ކ. މާލެ
|
2 ޖުލައި 2024 | އަންގާރަ 11:15
ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކެއް ބުރިކޮށްލާފައި
ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކެއް ބުރިކޮށްލާފައި
ރާއްޖެއެމްވީ
ކޭބަލްތައް ވަގަށް ނެގުން
ސްޓެލްކޯ ސަބްސްޓޭޝަނެއްގެ ކޭބަލްތަކެއް ވަގަށް ނަގައިފި
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން
މި މައްސަލަ ހުށަހެޅިފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 06:12 ގައި

މަޖީދިއްޔާ ސްކޫލް ސަރަޙައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކެއް ބުރިކޮށް އެތަނުން ވައްކަން ކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މަޖީދިއްޔާ ސްކޫލު ސަރަޙައްދުގައި ހުންނަ ސްޓެލްކޯ ސަބް ސްޓޭޝަނެއްގެ ކޭބަލްތަކެއް ބުރިކޮށް އެތަކެތި ވަގަށް ނެގި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

މި މައްސަލަ ހުށަހެޅިފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 06:12 ގައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އެކަމާ ގުޅޭގޮތުން ސްޓެލްކޯއިން ބުނެފައިވަނީ މަޖީދިއްޔާ ސްކޫލް ސަރަޙައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކުގެ ތެރެއިން އެއް ކޭބަލް ބުރިކޮށް، ނެގުމަށްފަހު އަނެއް ކޭބަލް ބުރިކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް