ކ. މާލެ
|
9 ޖުލައި 2024 | އަންގާރަ 17:38
ކޮރަޕްޝަނުގެ ހިރާސް ވަޒަންކުރުމަށް ހާއްސަކުރެވިފައިވާ "ހިންމި" ޕްލެޓްފޯމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ކޮރަޕްޝަނުގެ ހިރާސް ވަޒަންކުރުމަށް ހާއްސަކުރެވިފައިވާ "ހިންމި" ޕްލެޓްފޯމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
"ހިންމި" ޕްލެޓްފޯމް
ކޮރަޕްޝަނުގެ ހިރާސް ވަޒަންކުރުމަށް ހާއްސަކޮށްފައިވާ "ހިންމި" ޕްލެޓްފޯމް އިފްތިތާހު ކޮށްފި
އިދާރާތަކުން ފުރިހަމަކުރާ ކަންކަމުގައި ހިމަނައި މައުލޫމާތުގެ ސިއްރުކަން ހިފަހައްޓައި ދެވޭގޮތަށް ވަކި ލޮގްއިންއަކުން އިދާރާތައް ރަޖިސްޓްރީ ކުރެވިގެންދާނެ
ކޮރަޕްޝަންގެ ހިރާސް އިދާރާތަކުގައި އޮތް މިންވަރު އެ އިދާރާއަކުން އަމިއްލައަށް ދެނެގަނެވޭނެ

ކޮރަޕްޝަނުގެ ހިރާސް ވަޒަންކުރުމަށް ހާއްސަކުރެވިފައިވާ "ހިންމި" ޕްލެޓްފޯމް އިފްތިތާހު ކޮށްފިއެވެ.

މި ޕްލެޓްފޯމް އިފްތިތާހް ކޮށްދެއްވީ، އުމަރު ޒާހިރު އޮފީސް ބިލްޑިންގައި ބޭއްވުނު އެންޓި ކޮރަޕްޝަން ކޮމިޝަންގެ "ހިންމި" ޕްލެޓްފޯމް އިފްތިތާހުކުރުމުގެ އަދި މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފެވެ.

މި ޕްލެޓްފޯމްގައި ކޮރަޕްޝަންގެ ހިރާސް އިދާރާތަކުގައި އޮތް މިންވަރު އެ އިދާރާއަކުން އަމިއްލައަށް ދެނެގަނެ ވަޒަންކުރުމަށް ބޭނުންވާނެ މަޢުލޫމާތާއި އެފަދަ އެސެސްމެންޓެއް ހިންގުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އިރުޝާދާއި ލަފާ ހިމަނާފައިވެއެވެ. އިދާރާއެއްގެ ތެރޭގައި ކޮރަޕްޝަނަށް ހުރި ހިރާސްތައް ދެނެގަނެ އެ ފުރުސަތުތައް ނައްތާލުމަށް މަސައްކަތްކުރެވޭނެ ގޮތުގެ މަގުދައްކައިދޭ ޓޫލްކިޓް ހިމެނޭ މި ޕްލެޓްފޯމްގެ މަގުސަދަކީ ދައުލަތުގެ އިދާރާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގައި ދެފުށްފެނުމާއި، ޖަވާބުދާރީ ކުރުވުމުގެ ސިފަތައް އަށަގެންނެވުމަށް ބާރުއަޅައި ކޮރަޕްޝަނަށް ހުޅުވިފައި ހުރި ހިރާސްތަކުގެ ދާއިރާތައް ދެނެގަނެ، މެދުރާސްތާގައި އެ ދާއިރާތަކުގައި ކޮރަޕްޝަން އޮތް މިންވަރު ދެނެގަނެ، ކޮރަޕްޝަންއަށް މަގުފައިވާ ދާއިރާތަށް ދެނެގަނެ އަދި އެކަންކަން ހައްލުކުރުމަށް އަވަހަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ދުރު ރާސްތާގައި ޢަމަލުކުރަންޖެހޭ ގޮތްތައް ފަސޭހައިން ދެނެގަނެ އެ މަޢުލޫމާތު އާކައިވްކުރުމެވެ.

"ހިންމި" ޕްލެޓްފޯމް މެދުވެރިކޮށް އިދާރާތަކުން ފުރިހަމަކުރާ ކަންކަމުގައި ހިމަނައި މައުލޫމާތުގެ ސިއްރުކަން ހިފަހައްޓައި ދެވޭގޮތަށް ވަކި ލޮގްއިންއަކުން އިދާރާތައް ރަޖިސްޓްރީ ކުރެވިގެންދާނެއެވެ. އަދި އެސެސްމެންޓް ފުރިހަމަކުރުމުން، ހުށަހެޅިފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް، އިދާރާތަކަށްދެވޭ ޖުމްލަ މާކުސް އާއި އިދާރާތަކުގައި ކޮރަޕްޝަންގެ ހިރާސް އެންމެ ބޮޑު ދާއިރާތަކަކީ ކޮބައިކަން ބަލައިލެވޭނެއެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ކޮރަޕްޝަންގެ ހިރާސް ދެނެގަތުމަށް ހަދާ އެސެސްމެންޓްއަށް ބޭނުންވާ ފަންނީ އެހީތެރިކަން ކޮމިޝަނުން ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.

Advertisement

އަދި މީގެ އިތުރުން ދައުލަތުގެ އިދާރާތަކުން އެބަޔަކު ތިބި ތަނެއްގައި ތިބެގެން އަމިއްލައަށް އެބައެއްގެ ހިންގުމުގެ ނިޒާމުގައި ހުރި ކޮރަޕްޝަންގެ ހިރާސް ދެނެގަނެ، ރަނގަޅު ކުރަންވީ ކަންކަން ބެލޭނެއެވެ. އަދި ހިރާސް ކުޑަ ކުރުމަށް އޮޓޯ ޖެނެރޭޓްކުރާ މޮނިޓަރިންގ އަދި އިވެލުއޭޝަން ޕްލޭން ތަންފީޒު ކުރުމުގެ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

ކޮރަޕްޝަން ހުއްޓުވުމަށް ކޮމިޝަނުން ކުރިއަށްގެންދާ މި މަސައްކަތުގައި، މިހާތަނަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި އެކު ވެސް މަސައްކަތު ބައްދަލުވުންތައް ބާއްވައި އެސެސްމެންޓް ފުރިހަމަ ކުރުމުގެ މަސައްކަތް ފެށިފައި ވާއިރ،ު މި ޑިޖިޓަލް ޕްލްޓްފޯމް ތައާރަފްކުރުމުން އިދާރާތަކުގެ މަސައްކަތް ފަސޭހަވެ އަވަސް ވެގެންދާނެ ކަމަށް އޭސީސީން ބުނެއެވެ.

މީގެ އިތުރުން ވަރަށްއަވަހަށް ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ނިޒާމުގައި ހުންނަ ކޮރަޕްޝަންގެ ހިރާސް ދެނެގަތުމަށް ހާއްސަކުރެވޭ ކޮރަޕްޝަން ރިސްކް އެސެސްމެންޓް ޓޫލް، ހިންމި ޕްލެޓްފޯމް ގުޅާލެވި، ކުންފުނިތަކުގެ ކޯޕަރޭޓް ގަވަރނެންސް އަދި އިންޓެގްރިޓީ ހަރުދަނާ ކުރުމަށް މަސައްކަތްފެށިގެން ދާނެ ކަމަށް ވެސް އޭސީސީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް