ކ. މާލެ
|
11 ޖޫން 2024 | އަންގާރަ 09:38
މެޗުގައި ލަނޑު ޖެހުމަށް ފަހު ނެދަލެންޑްސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށް ފަހު ނެދަލެންޑްސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާރސް
ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗު
އައިސްލެންޑު އަތުން ވެސް ނެދަލެންޑްސް އަށް ފުރިހަމަ މޮޅެއް
 
ޔޫރޯގައި ނެދަލެންޑްސް އޮތީ ޕޮލެންޑު، އޮސްޓްރިއާ އަދި ފްރާންސް އާއެކު ގްރޫޕް ޑީގައި

ޔޫރޯ ފުޓުބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗުގައި، ނެދަލެންޑްސް އިން އައިސްލެންޑް ބަލިކޮށްފި އެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗު އައިސްލެންޑުން ކާމިޔާބު ކުރީ 4-0 އިންނެވެ. މިއީ ޔޫރޯ އަށް ތައްޔާރުވުމުގެ ގޮތުން ނެދަލެންޑްސް އިން ކުޅުނު ދެ ވަނަ މެޗެވެ. ފުރަތަމަ މެޗުގައި ނެދަލެންޑްސް އިން ވަނީ ކެނެޑާގެ މައްޗަށް ވެސް ކުރި ހޯދައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ނެދަލެންޑްސް އިން އެެއް ލަނޑު ޖެހިއިރު، އަނެއް ތިން ލަނޑު ވެސް އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން 23 ވަނަ މިނެޓުގައި ނެދަލެންޑްސް އަށް ލީޑު ނަގައިދިނީ ޒަވީ ސިމޮންސް އެވެ. ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ނެދަލެންޑްސްގެ ދެ ވަނަ ލަނޑު ޖެހީ ޑިފެންޑަރު ވާޖިލް ވެން ޑައިކް އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު، މެޗުގެ 79 ވަނަ މިނެޓުގައި ޖެހީ ޑޮންޔެލް މާލެން އެވެ. މެޗުގައި ނެދަލެންޑްސްގެ ހަތަރު ވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޖެހީ، ވައުޓް ވެހޯސްޓް އެވެ.

ޔޫރޯގައި ނެދަލެންޑްސް އޮތީ ޕޮލެންޑު، އޮސްޓްރިއާ އަދި ފްރާންސް އާއެކު ގްރޫޕް ޑީގަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ނެދަލެންޑްސް ނިކުންނާނީ ޕޮލެންޑާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް