Advertisement
ކ. މާލެ
|
30 ޖުލައި 2024 | އަންގާރަ 11:35
އިލެކްޝަންސް ކޮމިޝަން (އީސީގެ) ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބު
އިލެކްޝަންސް ކޮމިޝަން (އީސީގެ) ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބު
ޝުއައިބް މުހައްމަދު އިގްބާލް
އެޗްއާރުސީއެމްގެ މެންބަރުކަން
އެޗްއާރުސީއެމްގެ މެމްބަރުކަމަށް އީސީގެ ކުރީގެ ނައިބު ރައީސް ހަބީބު އައްޔަނުކުރަން ކޮމިޓީން ފާސްކޮށްފި
ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި ސިޓީ މަޖިލީހުން ބެލުމަށްފަހު، ކޮމިޓީއަށް ފޮނުވައި ކޮމިޓީން އިންޓަވިއު ކުރި
އެގޮތަށް ފާސްކޮށްފައިވަނީ އަންގާރަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުން
ޚަބަރުގެ އޯޑިއޯ

އެޗްއާރުސީއެމްގެ މެމްބަރުކަމަށް އިލެކްޝަންސް ކޮމިޝަން (އީސީގެ) ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބު އައްޔަނު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން އެގޮތަށް ފާސްކޮށްފައިވަނީ އަންގާރަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުންނެވެ.

Advertisement

އެ މަޤާމަށް ހަބީބު އައްޔަނު ކޮށްފައިވަނީ ހަބީބަށް ރުހުން އޮތްތޯ ބެއްލެވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި ސިޓީ މަޖިލީހުން ބެލުމަށްފަހު، ކޮމިޓީއަށް ފޮނުވައި ކޮމިޓީން އިންޓަވިއު ކޮށްގެންނެވެ.

އެޗްއާރުސީއެމްގެ މެމްބަރު ކަމުގެ މަޤާމު ހުސްވެފައިވަނީ އެ ކޮމިޝަނުގެ ނައިބު ރައީސް ޑރ. އަހުމަދު އަދުހަމް އަބްދުالله އިސްތިއުފާ ދެއްވުމުމާއި ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް