ކ. މާލެ
|
11 ޖޫން 2024 | އަންގާރަ 17:27
ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ތިންވަނަ ބައްދަލުވުމުގެ ތެރެއިން
ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ތިންވަނަ ބައްދަލުވުމުގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ރާއްޖެ އާއި އިންޑިއާގެ ގުޅުން
އިންޑިއާގެ އަސްކަރީ އެއްބަސްވުންތައް ތަހުގީގު ކުރަން ބާއްވަން އުޅުނު ސަބް ކޮމިޓީގެ ބައްދަލުވުން ކުއްލިއަކަށް ކެންސަލް
 
ސަބް ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް މެމްބަރުނަށް މަޖިލީހުގެ އިދާރާ އިން ނޯޓިސް ފޮނުވުމަށް ފަހު، ފަހުން ވަނީ ބައްދަލުވުން ކެންސަލް ވެއްޖެ ކަން އަންގާފަ
 
ބައްދަލުވުން ކެންސަލް ކޮށްލީ ސީދާ ޑރ މުއިއްޒު އަންގަވައިގެން
 
އިންޑިއާ އާއި އެކު ގުޅުން ބަދަހި ކުރުމަށް ރާއްޖޭގެ ރައީސް އިންޑިއާގައި ހުންނަވަނި ކޮށް މިކަން ކުރުމަކީ އިންޑިއާ އަށް ކުރި މަލާމާތެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވޭ

އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ހަދާފައިވާ އަސްކަރީ އެއްބަސްވުންތައް ތަހުގީގު ކުރަން ބާއްވަން އުޅުނު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުން ކުއްލި ގޮތަކަށް ކެންސަލް ކޮށްފިއެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު ހަދާފައިވާ ބައެއް އެއްބަސްވުން ތަކުގެ ޕާލިމެންޓަރީ އިންކުއަރީ އެއް ހެދުމަށް 241 ކޮމިޓީން ނިންމީ އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް 3 ވަނަ ދައުރަކަށް މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑއިގަތުމަކީ ލިބިވަޑައިގަންނަވާ އުފާފުޅެއް ކަމަށް ވިދާޅުވެ، ރައީސް ޑރ މުއިއްޒު އިންޑިއާގައި ވަޑައިގެން އުޅުއްވަމުން ގެންދަވަނިކޮށްނެވެ.

އަންގާރާ ދުވަހު ސަބް ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް މެމްބަރުނަށް މަޖިލީހުގެ އިދާރާ އިން ނޯޓިސް ފޮނުވުމަށް ފަހު، ފަހުން ވަނީ ބައްދަލުވުން ކެންސަލް ވެއްޖެ ކަން އަންގާފައެވެ.

ބައްދަލުވުން ކެންސަލްވި ސަބަބާ ބެހޭ ގޮތުން މިކަމުގެ މައުލޫމާތު އެނގި ހުރި ފަރާތަކުން ރާއްޖެއެމްވީ އާ ވާހަކަ ދައްކަމުން ބުނީ ބައްދަލުވުން ކެންސަލް ކޮށްލީ ސީދާ ޑރ މުއިއްޒު އަންގަވައިގެން ކަމަށް އެނގިފައިވާ ކަމަށެވެ.

"މަތިން އަންގައިގެން ކެންސަލް ކޮށްލީ." ސަބްކޮމިޓީ ބައްދަލުވުން ކެންސަލްވީ ކީއްވެތޯ އެހުމުން އޭގެ ޖަވާބުގައި އޭނާގެ ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.

އަސްކަރީ އެއްބަސްވުން ތަކުގެ ތަހުގީގެއް ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުން ހަދާ ވާހަކަ އިންޑިއާގެ ބައެއް ނޫސްތަކުން ކަވަރު ކޮށްފައި ހުރި އިރު ކުއްލި ހައިރާން ކަމެއް ލިބިގެން ދިޔަ ޚަބަރެއްގެ ގޮތުގައި މި ވާހަކަ އިންޑިއާގެ ނޫސްވެރިން ކަވަރ ކޮށްފައި ހުރި ކަން ފާހަގަ ކުރެވެއެވެ.

އިންޑިއާ އާއި އެކު ގުޅުން ބަދަހި ކުރުމަށް ރާއްޖޭގެ ރައީސް އިންޑިއާގައި ހުންނަވަނި ކޮށް މިކަން ކުރުމަކީ އިންޑިއާ އަށް ކުރި މަލާމާތެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ފާހަގަ ކޮށްފައިވެއެވެ.

