Advertisement
ކ. މާލެ
|
29 ޖުލައި 2024 | ހޯމަ 19:16
ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ
ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ
ރައްޔިތުންގެ މަޖިލިސް
އީމެއިލްތަކެއް ޑިލީޓްކުރި މައްސަލަ
ކުރީގެ އެޑިއުކޭޝަން މިނިސްޓަރުގެ ރަސްމީ އީ-މެއިލްގައި ހުރި މެއިލްތައް ޑިލީޓް ކުރި މައްސަލައެއް ފުލުހުން ބަލަނީ
ކުރީގެ މިނިސްޓަރުގެ އީމެއިލްއަށް ހޯމަ ދުވަހުގެ މެންދުރު ވަނީ ލޮގިންވެފައި
ފުލުހުން ބުނަނީ މެއިލްތައް ޑިލީޓްކޮށްލާފައިވަނީ 2023 ވަނަ އަހަރު ކަމަށް
ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބެއް ނުލިބޭ، މައްސަލަ ދަނީ ތަހުގީގުކުރަމުން

ކާކުކަން ނޭނގޭ ގޮތަށް، ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ ރަސްމީ އީމެއިލްއަށް ހޯމަ ދުވަހު ކުއްލިގޮތަކަށް ލޮގިންވުމަށްފަހު، އޭގެ އިރުކޮޅެއްފަހުން މެއިލްތައް ޑިލީޓްކުރިކަމަށް ބުނާ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ހޯމަ ދުވަހުގެ ހަވީރު 5:03 ހާއިރު މީޑިއާ ގްރޫއްޕަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ބޭނުންކުރައްވަމުން ގެންދެވި ރަސްމީ އީ-މެއިލްގައިވާ ހުރިހާ މެއިލްއެއް 2023 ވަނަ އަހަރުގެ ތެރޭގައި ޑިލީޓްކޮށްލާފައިވާ މައްސަލަ ތަހުގީގުކޮށްދެއްވުމަށް އެދި ޖުލައި މަހުގެ 25 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ކޮން އެޑިއުކޭޝަން މިނިސްޓަރެއްކަމެއް ފުލުހުންގެ މެސެޖުގައި ޖަހާފައި ނެތް ނަމަވެސް ފުލުހުންނާއި އެތައް ސުވާލެއް ކުރެވުނު ފަހުން ބުނެފައިވަނީ އެއީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ކަމަށެވެ. އަދި މައްސަލަ ހުށަހަޅާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން ކަމަށެވެ.

Advertisement

ހޯމަ ދުވަހު ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިނިސްޓްރީގައި ބޭނުންކުރެއްވި ރަސްމީ އީމެއިލްއިން ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ލޮގިންވާން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެ މެއިލް އަަކީ 17 ނޮވެމްބަރު 2023 ވަނަ ދުވަހުން ފެށިގެން ޑީއެކްޓިވޭޓް ކޮށްފައިވާ އީމެއިލްއެއް ކަމަށެވެ. އަދި އެ މެއިލްއިން މެއިލްއެއް 17 ނޮވެމްބަރު 2023 ގެ ފަހުން ގޮސްފައިވާނަމަ އެއީ އޭނާ ނޫންކަމަށްވެސް އައިޝަތު އަލީ ވަނީ ޕޯސްޓުގައި ލިޔުއްވާފައެވެ.

2023 ވަނަ އަހަރު ހުރިހާ މެއިލްއެއް ޑިލީޓްކުރެއްވި ކަމަށް ފުލުހުން ބުނެފައިވާއިރު، މެއިލް ޑިލީޓްކުރެއްވި ތާރީހެއް ނުބުނެއެވެ. މިކަމާއި ގުޅިގެން ފުލުހުންގެ އެތައް ސުވާލެއް އަމާޒުވިނަމަވެސް އެ ސުވާލުތަކަށް ފުލުހުން ޖަވާބެއް ނުދެއެވެ.

Advertisement

Advertisement
- ކޮމެންޓް