ކ. މާލެ
|
9 ޖުލައި 2024 | އަންގާރަ 14:53
ގަލޮޅު ކަންމަތީ އޮތް ވޭނެއްގައި އެއްޗެއް ގޮވުން
ގަލޮޅު ކަންމަތީ އޮތް ވޭނެއްގައި އެއްޗެއް ގޮވުން
ރާއްޖެއެމްވީ
އެމްއެންޑީއެފް
ވޭނުން ގޮވާ އެއްޗެއްގެ ނިޝާނެއް ފެނިފައި ނުވޭ، ނުރައްކަލެއް ނެތް: އެމްއެންޑީއެފް
މިއީ ގޮވާ އެއްޗެއްގެ ސަބަބުން ހިނގި ޙާދިސާއެއް ނޫން
އިތުރު ނުރައްކަލެއް ނެތްކަން ކަށަވަރު ވެފައިވޭ
ސީން ވަނީ ފުލުހުންނާ ޙަވާލުކޮށްފައި

ގަލޮޅު ކަންމަތީ އޮތް ވޭނެއްގައި އެއްޗެއް ގޮވައިގެން އުޅޭކަމަށް ބެލެވުނު ނަމަވެސް، މިހާތަނަށް ބެލި ބެލުމުން ގޮވާ އެއްޗެއްގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، މިއީ ގޮވާ އެއްޗެއްގެ ސަބަބުން ހިނގި ޙާދިސާއެއް ނޫންކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށާއި، އިތުރު ނުރައްކަލެއް ނެތްކަން ކަށަވަރު ވެފައިވާ ކަމަށެވެ.

Advertisement

އެހެންކަމުން ސީން ވަނީ ފުލުހުންނާ ޙަވާލުކޮށްފައެވެ.

ފުލުހުން ވެސް ވަނީ މި ޙާދިސާގައި އިވިފައިވަނީ ނުރައްކާތެރި އެއްޗެއް ގޮވުމުގެ އަޑެއް ނޫންކަން އެމްއެންޑީއެފުން ފުލުހުންނަށް ޔަޤީން ކޮށްދީފައިވާކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް