ކ. މާލެ
|
7 ނޮވެންބަރ 2024 | ބުރާސްފަތި 11:16
ފަށާއިރު ޕްރޮގްރާމްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަދައްކަވަނީ
ފަށާއިރު ޕްރޮގްރާމްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުން
ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ އެބަތިބި، ރައީސް މުއިއްޒު ހައްދަވަނީ އިތުރުފުޅު: ޔާމީން
އިންޑިއާ-ރާއްޖެއާއި ދެމެދު މައްސަލައެއް ނެތް، އަބަދުވެސް ދެގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން އޮވޭ
އިންޑިއާ އައުޓް ކެންޕޭންއަކީ ރާއްޖޭގައި ދާއިމަށް އިންޑިއާ ސިފައިން ގާއިމްވެ ތިބޭތީ އެކަމާއި ދެކޮޅަށް ކުރިއަށް ގެންދާ ކެންޕޭނެއް
ޔާމީންގެ ޒައާމަތުގައި ހެލްކޮޕްޓަރު ފޮނުވާލުމުގެ މަސައްކަތް ވާނީ ފަށާފައި

ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ އެބަތިބި ކަމަށާއި، ރައީސް ޑރ.މުހައްމަދު މުއިއްޒު ހައްދަވަނީ އިތުރުފުޅު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ޔާމީން ވިދާޅުވީ އިންޑިއާ އައުޓް ކެންޕޭންއަކީ ރާއްޖޭގައި ދާއިމަށް އިންޑިއާ ސިފައިން ގާއިމްވެ ތިބޭތީ އެކަމާއި ދެކޮޅަށް ކުރިއަށް ގެންދާ ކެންޕޭނެއް ކަމަށެވެ. އިންޑިއާ-ރާއްޖެއާއި ދެމެދު މައްސަލައެއް ނެތް ކަމަށާއި، އަބަދުވެސް ދެގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ވެސް އޮންނަ ކަމަށް ޔާމީން ވިދާޅުވިއެވެ.

އެގޮތުން ދެގައުމުގެ ދެމެދުގައި އިންޕޯޓު ކުރާ ކަމަށާއި، އެއްބަސްވުންތައް ގާއިމްކޮށް، ބައްދަލުވުންތައް ކުރިއަށް ގެންދާކަން ޔާމީން ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު އިތުރުފުޅު ހައްދަވާކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ އެބަ ތިބި ކަމަށާއި، މިލިޓަރީ ޔުނީފޯމް އެއްވެސް ބަޔަކު ނުތިބޭނެ ކަމަށް މިސަރުކާރުން ބުނާބުނުމަކީ މިލިޓަރީ ނެތުން ނޫން ކަމަށެވެ. މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވާ ވާހަކަތަކުން ސީދާވަނީ ކިތައްވާހަކަތަކާމެދު ވެސް ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ.

މިސަރުކާރުން މިކަހަލަ ބޮޑެތި ކަންތައްތަކުގައި ދޮގު އެ ހަދަނީ. އަޅުގަނޑު މިދަންނަވަނީ މުތުލަގަށް އެ ހަަދަނީ ދޮގު. އިންޑިއާ އަސްކަރިއްޔާ މިތާގައި އެބަ ތިބި. އަނެއްކާ އިންޑިއާއިން އެވަރުގެ ބޮޑެތި އިންވެސްޓްމަންޓް ހަދާފައި. ހަނިމާދޫ ކަހަލަ ތަންތަނުގައި އުތުރުތިލަފަޅު ކަހަލަ ތަންތަނުގައި. އެމީހުންގެ ރިސޯސް އެގްރިމަންޓްތައް އެހުރީ ސަރުކާރާއެކު ކޮށްފައި. ހައިޑްރޯގްރަފީ ސަރވޭ އެތައް ބައިވަރު. ތިބޭފުޅުން ބައްލަވާ ލައްވާ ޖީއެމްއާރް އަތުން އަޅުގަނޑުމެން އެއާޕޯޓު އަތުލުމާއި ގުޅިގެން އިންޑިއާގެ އެންޑީޓީވީގެ ވަރަށް ޕަވަރފުލް ސެޝަނެއް އެއީ. ދިވެހިރާއްޖޭގެ ފަރާތުން އެމްޑީޕީގެ ފަރާތުން އަބްދުﷲ ޝާހިދު ވެސް އިންނެވި. އެމީހުންގެ ސެކިއުރިޓީ އެނަލިސްޓުންނާއި، ސީނިއަރ މީހުން އަރާފައި ބުނީ ތިމަންނަމެންނަށް ހެދުނު މިސްޓޭކަކީ ސިވިލިއަން ކްލޯތްސްގައި އެއާޕޯޓު ބެލެހެއްޓުމަށްޓަކައި އެއާޕޯޓު ނެގިއަނުދިނުމަށްޓަކައި ތިމަންނަމެންގެ ސެކިއުރިޓީ ޕާސަނަލް ނުބޭއްތިއްބުމޭ. އެއީ އެމީހުން ވިސްނާފައި އޮތް ގޮތް. އެހިސާބުން އަޅުގަނޑުމެންނަށް ފިލާވަޅެއް އެބަ ލިބޭ. އެހެންވީމަ ހަދާފައި ހުރި ރިސޯސް އެގްރިމެންޓެއް އެމީހުން ހިމާޔަތް ކުރަން އެމީހުން ކަަށަވަރުކުރަން ބޭނުންވާ ޕްރެޒެންސް އެމީހުން ތިބޭނެ. މިހާރު އެމީހުން އެތިބީ. އެހެންވީމަ އިންޑިއާގެ މިލިޓަރީ ޕްރިޒަންސްއަކަށް ބަދަލެއް ނާދޭ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރާއްޖޭގައި އޮތް އިންޑިއާގެ ހެލިކަޕްޓަރާއި ގުޅޭގޮތުން ޔާމީން ވިދާޅުވީ އެމިނިކުފާނުގެ ޒައާމަތުގައި އެ ހެލްކޮޕްޓަރު ފޮނުވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެކަމާ ގުޅޭގޮތުން ރައީސް އޮފީހުން ދެތިން ހަތަރު ސިޓީ ޑިފެންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ.

