ކ. މާލެ
|
26 ޖޫން 2024 | ބުދަ 09:38
 ކުރީގެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް
ކުރީގެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް
އެމްޑީޕީ
ކުރީގެ ރައީސް ސާލިޙު
މިއަދުގެ ސަރުކާރު ސިފަ ކުރެވެނީ ހުންގާނެއް ނެތް އޮޑިއެއްގެ ގޮތުގައި: ރައީސް ސާލިޙު
ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދައިދީ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމަށް ގޮވާލެއްވި
ޤާނޫނުއަސާސީ ބައްޓަންވެފައި އޮތް ގޮތުން މަޖިލީހުގެ މެޖޯރިޓީ ހޯދުން ސަރުކާރަށް މަޖުބޫރުވޭ
ސަރުކާރުގެ ފުރިހަމަ މަންޒަރު އަދި ފެނިގެންދާނީ މިއަހަރު ނިމޭހާ ތަނުގައިކަމަށް އަންދާޒާ ކުރެއްވި

މިއަދުގެ ސަރުކާރު ސިފަ ކުރެއްވެވެނީ ހުންގާނެއް ނެތް އޮޑިއެއްގެ ގޮތުގައި ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް އެޑްވައިޒަރ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ، މިއަދުގެ ސަރުކާރު ސިފަ ކުރެއްވެވެނީ ހުންގާނެއް ނެތް އޮޑިއެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ސަރުކާރުގެ އެއްވެސް މިސްރާބެއް ނެތްކަން ރައީސް ސާލިޙު ފާހަގަ ކުރެއްވިއެވެ.

އެހެންނަމަވެސް ސަރުކާރުގެ ފުރިހަމަ މަންޒަރު އަދި ފެނިގެންދާނީ މިއަހަރު ނިމޭހާ ތަނުގައިކަމަށް އަންދާޒާ ކުރެވޭކަމަށްވެސް ރައީސް ސާލިޙު ވިދާޅުވިއެވެ.

އަޅުގަނޑަށް ފެންނަނީ ހުންގާނެއް ނެތް އޮޑިއެއް، އެއްވެސް މިސްރާބެއް ނެތް އިނގޭތޯ، އެއްވެސް މިސްރާބެއް ނެތް، އެހެންނަމަވެސް ހަގީގަތުގައި އަދި މި ސަރުކާރާ ދޭތެރޭގައި ޖުމުލަކޮށް އެއްޗެއް ދަންނަވަން އަވަސް، މިއަހަރު ނިމޭހާ ތަނަށް ސަރުކާރުގެ އަސްލު މަންޒަރު ފެންނަ ވަރު ވާނީ.
ރައީސް އިބްރާހީމް މުޙައްމަދު ސާލިޙް

ރައީސް ސާލިޙު ވިދާޅުވީ، ޤާނޫނުއަސާސީ ބައްޓަންވެފައި އޮތް ގޮތުން މަޖިލީހުގެ މެޖޯރިޓީ ހޯދުން ސަރުކާރަށް މަޖުބޫރުވާ ކަމަށެވެ. އެހެންކަމުން ސަރުކާރެއްގެ ހަގީގީ މަސައްކަތްތައް ފެށޭވަރު ވަނީ މަޖިލިސް އިންތިޚާބަށްފަހުކަން ރައީސް ސާލިޙު ފާހަގަ ކުރެއްވިއެވެ.

މިއަދުގެ ސަރުކާރުގެ ހަގީގަތްތައްވެސް އަހަރެއްގެ ފަހުން ސާފުކޮށް ފެންނަން ފަށާނެކަމަށް ބެލެވޭކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް ސާލިޙު ވަނީ މިއަދުގެ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދައިދީ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމަށްވެސް ސަރުކާރަށް ގޮވާލާފައެވެ. އެކަންކަން މެނޭޖް ކުރެވޭނެ ގޮތްތައް އެބަހުރިކަންވެސް ރައީސް ސާލިޙު ފާހަގަ ކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
100%
ކޮމެންޓް