ކ. މާލެ
|
11 ޖޫން 2024 | އަންގާރަ 19:07
ރައީސް ޔާމީންގެ ޝަރީއަތުގެ ތެރެއިން
ރައީސް ޔާމީންގެ ޝަރީއަތުގެ ތެރެއިން
މުހައްމަދު ފަޒީން
ޔާމީންގެ ޝަރީއަތް
ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
 
11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ވަނީ ބާތިލުކޮށްފައި
 
އަލުން އެ މައްސަލަ ބަލަން ހައިކޯޓުން ކްރިމިނަލް ކޯޓަށް އެންގީ 18 އެޕްރީލް 2024 ގައި
 
މައްސަލަ ވަނީ ސެކްޝަނަށް ލިބިފައި

ވ. އާރަށުގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ހުކުމް ބާތިލްކޮށް، އަލުން އެ މައްސަލަ ބަލަން ކްރިމިނަލް ކޯޓަށް އެންގި ނަމަވެސް އަދިވެސް އެ މައްސަލަ ކްރިމިނަލް ކޯޓުގައި ތާވަލު ނުކުރެއެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާއިން ބުނެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބަލަން ކްރިމިނަލް ކޯޓަށް އެންގި ނަމަވެސް، އެ މައްސަލައިގެ ފައިލތް ސެކްޝަނާއި ހަވާލުކުރިތާ އަދި ވީ ހަފްތާއެއް ކަމަށެވެ. ކްރިމިނަލް ކޯޓުން ބުނެފައިވަނީ މައްސަލަ ލިބިފައިވާ ކަމަށާއި، އެކަމާއި ގުޅޭ އިދާރީ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މައްސަލަ ތާވަލުކުރެވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް އަލުން އެ މައްސަލަ ބަލަން ހައިކޯޓުން ކްރިމިނަލް ކޯޓަށް އެންގީ 18 އެޕްރީލް 2024 ގައެވެ. 480 ދުވަސް ފަހުން ރައީސް ޔާމީން މިނިވަންވެވަޑައިގެންނެވި އިރު، މި މައްސަލަ އަލުން ބަލަން ހައިކޯޓުން ކްރިމިނަލް ކޯޓަށް އެންގި ނަމަވެސް އަދިވެސް އެ މައްސަލަ ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައެއް ނުވެއެވެ.

ކްރިމިނަލް ކޯޓުން އެމަނިކުފާނު ޖަލަށްލާން ހުކުމްކޮށްފައިވަނީ ވ. އާރަށު މައްސަލާގައި އުފުލާފައިވާ ދައުވާތައް ސާބިތުވެގެންނެވެ. ޔާމީނަށް ކުރި މަނީ ލޯންޑަރިންގ ގެ ކުށުގެ ދައުވާގައި 7 އަހަރަށް ޖަލަށް ލުމާއެކު، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމް ކުރިއެވެ. އަދި ޔާމީނުގެ މައްޗަށް ކުރާ ރިޝްވަތު ޤަބޫލު ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެފައިވާކަަމަށް ކަނޑައަޅުއްވައި، 4 އަހަރުގެ ޖަލު ޙުކުމެއް އިއްވިއެވެ.

ހައިކޯޓުގައި މި މައްސަލަ ޔާމީންގެ ފަރާތުން އިސްތިއުނާފުކޮށް ޔާމީނުގެ ފަރާތުން ވަނީ މި މައްސަލައިގައި އިއްވާފައިވާ ޙުކުމާއި، ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓާ ތަފާތު ކަމަށާއި، އެކަމުގެ ސަބަބުން އިސްތިއުނާފަށްވެސް އޭގެ އަސަރު ކޮށްފައިވާ ކަމަށް ފާހަގަކޮށްފައެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ހުށަހަޅާފައިއެއް ނުވެއެވެ. އެހެންކަމުން ހައިކޯޓުން އެ ނުކުތާގައި ގޮތެއް ނިންމާފައެއް ނުވެއެވެ.

ޔާމީނުގެ ފަރާތުން ހުށަހެޅި ގިނަ އިސްތިއުނާފީ ނުކުތާތައް ހުށަހަޅާފައިވަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ މައްޗަށެވެ.

ޔާމީނުގެ މައިގަނޑު ޖަދަލަކީވެސް އެ ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު ލިބިދީފައި ނެތުމުން، ބޭއިންސާފު ކުރިމަތިވެފައިވާ ކަމެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރު ހުޒައިފާ ވިދާޅުވީ، ދެފަރާތުން ހުށަހަޅާފައިވާ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ފުރުސަތު ދެވި، އަލުން އެކަންކަން ބަލަން ޖެހޭ ކަމަށެވެ. ފަނޑިޔާރުގެ ނިންމެވުމަށް ބާކީ ތިއްބެވި ދެ ފަނޑިޔާރުންވެސް ތާއީދު ކުރެއްވިއެވެ.

އެހެންކަމުން ފަނޑިޔާރުން ނިންމަވާފައިވަނީ ހައިކޯޓުގެ އެ ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ބަލައިގަނެ، އެކަންކަމާމެދު އަލުން ގޮތެއް ނިންމުމަށްޓަކައި ކްރިމިނަލް ކޯޓަށް މި މައްސަލަ ތަހުވީލު ކުރުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް
- ގުޅުންހުރި
އީދު ދުވަހުގެ މާރާމާރީއާއި ގުޅިގެން ހައްޔަރުކުރީ 19 އަހަރާއި 25 އަހަރާއި ދެމެދުގެ 4 ޒުވާނުން
ހުޅުމާލޭގައި ކްރިމިނަލް ކޯޓު ހިންގަން ފެށި އިމާރާތަކީވެސް ޖާގައިގެ މައްސަލައިގެ ދާއިމީ ޙައްލެއް ނޫން، ދާއިމީ ޙައްލު އަވަސް ކުރަންޖެހޭ: ޕީޖީ އޮފީސް
ޤަވައިދާ ޚިލާފަށް ޑޮމެސްޓިކް ޓާމިނަލަށް ގެންދިޔަ ލަގެޖުން ޑްރަގް ފެނުނު މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި
ކެނެބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
ކިލޯއަކަށްވުރެ ގިނަ ކެނެބިސްއާއެކު ދެ ދިވެހިން ހައްޔަރުކޮށްފި
ފަލަމަސްގަނޑުގައި މަސްތުވާތަކެތި ތަތްކޮށްގެން ރާއްޖެއަށް އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
އިސްތިއުނާފު ނިމެންދެން މަފާޒު ބަންދުކުރުމަށް ހުކުމްކޮށްފި
މާނުގެ ޝަރީއަތް ޝެޑިއުލްކުރެވުނީ އޮޅުމަކުން، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގެ - ކްރިމިނަލް ކޯޓް