ކ. މާލެ
|
24 ޖޫން 2024 | ހޯމަ 12:16
މެޗުގައި ލަނޑު ޖެހުމަށްފަހު އެމެރިކާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އެމެރިކާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ޓްވީޓަރ
ކޮޕާ އެމެރިކާ 2024
ބޮލީވިއާ ބަލިކޮށް، އެމެރިކާ އިން މުބާރާތް ފެށީ މޮޅަކުން
މެޗުގައި އެމެރިކާ އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގައި.

ދެކުނު އެމެރިކާ ސަރަހައްްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ) ގައި އެމެރިކާ އިން ކުޅުނު ފުރަތަމަ މެޗުގައި ބޮލީވިއާ ބަލިކޮށްފި އެވެ.

ގްރޫޕް ސީ ގައި ހޯމަ ދުވަހުގެ ފަތިހު ބޮލީވިއާއާ ދެކޮޅަށް ކުޅުނު މެޗު އެމެރިކާ އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި އެމެރިކާ އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ.

މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި އެމެރިކާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ޓިމޮތީ ވިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެމެރިކާ އަށް ލީޑު ނަގައިދިނީ ކްރިސްޓިއަން ޕުލިސިޗް އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް، އެމެރިކާ އިން ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު ޖެހި ޕުލިސިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެމެރިކާގެ ދެ ވަނަ ލަނޑު ޖެހީ ފްލޯރިން ބަލޮގަން އެވެ.

މޮޅަކުން އެމެރިކާ މުބާރާތް ފެށިއިރު، އެ ޓީމު އޮތީ ގްރޫޕް ސީގެ ދެ ވަނައިގަ އެވެ. އެއީ ތިން ޕޮއިންޓާއެކު އެވެ. ގްރޫޕް ސްޓޭޖުގައި އެމެރިކާ އަށް ބާކީ ދެ މެޗު އޮންނާނެ އެވެ. އެއީ ޕަނަމާއާ ދެކޮޅަށް ކުޅޭ މެޗާއި، އުރުގުއޭއާ ދެކޮޅަށް ކުޅޭ މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް