ލުބުނާން ގައި ތިބި އިނގިރޭސި ވިލާތުގެ ރައްޔިތުންނަށާއި އެމެރިކާގެ ރައްޔިތުނަނަށް ލުބުނާނުން ހަމަ މިހާރު ފުރުމަށް އެ ގައުމުތަކުގެ ސަރުކާރު ތަކުން އަންގައިފިއެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތުން އެ ގައުމުތަކުގެ ރައްޔިތުންނަށް ލުބުނާން ދޫކޮށް ދިއުމަށް އެންގި އިރު ލުބުނާންގެ ހިޒްބުﷲ އާއި އިޒްރޭލާ ދެމެދު މައްސަލަ ހޫނުވެ، ހަނގުރާމަ އެއް ފެށިދާނެ ކަމުގެ ނުތަނަވަސްކަން ވަނީ މި ދަނޑިވަޅުގައި ވަރަށް ބޮޑު ވެފައެވެ.
އިނގިރޭސި ވިލާތުގެ ޚާރިޖީ ވަޒީރު ޑޭވިޑް ލެވީ ނެރުއްވި ބާނެއްގައި މަސްރަހް ވަނީ ނުތަނަވަސް ކަމުގެ ތެރޭގައި ކަމަށާއި ހާލަތު އިތުރަށް ގޯސްވެގެން ހަލުއި ކަމާއެކު ހިނގައިދާނެ ކަމަށް ވިދާޅުވެފައިވެއެވެ. އެހެން ކަމުން އިނގިރޭސި ވިލާތުގެ ރައްޔިތުންނަށް އޭނާ ދެއްވަން އޮތް މެސެޖް ސާފު ކަމަށާއި އެއީ ހަމަ މިހާރު ލުބުނާން ދޫކޮށް ދިއުން ކަމަށް ލެވީ ވިދާޅުވެފައިވެއެވެ.
ލުބްނާން ގައި ހުންނަ އެމެރިކާގެ އެމްބަސީ އިން ވަނީ ލުބުނާނުގައި ތިބި އެމެރިކާ ރައްޔިތުން "ނެގުނު ގޮތަކަށް ޓިކެޓް ނަގައިގެން" ލުބުނާނުން ފުރުމަށް އަންގާފައެވެ.
އެމެރިކާ އެމްބަސީގެ ބަޔާނުގައި ލުބުނާނަށް ދަތުރު ކުރާ އެއަރލައިން ތަކުގެ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލުމާއި ކެންސަލް ކުރަމުން ދިޔަ ކަމުގައި ވިޔަސް އަދިވެސް ލުބުނާނުން ކޮމާޝަލް ފްލައިޓްތަކުގައި ދަތުރު ކުރުމުގެ ފުރުސަތު އޮތް ކަމަށްވެސް ބުނެފައިވެއެވެ.
ހިޒްބުﷲ ގެ އިސްކޮމާންޑަރެއް ކަމަށްވާ ފުއާދު ޝުކްރު އިޒްރޭލުން ހަމަލާދީ ޝަހީދު ކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލަށް ހަމަލާ ދޭނެ ކަމަށް ހިޒްބުﷲ އިން ވަނީ ވައުދުވެފައެވެ.