ކ. މާލެ
|
12 އޯގަސްޓް 2017 | ހޮނިހިރު 00:57
އަދާލަތު ޕާޓީގެ ނައިބު ރައީސް އަލްއުސްތާޒް އަލީ ޒާހިރު
އަދާލަތު ޕާޓީގެ ނައިބު ރައީސް އަލްއުސްތާޒް އަލީ ޒާހިރު
ރާއްޖެއެމްވީ
ގުޅިފައިވާ ސިޔާސީ ޕާޓީ
އަޅުގަނޑުމެން ވަކި މީހަކަށް ތާއީދު ނުކުރާތީ ތަފާތު ކުރެވިގެން ނުވާނެ: އަލީ ޒާހިރު
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދާ އިހުތިޖާޖުތަކަށް ހުރިހާ ފަރާތްތަކުން އެއްބާރުލުން ދޭންޖެހޭނެ
ރައްޔިތުންގެ މަޖިލީހުގައި ތަޅު އެޅުވިފައި އޮތުމަކީ ބަލައިގަނެވޭނެ ނޫން
ދިވެހި ރައްޔިތުން ޤާނޫނު އަސާސީގެ ދިފާއުގައި އަޑު އުފުލަން ޖެހޭނެ

ވަކި މީހަކަށް ތާއީދު ނުކުރާތީ ތަފާތު ކުރެވިގެން ނުވާނެ ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލްއުސްތާޒް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން "ރައްޔިތުންގެ ބަދަލު" ނަމުގައި ކުރިއަށް ގެންދިޔަ އެއްވުމުގައި ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ ދިވެހި ރައްޔިތުން ޤާނޫނު އަސާސީގެ ދިފާއުގައި އަޑު އުފުލަން ޖެހޭނެ ކަމަށާއި ރައްޔިތުންގެ ރައުސުމާލުން މިލިއަނުން ބިލިއަނުން ވައްކަން ކުރަމުންދާ މަންޒަރު ފެނިގެންދާ ކަމަށެވެ. އަދި މިކަހަލަ ކަންތައްތަކާއި ދެކޮޅަށް ރައްޔިތުން އަޑު އުފުލުން ހުއްޓާ ނުލާނެ ކަމަށް ވިދާޅުވިއެވެ. 

ސުލްހަވެރިކަމާއި އެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދާ އިހުތިޖާޖުތަކަށް ހުރިހާ ފަރާތްތަކުން އެއްބާރުލުން ދޭންޖެހޭނެ ކަމަށް ފާހަގަކޮށް އަލީ ޒާހިރު ވިދާޅުވީ މިއަދު ރަސްފަންނުގައި ބޭއްވުނު ހަރަކާތެއްގެ ސަލާމަތީ ކަންތައްތައް ފުލުހުން ފަޙްރުވެރިކަމާއިއެކު ބެލެހެއްޓި ވާހަކަ ޓުވީޓު ކުރައްވާފައިވާ ކަމަށާއި ހަމަ އެފަދައިން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ފުލުހުން ކިބައިން އެދިވަޑައިގަންނަވާ  ކަމަށެވެ.

"އަޅުގަނޑުމެންނާއި ތިބޭފުޅުންގެ އެއްވެސް ދުޝްމަނު ކަމެއް ނެތް. ދެކޮޅުވެރިކަމެއް ނެތް. އަޅުގަނޑުމެންގެ ތެރެއިންވާ ބައެއް ތިބޭފުޅުންނަކީ. އެހެންވީމަ އަޅުގަނޑުމެންގެ މަސައްކަތަށް ތިބޭފުޅުން އެއްބާރުލުން ދެއްވަން ޖެހޭ. އަޅުގަނޑުމެންނަކީ ވެސް ދިވެހި ރައްޔިތުން. އަޅުގަނޑުމެންގެ ވެސް އޮތީ އެހެން މީހުންގެ އޮންނަ އައިޑީ ކާޑު. އެހެންވީމަ އަޅުގަނޑުމެން ތެރޭގައި ތަފާތު ކުރެވިގެން ނުވާނެ. އަލީ ޒާހިރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ތަޅު އެޅުވިފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ. އަދި ދިވެހި ރައްޔިތުންނަށް ބޭނުންވާ ޤާނޫނުތައް ގެނައުމަށާއި ރައްޔިތުންނާއި މެދު ނާއިންސާފު ފާސްކޮށްފައިވާ ޤާނޫނުތައް އިސްލާހު ކުރުމަށް މަޖިލިސް ހުޅުވެން ޖެހޭނެ ކަމަށް އަލީޒާހިރު ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިތުބާރު ގެއްލި އެމަނިކުފާނު ފެއިލްވެފައި ކަމަށާއި ރައްޔިތުން ބޭނުންވާ ފަދަ ރައީސް އެއް ރައްޔިތުން މަޖިލީހަށް އިންތިޙާބް ކުރައްވާނެ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

ކޯޓްތަކާއި ޖުޑިޝަރީއަށް އިންޒާރުދީ ހެދިކަމުގައި ވިޔަސް ފަހަތަށް ނުޖެހޭނެ ކަމަށާއި ހުރިހާ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް އަލީ ޒާހިރު ވަނީ ގޮވާލާފައެވެ.   

  

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް