Advertisement
ކ. މާލެ
|
18 ޖޫން 2024 | އަންގާރަ 11:53
ފުލުހުން ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދަނީ
ފުލުހުން ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދަނީ
ރާއްޖެއެމްވީ
އަޟްހާ އީދު ދުވަސް
މަނާކޮށްފައި އޮތް ވަގުތުގައި އެއްގަމު އުޅަނދު ދުއްވި 43 މީހަކަށް ފިޔަވަޅު އަޅައިފި
މާލެ އިންވެސް 3 މީހަކަށް ވަނީ ފިޔަވަޅު އަޅާފައި
އޭގެ ތެރެއިން 27 މީހުންނަށް ފިޔަވަޅު އެޅީ ހުޅުމާލެ ފޭސް އެކެއްގައި އުޅަނދު ދުއްވައިގެން

އަޟްހާ އީދުގެ ފުރަތަމަ ދުވަހު އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތުގައި އުޅަނދު ދުއްވި 43 މީހަކު ޖޫރިމަނާކޮށްފިއެވެ.

އަޟްހާ އީދު ދުވަހުގެ ހަވީރު 4:00ން އިރުއޮއްސި 6:00ށް އެއްގަމު އުޅަނދު ދުއްވުން އޮތީ މަނާކޮށްފައެވެ.

Advertisement

އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ އޭގެ ތެރެއިން 27 މީހުންނަށް ފިޔަވަޅު އެޅީ ހުޅުމާލެ ފޭސް އެކެއްގައި އުޅަނދު ދުއްވައިގެން ކަމަށެވެ. އަދި ހުޅުމާލެ ފޭސް ދޭއްގައި އުޅަނދު ދުއްވައިގެން 13 މީހަކަށް ފިޔަވަޅު އަޅާފައިވެއެވެ.

ހަމައެއާއެކު، މާލެ އިންވެސް 3 މީހަކަށް ވަނީ ފިޔަވަޅު އަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް