ކ. މާލެ
|
18 ޖޫން 2024 | އަންގާރަ 10:57
ފްރާންސް އާއި އޮސްޓްރިއާ ކުޅުނު މެޗުގެ ތެރެއިން
ފްރާންސް އާއި އޮސްޓްރިއާ ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ޔޫރޯ 2024
އޮސްޓްރިއާ އަތުން ފްރާންސް އަށް އުނދަގޫ މޮޅެއް
މެޗުގެ ހަމައެކަނި ލަނޑަކީ އޮސްޓްރިއާގެ މެކްސްމިލިއަން ވޮބާ އަތުން މެޗުގެ 38 ވަނަ މިނެޓުގައި ބައި ކޮޅަށް ވަތް ލަނޑެކެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އޮސްޓްރިއާ ދެކޮޅަށް ކުޅުނު މެޗުން ފްރާންސް އަށް އުނދަގޫ މޮޅެއް ލިބިއްޖެ އެވެ.

ޑުސެލްޑޯފް އެރީނާގައި ހޯމަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ފްރާންސް އިން ކާމިޔާބު ކުރީ 1-0ންނެވެ.

މިއީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ފްރާންސް އަދި އޮސްޓްރިއާގެ ވެސް ފުރަތަމަ މެޗެވެ. އެ މެޗަށް ނިކުތްއިރު ފްރާންސް އަކީ މުބާރާތުގެ އެންމެ ބޮޑު އެއް ފޭވަރިޓުންނެވެ. އަނެއްކޮޅުން އޮސްޓްރިއާ އަކީ ވެސް ވަރުގަދަ ޓީމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކުނު ޓީމެކެވެ. ހާއްސަކޮށް ރަލްފް ރަންގްނިކްގެ އިރުޝާދުގެ ދަށުން އޮސްޓްރިއާ އިން ނެރެމުން އައި ނަތީޖާ އެކަމަށް ހެކިދެ އެވެ.

މެޗުގެ ހަމައެކަނި ލަނޑަކީ އޮސްޓްރިއާގެ މެކްސްމިލިއަން ވޮބާ އަތުން މެޗުގެ 38 ވަނަ މިނެޓުގައި ބައި ކޮޅަށް ވަތް ލަނޑެކެވެ. މިއީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ފޮނުވާލި ބޯޅައެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި އޭނާ އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ. މެޗުގައި އެންމެ ރަނގަޅަށް ކުޅުނީ ފްރާންސްގެ އެންގޯލޯ ކާންޓޭ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް އޭނާ އެވެ.

މޮޅަކުން ފްރާންސް އިން މުބާރާތް ފެށިއިރު، އެ ޓީމު އޮތީ ގްރޫޕް ޑީގެ ދެ ވަނައިގަ އެވެ. ލަނޑުގެ ތަފާތުން އެއް ވަނައިގައި އޮތީ ނެދަލެންޑްސް އެވެ. ފްރާންސްގެ ދެ ވަނަ މެޗުގައި އެ ޓީމު ނިކުންނާނީ ނެދަލެންޑްސްއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
0%
0%
0%
0%
0%
0%
ކޮމެންޓް