"އެހެން ވީއިރު، އެންމެ ފުރަތަމަވެސް މިފަދަ އެއްބަސްވުމެއް ހަދަންވީ ކީއްވެ؟" އެއް ނޫހެއްގައި ސުވާލު ކޮށްފައިއެވެ.

ބައެއް ނޫސްތަކުގައި ބުނެފައިވަނީ ހީނަރުވެފައިވާ އިންޑިއާ އާ ރާއްޖޭގެ ގުޅުން މި ކަމުގެ ސަބަބުން ހީނަރުވެގެންދާނެ ކަމަށް ބެލޭކަމަށެވެ.

ޑރ.މުއިއްޒުގެ ޕާޓީގެ ފުރިހަމަ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ހޯމަ ދުވަހު ރައީސް ސޯލިހްގެ ސަރުކާރުން އިންޑިއާ އާ އެކު ހަދާފައިވާ 3 އެއްބަސްވުމަކާ ބެހޭ އިންކުއަރީ އެއް ހަދާ ސަބަބު ކަމަށް ބުނެފައިވަނީ އެ އެއްބަސްވުން ތަކުގެ ސަބަބުން ގައުމީ ސަލާމަތަށާއި މިނިވަން ކަމަށް ބުރޫ އަރާފާނެ ކަމަށް ބެލޭތީ ކަމަށެވެ.

ސިޔާސީ ތަޖުރިބާކާރުން ދެކޭގޮތުގައި އިންޑިއާ އާ އެކު ހަދާފައިވާ އެއްބަސްވުން ތަކެއްގައި ރާއްޖޭގެ މިނިވަން ކަމާ އިސްތިގްލާލަށް ބުރޫ އަރާ ކަންކަން ހިމެނޭ ކަމުގެ ތުހުމަތު ކުރާއިރު އެތުހުމަތު ހަގީގަތުގައި އެ އަމާޒު ވަނީ އިންޑިއާ އަށް ކަމީ އެއްވެސް އޮޅުމެއް އޮތް ކަމެއް ނޫނެވެ.

ސަބް ކޮމިޓީން ތަހުގީގު ކުރާ އެއްބަސްވުން ތަކުގެ ތެރޭގައި ރައްޖޭގެ ކަނޑުގެ ސަރަހައްދުގެ ބިންގަނޑު އޮތް ގޮތް ދެނެގަތުމަށާއި ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގެ ޗާޓު ކުރެހުމުގައި އެހީތެރިވެ ދިނުމުގެ ގޮތުން ހައިޑްރޮގްރަފީ ސާވޭ އެއް ހެދުމުގެ އެއްބަސްވުމާއި، އެމްއެންޑީއެފް ގެ ކޯސްޓް ގާޑަށް އުތުރު ތިލަފަޅުގައި ބަނދަރެއް ހަދާ ހިންގުމުގެ އެއްބަސްވުމާއި، ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓް ކުރުމުގެ އެއްބަސްވުން ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް
- ގުޅުންހުރި
އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
ފެންނަމުން ދަނީ މި ސަރުކާރަށް ވެސް އިންޑިއާގެ އެހީތެރިކަމާ ނުލައި ނޫޅެވޭ މަންޒަރު: ބިގޭ
ދުއްވަމުން އައި ރޭލެއް ހުއްޓާފައި އޮތް ރޭލެއްގައި ޖެހި އިންޑިއާގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެތައް ބަޔަކު މަރުވެއްޖެ
ޗައިނާގެ ރައީސް ޝީ، އާއި ރާއްޖޭގެ ރައީސް ޑރ. މުއިއްޒު، އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އުފަން ދުވަހުގެ ތަހުނިޔާގެ ސިޓީ ފޮނުއްވައިފި
ދައުލަތަކު ފައިސާއެއް ނެތް، އެކަމަކު ދަތުރުފުޅުތަކަށް މިލިއަނުން ޚަރަދު ކުރަނީ!
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ ކޮމިޝަން އުވާލިނަމަވެސް އާއިލާތަކަށް އަދިވެސް ރިޕޯޓު ނުދޭ
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
އިންޑިއާ އަށް ކުރެއްވި ދަތުރުފުޅަކީ ރާއްޖެއަށް ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