ސިފައިން ގާނޫނުގެ ދަށުން އޮންނާނެ ސެކިއުރިޓީ ކައުންސިލެއް ގާނޫނު ލާޒިމް ކުރާ ނޭޝަނަލް ސެކިއުރިޓީ ކައުންސިލެއް އޮންނާނެ އެނގޭތޯ. ކައުންސިލްގައި ޗީފް، މިނިސްޓަރު، ޗީފް ގެ ޑެޕިއުޓީ، ހާރިޖީ ވަޒީރު، އޭގެ ކޮންޕޮޒިޝަންގައި ތިއްބަވާ ބޭފުޅުން ތިބެގެން އޮންނާނެ ނިންމާފައި ހެލިކަޕްޓަރު ފޮނުވާލަން. ރައީސް އޮފީހުން ދެތިން ހަތަރު ސިޓީ އޮންނާނެ ޑިފެންސްއަށާއި، ހާރިޖިއްޔާއަށް ފޮނުވާފައި އެމީހުން ފޮނުވާލުމުގެ މަސައްކަތް ކުރިއަށް ގެންދަން. ދެން އެ ފޮނުވާނުލެވި ލަސްވަންޏާ ލަސްވެފައި އެއޮތީ އެބޭފުޅުންގެ ތެރޭގައި ނެގޯސިއޭޝަންގައި. އެހެންކަމެއްގެ ތެރޭގައި އެދިޔަ ދިއުން ދިޔައީ. ދެން އިންޑިއާއިން އެބަ އެނގޭ އެމްޑީޕީ ފޮނުވާނުލާނެކަން އެނގޭތޯ. ހަމައެކަނި ހެލިކަޕްޓަރު ފޮނުވާލަން މިއުޅެނީ ރައީސް ޔާމީންގެ ޒައާމަތުންކަން. ދެން މިތާގައި ތިބި މީހުން އިމިގްރޭޝަން ފީ ނުދެއްކީމަ އިމިގްރޭޝަންގެ ޕާމިޓެއް ވެސް ނޯންނާނެ ރިނިއު ކޮށްދީފައި. ގާނޫނާ ހިލާފަށް ތިބީ. އެކަމަކު ބާރުގަދަ ބައެއް ތެދެއްތޯ. އަނެއްކާ އަޅުގަނޑުމެންގެ ތެރެއިން ސިޔާސީ ގޮތުން އަޅުގަނޑުމެންނާ ވާދަކުރާ އެމްޑީޕީގެ ބްލެސިން މިކަމަށް އެބައޮތް. އެމީހުންގެ ވެރިކަމުގައި އިންޑިއާގެ އަސްކަރިއްޔާ މިތަނަށް ގެނައީ. އުތުރުތިލަފަޅު ދީ މިހުރިހާ ކަމެއް ކުރީ. ދެން ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ހުންނާނެ ފްރޭމްވޯކް އެގްރިމެންޓްތަކެއް. އެއީ ކަންކަން ކުރުމަށްޓަކައި އެއްބަސްވެފައި ހަދާ އެމްއޯޔޫ އެގްރިމެންޓްތަކެއް އެއީ. އެއީ އޭގައި އެލާބްރޭޓް އޭގެ ތަފްސީލް އެގްރިމެންޓެއް ނޫން. އޭގެ ތެރޭގައި އޮންނާނެ އަސްކަރީ މަސައްކަތް އަޅުގަނޑުމެންގެ ދެބައި މީހުން ކުރުމަށް ތަމްރީން ކުރުމަށް އަނެއް ކަމެއް ކުރުމަށް ހަދާ އެއީ ފްރޭމް ވޯކް އެގްރިމެންޓެއް. އެފްރޭމް ވޯކް އެގްރިމެންޓުން އެލާބްރޭޓް އެގްރިމެންޓެއް ނާންނަ ކަމަށްވަންޏާ އެއަށް ނުލިބޭނެ ބައިނަލްއަގުވާމީ ނޫނިއްޔާ ގާނޫނީ އެގްރިމެންޓުން ލިބެންވާ ބާރެއް ނުލިބޭ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ޑޯނިއާ މަތިންދާބޯޓާއި ދެ ހެލިކޮޕްޓަރެވެ.

ރާއްޖޭގެ އަސްކަރިއްޔާގައި ޑޯނިއަރ އަދި ހެލިކަޕްޓަރު ދުއްވޭ ފެންވަރުގެ ގާބިލު ސިފައިންނެއް ނެތް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި އިންޑިއާގެ ސިފައިންގެ ބަދަލުގައި އެކަން މިހާރު ކުރަމުންދަނީ މަދަނީންކަމަށް ސަރުކާރުން މައުލޫމާތު ދެއެވެ.

- ކޮމެންޓް