Advertisement
ކ. މާލެ
|
3 އޯގަސްޓް 2024 | ހޮނިހިރު 13:13
އައްޑޫސިޓީ - މި ޙާދިސާގައި ސައިކަލު ދުއްވީ 23 އަހަރުގެ ދިވެހި ފިރިހެނެއް
އައްޑޫސިޓީ - މި ޙާދިސާގައި ސައިކަލު ދުއްވީ 23 އަހަރުގެ ދިވެހި ފިރިހެނެއް
އައްޑޫ ސިޓީ ކައުންސިލް
އައްޑޫ އެކްސިޑެންޓު
އައްޑޫގައި ސައިކަލެއް ވެލި ފުންޏެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފި
މަގު ކޮނެފައިވާ ހިސާބުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ވެލިފުންޏަކަށް އެެރި
މި ޙާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ބަލަމުން

އައްޑޫގައި ސައިކަލެއް ވެލި ފުންޏެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، އެކްސިޑެންޓު ހިނގާފައިވަނީ ހުކުރު ދުވަހުގެރޭ 23:49 ހާއިރު ކަމަށެވެ. އެކްސިޑެންޓު ހިނގަން މެދުވެރިވީ އައްޑޫގައި ފެން ހިންދާ ނިޒާމު ޤާއިމު ކުރުމަށް މަގު ކޮނެފައިވާ ހިސާބުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ވެލިފުންޏަކަށް އެެރުމުގެ ސަބަބުން ކަމަށެވެ.

Advertisement

މި ޙާދިސާގައި ސައިކަލު ދުއްވި 23 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އަނިޔާވެގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާއިރު، އިތުރު ފަރުވާއަށް އޭނާ ގެންނަނީ މާލެއަށެވެ.

މި ޙާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ބަލަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް