދާ ތިން ސެޓު އެެއް ސެޓުން ކާމިޔާބު ކޮށްފައި ވަނީ ދަރަނބޫދޫ އެވެ. އެއީ މެޗުގެ ފުރަތަމަ ސެޓު މަގޫދޫ އިން ކާމިޔާބު ކޮށްފައި ވަނިކޮށެވެ. މަގޫދޫ އިން ފުރަތަމަ ސެޓު ކާމިޔާބު ކުރީ 25-21 އިންނެވެ. ނަމަވެސް ދަރަނބޫދޫ އިން ވަނީ ޖެހިގެން ކުޅުނު ތިން ސެޓު ވެސް ކާމިޔާބު ކޮށްފަ އެވެ. އެއީ 23-25، 17-25 އަދި 16-25 އިންނެވެ.

ފ.އަތޮޅު ކައުންސިލުން އިސް ނަަގައިގެން އެ އަތޮޅުގެ ރަށްތަކުގެ މެދުގައި ބާއްވަމުން އަންނަ މުބާރާތުގައި ހޯމަ ދުވަހުގެ ހަވީރު އާއި ރޭގަނޑު ވެސް މެޗުތައް އޮންނާނެ އެވެ.

- ކޮމެންޓް