Advertisement
ކ. މާލެ
|
4 އޯގަސްޓް 2024 | އާދީއްތަ 14:02
ފުލުހެއްގެ ސައިކަލަކަށް ގެއްލުންދީ އިތުރު ފުލުހެއްގެ ސައިކަލު ރޯކޮށްލި މައްސަލައިގެ ތަޙްގީގަށް ހައްޔަރުކޮށްފައިވާ 2 މީހުން
ފުލުހެއްގެ ސައިކަލަކަށް ގެއްލުންދީ އިތުރު ފުލުހެއްގެ ސައިކަލު ރޯކޮށްލި މައްސަލައިގެ ތަޙްގީގަށް ހައްޔަރުކޮށްފައިވާ 2 މީހުން
ޕޮލިސް
ހެނބަދޫގައި ފުލުހެއްގެ ސައިކަލު ރޯކޮށްލުން
ހެނބަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލަ އާއި ގުޅޭ މީހުންގެ ވަނަވަރު ހާމަކޮށްފި
އެމީހުން ހައްޔަރު ކޮށްފައިވަނީ އާދިއްތަ ދުވަހު ކޯޓު އަމުރެއްގެ ދަށުން
ފުލުހުންގެ އާއިލާތަކާއި މުދަލަށް ގެއްލުންދޭނެ ކަމަށްބުނެ އިންޒާރުދީފައިވޭ

ނ.ހެނބަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލަ އާއި ގުޅިގެން ދެމީހެއްގެ ވަނަވަރު ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފިއެވެ.

ނ.ހެނބަދޫގައި 2 ފުލުހެއްގެ ސައިކަލަށް ގެއްލުންދިންކަން ފުލުހުން ހާމަކުރީ އޮގަސްޓް މަހުގެ 2 ވަނަ ދުވަހުއެވެ.

ފުލުހުން ވަނީ ނ.ހެނބަދޫ ޕޮލިސް ޕޯސްޓްގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އާއިލާތަކާއި މުދަލަށް ގެއްލުންދޭނެ ކަމަށްބުނެ އިންޒާރުދީ، ފުލުހެއްގެ ސައިކަލަކަށް ގެއްލުންދީ އިތުރު ފުލުހެއްގެ ސައިކަލު ރޯކޮށްލި މައްސަލައިގެ ތަޙްގީގަށް ހައްޔަރުކޮށްފައިވާ 2 މީހުންގެ ވަނަވަރު ހާމަކޮށްފައެވެ. އެމީހުން ހައްޔަރު ކޮށްފައިވަނީ އާދިއްތަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

Advertisement

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ސެލްވިޔޯ، ނ ހެނބަދޫ އިލްޔާސް އިބްރާހިމް (33އ) އަދި ހުދުތަރި ނ ހެނބަދޫ (33އ) މުޙައްމަދު އިރުޝާދުއެވެ.

ނ. ހެނބަދޫގައި 2 ފުލުހެއްގެ ސައިކަލަށް ގެއްލުންދީފައިވަނީ އޮގަސްޓް މަހުގެ 1 ވަނަ ދުވަހާއި އެ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް